ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މުޣުނީ ވާހަކަ ދައްކަވަނީ- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
05 ނޮވެމްބަރ 2020 - 12:10
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ސްޓެލްކޯގެ ފްލެޓުތަކުން ފްލެޓެއް ބައްލަވައިގެންނެވި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެއީ ކުންފުނީގެ ބޯޑު މެމްބަރުންނަށް ކަނޑައަޅާފައިވާ ފްލެޓުތަކުގެ ތެރެއިން ފްލެޓެއް ކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް ފްލެޓް ގަތުމުގެ ހައްގު އޮންނަ ކަމަށް އޭނާ ވިދާޅުވިި އެވެ.
ސްޓެލްކޯއިން ބުނިގޮތުގައި އެ ކުންފުނީގެ ފްލެޓުތަކުގެ ތެރެއިން ހަ ފްލެޓް ވަނީ ބޯޑު މެމްބަރުންނަށް ހާއްސަ ކޮށްފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ދެ ފްލެޓެއް ލިބޭ މީހުން ވަނީ ކަނޑައަޅައިފަ އެވެ.
ސްޓެލްކޯގެ ފްލެޓެއް އޭނާއަށް ބައްލަވައިގެންނެވެނީ، ކޮމިޓީގައި ދެއްކެވި ވާހަކަތަކަށް ބަލާއިރު، ފްލެޓާ ބެހޭ ގޮތުން ސްޓެލްކޯގެ އުސޫލުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުންނެވެ. އެ އުސޫލު ބަދަލުކުރީ، ކުރީގެ މެނެޖްމަންޓުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯ އިން ފްލެޓް ދޫކުރާ އުސޫލުގައި މިހާރު ބުނެފައިވާ ގޮތުގައި ފްލެޓަށް ކުރިމަތިލާ ކޮންމެ މުވައްޒަފަކަށް ވެސް ފްލެޓް ލިބޭނެ އެވެ. އެ ކުންފުނިން އެ ބަދަލު ގެނައީ ފްލެޓުތަކަށް ފުރަތަަމަ އިއުލާން ކުރުމުން ހިމެނި ޝަރުތުތަކާ އެކު، އެކަށީގެންވާ ތަރުހީބެއް ނުލިބިގެން ކަމަށް މުޣުނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ބަދަލުގެ ސަބަބުން މާލޭގައި އަމިއްލަ ގެއެއް ހުއްޓަސް ފްލެޓް ލިބޭނެ އެވެ.
"އެންމެ ފުރަތަމަ ބައިވަރު ކަންތައްތަކަށް ބެލި. އެހެންނަމަވެސް އެކަށީގެންވާ ވަރަށް މީހުން ކުރިމަތި ނުލާ. އެހެންވެ ކުރީގެ ބޯޑުން ހުރިހާ ޝަރުތެއް އުނިކޮށް ކުރިމަތިލާ ކޮންމެ މީހަކަށް ވެސް ފްލެޓް ލިބޭ ގޮތް ހެދީ. އެހެންކަމުން އަމިއްލަ ގެދޮރު ހުއްޓަސް ލިބޭ ގޮތަށް އޮތީ،" މުޣުނީ ވިދާޅުވި އެވެ.
ސްޓެލްކޯގެ އާ ބޯޑުން ވެސް ނިންމީ ކުރީގެ ބޯޑުން ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް ފްލެޓުތައް ދޫކުރުމަށެވެ. އަދި އުސޫލުތައް އަލުން ބަދަލުކޮށް ފްލެޓުތައް އަނބުރާ ނެގުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ.
"ކުރިން ފްލެޓުތައް ދޫކުރި މީހުންނާ އެކު ވަނީ ކޮންޓްރެކްޓު ހަދާފައި. އެހެންކަމުން އެ އުސޫލުތައް ބާތިލުކޮށް ފްލެޓުތައް ނަގަންޏާ ގާނޫނީ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ. މީގެ ސަބަބުން ކުންފުނި ބަދުނާމުވެ އިތުރު ހަރަދުތައް ކުރަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް،" މުޣުނީ ވިދާޅުވި އެވެ.
