ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) އަށް ހާއްސަ ކޮށްގެން ޔޫއްޕެ ޕްރޮޑަކްޝަނާ އެކު، އާ ސިރީޒެއް އުފެއްދުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ޔޫއްފެ ޕްރޮޑަކްޝަނަކީ، ދިވެހި ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) 2004 ގައި އުފެއްދި ކުންފުންޏެކެވެ. ޔޫއްޕެ ޕްރޮޑަކްޝަންގެ ބެނާގެ ދަށުން ކާމިޔާބު ފިލްމުތައް ސިނަމާ އަށް ނެރެފައިވާއިރު ދިރާގާ ގުޅިގެން އުފައްދާ ސީރީޒް، ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް ލައިބްރަރީން މި އަހަރު ތެރޭގައި ބަލައިލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލައިލުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ. މިއީ، ކަސްޓަމަރުންނަށް ބޭނުން ކުރަން ފަސޭހަ ހިދުމަތެކެވެ.

ދިރާގުން ބުނިގޮތުގައި، ދިރާގު ޓީވީ މެދުވެރިކޮށް ކުރިމަގުގައި ދިވެހި ފިލްމީ އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮން ޑިމާންޑް ޕްލެޓްފޯމުގައި ހާއްސަ ފުރުސަތުތައް އެ ކުންފުނިން މަގު ފަހިކޮށްދޭނެ އެވެ. އެގޮތުން، ދިރާގުގެ އަމާޒަކީ އެ ކުންފުނިން ދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ޒަރިއްޔާ އިން ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުން ކަމަށް ބުނެ އެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. އެގޮތުން ދިރާގު ޓީވީ ތައާރަފު ކުރިތާ ދެ އަހަރު ތެރޭގައި ރާއްޖޭގެ އާބާދީގެ 72 ޕަސެންޓަށް މި ޓީވީގެ ހިދުމަތް ދިރާގުން އަންނަނީ ފޯރުކޮށްދެމުންނެވެ.