އީވާރު: އެއްފަހަރާ ގިނަ ބައެއްގެ ހުން ބަލާލެވޭގޮތަށް ތައްޔާރުކޮށްފައިވާ ތާމަލް ކެމެރާ--
30 އޯގަސްޓް 2020 - 11:43
އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން މީހުންގެ ހުން ބަލައިލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތާމަލް މާސް ސްކްރީނިން ސޮލިއުޝަން، "އާލީ ވާނިން އެލާޓް އެންޑް ރެސްޕޮންސް (އީވާރު)" ދިރާގުން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.
ދިރާގުން ބުނީ ކޮވިޑް-19ގެ ސަބަބުން ވިޔަފާރިތަކާއި ސިއްހީ ދާއިރާ އަށް ގޮންޖެހުންތަކާ ކުރިމަތިވެފައި ވާއިރު ކަސްޓަމަރުންނަށާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އީވާރު އަކީ ރަނގަޅު ހައްލަކަށް ވާނެ ކަމަށެވެ.
ދިރާގުން ބުނީ މީގެ ދެ ސޮލިއުޝަނެއް މިހާރު ލިބެން ހުންނާނެ ކަމަށާއި އެއީ "އީވާރު ކްރައުޑް" އާއި "އީވާރު ކޮމްޕެކްޓް" ކަމަށެވެ.
އީވާރު ކްރައުޑުން އެއްފަހަރާ 10-15 މީހުންގެ ހުން ބެލޭނެ އެވެ. އަދި އީވާރު ކޮމްޕެކްޓް މެދުވެރިކޮށް ވަކި ވަކިން މީހުންގެ ހުން ބެލޭނެ އެވެ. މި ޓެކްނޮލޮޖީ ދިރާގުން ރާއްޖެ އަށް ތައާރަފުކުރީ ޓެލެކޮމް މެލޭޝިއާއާ ގުޅިގެންނެވެ. މި ކެމެރާތައް މިހާރު ވަނީ ދިރާގުގެ ހެޑް އޮފީހުގައި ވެސް ހަރުކޮށްފަ އެވެ.
ހުން ހުރި މީހަކު އިމާރާތަށް ވަނުމާ އެކު މި ސިސްޓަމް މެދުވެރިކޮށް ވަގުތުން އެލާޓް ފޮނުވާލަދޭނެ އެވެ. އަދި މޯބައިލް ފޯނުތަކަށް ނޮޓިފިކޭޝަން ވެސް ފޮނުވައިދޭނެ އެވެ. މީގެ އިތުރުން، މި ޑޭޓާތައް ތިން މަހުގެ ނިޔަލަށް ކްލައުޑް ސިސްޓަމެއްގައި ރައްކާކުރާނެ އެވެ. އެހެންވެ ކޮންޓެކްޓް ޓްރޭސިން އަށް ވެސް މި ސޮލިއުޝަން އެހީވެދެ އެވެ.
ދިރާގު ޗީފް މާކެޓިން އޮފިސަރު މަހުމޫދް ދަސަރު ވިދާޅުވި ގޮތުގައި މި ވަގުތު ހުރިހާ ކުންފުނިތައް ވެސް މަސައްކަތްކުރަނީ އެއް އަޒުމެއްގައި ކަސްޓަމަރުންނާއި މުވައްޒަފުން އަދި މުޅި މުޖުތަމައުގެ ސިއްހަތާއި ރައްކާތެރިކަން އިސްކުރުމަށް ކަމަށެވެ. އެހެންވެ، ޓެކެލިކޮމް މެލޭޝިއާއާ ގުޅިގެން އީވާރު ރާއްޖެ އަށް ތައާރަފުކުރުމަކީ ކުންފުންޏަށް ލިބުނު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދިރާގުން އަންނަނީ އެ ކުންފުނީގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، އާ އާންމު ހާލަތުގައި މަސައްކަތްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަފާރިތައް ފުރިހަމަ އަށް ކުރިއަށް ގެންދޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓޭ1
30 August 2020
ތިޔައީ ބޭކާރު އެއްޗެއް ދެން މިދުވަސް ކޮޅު ތިޔަކަހަލަ އެއްޗެހީގެ ވިޔަފާރި ކުރެވޭނެ. އެކަމު ތިޔަކުން ޢަލާމާތް ނެތް ބަލި މީހުން ނުފެންނާނެ. ބައެއް މީހުން ކުރީ ކޮޅު އަލާމާތް ނުހުރޭ އަދި ކޮވިޑް ފަސޭހަވެގެން ދާއިރުވެސް ޢަލާމާތް ނުހުރޭ ދެން ތީގެން ވާނެ ފައިދާއެއް ނެތް. ހުރިހާ އެންމެންގެ ބޮޑީ ޓެމްޕަރޭޗަރ ހުންނަނީ އެކި ވަގުތު އެކި ވަރަށް. ހުން ގަދަވެގެން ހިރި ނުލެވޭ މީހުން ތީގެން ފެނިދާނެ
ބޭކާރު
30 August 2020
ހުންއައިސްފަ ތިބި މީހުން ބަލައިގެން ކަމެއް ކޮންޓްރޯލްވާނެނަމަ އެއަޕޯޓުން ބަލިހުރި މީހުން އެންމެ ފުރަތަމަވެސް އެތެރެވުން ހުއްޓުވުނީސް. ހުން ނައިސް އަލާމާތެއް ނެތް މީހުން ކިބައިންވެސް ބަލި ފެތުރޭއިރު އެކަން ބެލޭނެ ގޮތެއް ނެތި ބަލި ގިނަވަނީ. އެޗްޕީއޭއަށް ރަގަޅަށް އެނގޭނެ ހުން ނައިސް ކިހާ ބަޔަކުކަން ޕޮޒިޓިވްވެފަ ހުރީ.
