އިންޑޯމީ ނޫޑުލްސް: މީރުވެފައި ތައްޔާރުކޮށްލަން ފަސޭހަ

އިންޑޮނީޝިއާގެ އުފެއްދުމެއް ކަމަށްވާ އިންޑޯމީ ނޫޑުލްސް އަކީ އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އުފެއްދުމެކެވެ. ލިލީ އެންޓަޕްރައިސަސް އިން މިދިޔަ އަހަރު ރާއްޖެއަށް ތައާރަފްކުރި މި އުފެއްދުމަކީ ނޫޑުލްސް އުފައްދާ އެންމެ ބޮޑު އެއް ކުންފުންޏެވެ.


މި ނޫޑުލްސްގެ އެންމެ ހާއްސަ ކަމަކީ މި އުފެއްދުމުގައި އެއްވެސް ޕްރިޒަވޭޓިވްސް އެއް ބޭނުންކޮށްފައި ނެތުމެވެ. ނޫޑުލްސް ތައްޔާރުކޮށްފައިވަނީ ކޮލިޓީ ރަނގަޅު ފުށާއި ތާޒާ ރަހަތައް ހިމެނޭ ގުދުރަތީ އުފެއްދުންތައް ބޭނުންކޮށްގެންނެވެ.

އިންސްޓަންޓް ނޫޑުލްސް އެންމެ ފުރަތަމަ އާންމުވީ 1958 ވަނަ އަހަރު ޖަޕާނުގަ އެވެ. އޭގެ 13 އަހަރު ފަހުން އިންޑޯމީ ބްރޭންޑްގެ އިންސްޓަންޓް ނޫޑުލްސް ތައާރަފްކުރީ 1971 ވަނަ އަހަރު އެވެ. އިންޑޮނީޝިއާގައި މި ބްރޭންޑް މަޝްހޫރުވެ، މިހާރު އެއީ އެގައުމުގައި ވެސް ނޫޑުލްސް އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ. އިންޑޯމީ ތައާރަފްކުރި ފަހުން 40 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އެކުންފުނިން އަންނަނީ އެއް ފެންވަރެއްގައި ކަސްޓަމަރުންނަށް ހިދުމަތް ދެމުންނެވެ.

މި އުފެއްދުން ރާއްޖެއަށް ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރުގައި--ފޮޓޯ:ހުސައިން ވަހީދު/މިހާރު

އިންޑޮނީޝިއާގެ އިތުރުން މި އުފެއްދުމަކީ އޮސްޓްރޭލިއާގައި ވެސް އެންމެ މަގުބޫލު އިންސްޓަންޓް ނޫޑުލްސް އެވެ. މި އުފެއްދުން 80 އަށް ވުރެ ގިނަ ގައުމުގައި ވިއްކަމުން އަންނައިރު އެމެރިކާ އާއި ނެދަލޭންސް އާއި ޖަރުމަނާއި ހޮންގް ކޮންގާއި ދުބާއީ އާއި ނައިޖީރިއާގައި އިންޑޯމީ އަކީ އެންމެ އެއް މަޝްހޫރު ބްރޭންޑެކެވެ.

މި އުފެއްދުމުގެ ތަފާތު ފްލޭވާތައް ހުރި އިރު އެންމެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވަނީ "ފްރައިޑް ނޫޑުލްސް" ފްލޭވާ އެވެ. އަވަހަށް ތައްޔާރުކޮށްލެވޭ މި ނޫޑުލްސްގެ ބާބެކިއު ޗިކެން އާއި ހޮޓް އެންޑް ސްޕައިސީ އާއި ސްޕައިސީ ބީފް ރިބްސް ފަދަ ފްލޭވާތައް ބާޒާރަށް ވަނީ ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން ކްލާސިކް އުފެއްދުންތައް ކަމުގައިވާ ސްޕެޝަލް ޗިކެން އާއި ޗިކެން ކަރީ ފަދަ އުފެއްދުންތައް ހިމެނެ އެވެ.

އިންޑޯމީ ނޫޑުލްސް: މި ނޫޑުލްސްގެ ޕްރޮމޯޝަން ދެ މަސް ދުވަހަށް ކުރިއަށް ގެންދާނެ--ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިންޑޯމީ ނޫޑުލްސްގެ ހާއްސަ ޕްރޮމޯޝަނެއް މިހާރު ކުރިއަށްދާ އިރު ބޮޑު ތަރުހީބެއް ލިބޭ ކަމަށް ލިލީ އިން ބުންޏެވެ. ޕްރޮމޯޝަން ގައި ނޫޑުލްސް ޕެކެޓަކަށް ދައްކަން ޖެހެނީ 20 ޕަސެންޓް ހެޔޮ އަގެކެވެ. ޖެނުއަރީ 31 އިން ފެށިގެން މާޗު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ލިލީގެ ސްޓޮޕް އެންޑް ޝޮޕް ފިހާރައިގެ އިތުރުން އެހެނިހެން ރީޓެއިލް ފިހާރަތަކުން ވެސް އިންޑޯމީ ނޫޑުލްސް ލިބޭނެ އެވެ.