މޯލްޑިވް ގޭސްގެ ހައްޖު ދަތުރުގެ ނަސީބުވެރިން-- ފޮޓޯ: މޯލްޑިވް ގޭސް
04 މާޗް 2020 - 10:15
މޯލްޑިވް ގޭސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ އަހަރު އިއުލާނުކުރި ގޮތަށް އެ ކުންފުނީގެ ދެ މުވައްޒަފަކަށް ހައްޖު ދަތުރު ދީފި އެވެ.
އެ ކުންފުނިން ނިންމާފައިވަނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެ މުވައްޒަފަކަށް ހައްޖު ދަތުރު ދޭށެވެ.
އިއްޔެ މޯލްޑިވް ގޭސްގައި ބޭއްވި ރަސްމިއްޔާތެއްގައި، މިއަހަރުގެ ހައްޖު ދަތުރު ލިބުނު މުވައްޒަފުންނާ އެކަމުގެ ލިޔުން ހަވާލުކުރެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމެވެ. މި ދަތުރު ލިބުނީ ފޯމަނެއްގެ ގޮތުގައި އެ ކުންފުނީގައި ވަޒީފާ އަދާކުރާ މުހައްމަދު ވަހީދަށާއި ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ އަލީ ވަހީދަށެވެ.
މޯލްޑިވް ގޭސްގެ އެކްޓިން އެމްޑީ (ކ2) އެކުންފުނީގެ ޕަފޯމެންސް އެންމެ ރަނގަޅު އަދި އުމުރުން އެންމެ ދޮށީ މުވައްޒަފަށް ހައްޖު ދަތުރު ހަވާލުކުރައްވަނީ.
މޯލްޑިވް ގޭހުން މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ހައްޖު ދަތުރަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. މި ދަތުރު ލިބޭނީ ފޯމު ހުށަހަޅާ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ ދެ މުވައްޒަފަކަށެވެ. އެގޮތުން މި ދަތުރަށް އެދި ފޯމު ލާ މުވައްޒަފުންނަކީ ޕަފޯމެންސް ރަނގަޅު، ކުންފުންޏަށް ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންނަށް ވާންޖެހޭނެ އެވެ. ދެވަނަ މުވައްޒަފަކަށް ހޮވާނީ ކުރިމަތިލާ މީހުންގެ ތެރެއިން ޕަފޯމެންސް ރަނގަޅު، އުމުރުން އެންމެ ދުވަސްވީ މީހާ އެވެ.
މޯލްޑިވް ގޭހުން ބުނި ގޮތުގައި މި ދަތުރަކީ މުވައްޒަފުން ކުރިއެރުވުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެެރޭގައި ހިމެނޭ ކަމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި، މުވައްޒަފުން ކުރިއެރުވުމަށް މުހިންމު ހަރަކާތްތައް ހިންގައި އެލަވެންސްތައް ދެމުން ގެންދާނެ ކަަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މޯލްޑިވް ގޭހުން އަންނަނީ ކޮންމެ އަހަރަކު މުވައްޒަފުންނަށް ބޯނަސް ވެސް ބަހަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީވީގޮތޭ
04 March 2020
މޯލްޑިވްސް ގޭސްއަކީ ދީނީ ކަންތަކަށް އިސްކަންދޭ ކުންފުންޏެކެވެ. މީގެ ދެއަހަރެއް ކުރިން ކުންފުނީގެ ޚަރަދުގައި ހުޅުމާލޭގައި ވާލިދައިނި ކިޔާ މިިސްކިތެއްވެސް އެޅިއެވެ.
ޙުސޭނުބޭ12
04 March 2020
ތީ ރައީސް ޔާމީންގެ ވެރިކަމުގައި ތިޔަ ތާނގައި ކުރިން ހުންނެވި އެމްޑީ މާއުމޫން ހަމަޖައްސަވާފައި އޮތް ކަމެއް! އަލަކަށް ކުރާ ކަމެއް ނޫންތީ! ކޮންމެ އަކަސް މިސަރުކާރުން ވެސް ތިޔަކަން އެމަގުން ކުރައްވާތީ ޝުކުރިއްޔާ!
ބިލި
04 March 2020
ކޮބާ ތަ މި ތަނުން ކޮންމެ އޯޑަރަކުން 100 ޑޮލަރު ނެގި ކޮރަޕްޝަން މައްސަލަ؟ ހަމަ ޒީރޯ ޑޮލެރެންސް ގަ ދެއްތޮ؟
ރަދީފް
04 March 2020
ސާބަހޭ މޯލްޑިވް ގޭސް.މިކަހަލަ ކަންތައްތައް މޯލްޑިވް ގޭހުން ކުރިއަށް ގެންދާތީވެ އުފާކުރަން.ތިޔަ ކުންފުނީގެ މުދަލުގަ ބަރަކާތް ލައްވާށި.ކުރިއަށް އޮތީ ރޯދަމަސް.އެއީ ސޭލްސް އިތުރުވާނެ މަހެއް.ގޭސްފުޅި ހިފައިގެން 10 ބުރި އިމާރާތަށް އަރާ އާދައިގެ ސްޓާފަށް ވެސް ރަނގަޅު އެއްޗެއް މިފަހަރު ތިކުންފުނިން ދޭނެކަމަށް އުންމީދުކުރަން.ވ.ވެެދުން