އަސްލުޑަކްޓަރު
30 August 2020
ތިއެއްޗެއް ތާއާރަޕް ކުރިފަހުން މިއުޅެނީ ގޯތި ފައިބަރު ނެޓުވޯރކު ގުޑައިވެސް ނުލައިގެން! މާތްކަލާކޯ ހޮޔޮނުވާނެ އެއްޗިސް އެއްޗިސް ތާއާރަފް ނުކުރޭ!
ހަކީމް
30 August 2020
އަދި މިމީހުން އެއްފަހަރާ 10 މީހުންނަށް ކާލެވޭ ކިއްލި ތައާރަފް ކުރާ ދުވަސްވެސް އަންނާނެ.
ރަދީފްއޮފިޝިއަލް
30 August 2020
އެއްފަހަރާ ހުން ނުބެލިގެންތަ މިއުޅެނީ؟؟ ބަޔަކު ބީތ ވެދާނެ.އިންޓަނެޓް ސްޕީޑް ރަނގަޅުކޮށްބަލަ.އަގުހެޔޮ ކުރާ ވާހަކައެއް ނޫން މިދައްކަނީ.އަގު ދީގެންވެސް ރަނގަޅު ހިދްމަތެއް ހޯދަން މި ދައުވާކުރަނީ.މަހުގެ 8 ވަނަ ދުވަހަށް އަންނައިރު ''ބީބީސީ'' އަދި ''މިހާރުއޮންލައިން'' ނުހުޅުވޭ.ދެރަ ދޯ މިހެންވީމަ.އެކަމަކު ބަރާބަރަށް ފައިސާ ދައްކައިގެން މި އުޅެނީ.ވ.ވެދުން
ަަސިހާން
30 August 2020
ހުން އަންނަނީ ނެޓް ބިލް ފެނިފަޔޭ
ޝިޔާމް
30 August 2020
ހުންބަލާއިރު އެންމެން ހުންއައިސް ތިބޭނީ. ދިރާގު ފާސްޓް ކަމުން.
ރަދީފްއޮފިޝިއަލް
30 August 2020
ވަރަށް ބޭނުންތެރިއެއްޗެއް.އެއްފަހަރާ އެންމެންގެ ޑޭޓާ ސްޕީޑް ރަނގަޅު ކުރެވޭނެކަހަލަ ފަންޑިތައެއް ބޭރު ގައުމަކުން ނަމަވެސް ދިރާގުން ގެނެބަލަ.ޕްލީޒް.ވެރި ލެވެލްގެ މީހުންގެ ފޯނަށް ހައިސްޕިީޑް އިންޓަނެޓް އަޅައިގެން ތިބެ ރައްޔަތުން މިޖެހެނީ ފިނިހަކަ ދުވެލީގަ އިންޓަނެޓް ބޭނުންކުރަން.ދެރަ ދޯ މިހެންވީމަ.އަހަރުމެން 20 އަހަރު ކަލޭމެންގެ ކަސްޓަމަރުންގެ ގޮތުގަ ނައިސް ނަމްބަރު ހިފައިގެން ތިބީމަ ލުއި ކަމެއް ލިބޭ ތަނެއް ނުފެނޭ.ވ.ވެދުން