ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓަ އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މި ހަފުތާގައި ތިން ޓޫރިސްޓަކު ގެނބިގެން މަރުވެފައި ވަނިކޮށް އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކުރަން ޖެހޭ ކަންކަން މި ސަރުކާރުން ކުރާނެ ކަމަށެވެ. އެގޮތުން ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އާދިއްތަ ދުވަހު ވަނީ ކ.ދިއްފުށީގެ ގެސްޓްހައުސް އަކަށް އައިސް އުޅުނު ފިލިޕިންސްގެ ދެމަފިރިއަކު ގެނބިގެން މަރުވެފަ އެވެ. އަދި ޕެރަޑައިސް ރިސޯޓުގައި ސްނޯކްލިން އަށް ގޮސް އުޅުނު ކޮރެއާ އަންހެނަކު އިއްޔެ ވަނީ ގެނބިގެން މަރުވެފަ އެވެ.