ފްލެޓު ހައްގުވާ މީހުން ތިއްބަސް އެ އުސޫލުތަކުގެ ސަބަބުން އެ މީހުންނަށް ފްލެޓް ނުލިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެސްއޯއީ ކޮމިޓީގެ މެމްބަރުން ވިދާޅުވި އެވެ. އެހެންކަމުން މިހާރު ހުރި މައްސަލަތައް ހައްލުކޮށް ހައްގުވާ މީހުންނަށް ފްލެޓް ލިބޭ ގޮތަށް މަގުފަހިކޮށްދޭން ކޮމިޓީން ވަނީ ސްޓެލްކޯގައި އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލްޕ0070
07 November 2020
ކުންފުނީގެ ބޯޑު މެމްބަރުންނަށް ފުލެޓް ލިބެންޖެހޭތަ؟؟؟ އެއީ ދާއިމީ މަޤާމެއް ނޫނީ ވަޒީފާއެއްވެސް ނޫންޒ ކުންފުނިތަކުން ބޯހިޔާ ވަހިކަން ހަމަ ޖައްސާދެނީ އެކުންފުނިތަކަށް ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މީހުންގެ އަގު ވަޒަންކޮށް ވަޒީފާގައި ދެމި ތިބުމަށް ހިތްވަރުދިނުމަށް. ބޯޑު މެމްބަރުންނަށް ވަކި ކެޓަގަރީއެއް ހެދީމަ އޭގައު ވާދަ ކުރެވޭ މީހުން މަދުވެފަ ފުލެޓް ލިބުގެ ފިރިސަތު ބޮޑުވޭ މިއީ އެއްވެސް އިންސްފެއް ނޫން.
ތިލަފަޅު މޫސަ
06 November 2020
އުސޫލު އެކުލަވާލި މީހާއަށް އުސޫލުތެރޭން ފްލެޓް ލިބޭ ގޮތަށް އޮންނަ ނަމަ ގައުމުގެ އެންމެނަށް ފުލެޓް ލިބޭނެއެވެ. އެމީހަކަށް ލިބެންޖެހޭ ފުލެޓުގެ ސަރުތު އެމީހަކު އަމިއްލައަށް ލިޔެ ސަރުތު ހަމަކުރާނީއެވެ
މުދިމު ކަތީބު
06 November 2020
ކުރިން ސްޓެލްކޯ ފުލެޓް ދޫކުރި އުސޫލު ކަމުނުގޮސްގެން އަލުން އިއުލާނު ކުރީ އެމްޑީއަށް ފުލެޓް ލިބޭ ގޮތަށް އެމްޑީ އަށް ފުލެޓް ލިބުނީމައި ކަމުދިޔައީ ..މިޔަށް ކިޔަނީ..މަގާމުގެ ނުފޫޒާ ނާޖާއިޒް ފައިދާ ނުހައްގު މުއްސަންދިކަން!
މުގުނީ....12..
05 November 2020
މީ ވަރުގަދަ މުގުނީއެއްތާ..... އެމްޓީސީސީ ގެ އާޒިމް އާ އެމްޕީއެލް ގެ ޝާހިދު އާ.... މީހަކަށްދޫކުރާނެ މީހަކު ނެތް.... ހުސް އުސޫލުގެ ދަށުންނާ މަތިންނާ އޮޅިގެން ކަންތައްތައް ކުރެވޭ ކުދިންކޮޅެއް... ޢާޒިމް އުސޫލުގެ ތެރެއިން 3 ކުންފުންޔަށް އެއްބަޔަކު އިސްމަގާމުތަކަށް އެބަގެންދޭ....ތަނުގެ ގިނަދުވަސްވީ ގާބިލު މުވައްޒަފުންބޭރުކުރަންހިފާފަ...ޝާހިދު އެދަނީ ޝަމްހީދު އާގުޅިގެން
ޞަބާ
05 November 2020
އެންމެ ފުރަތަމަ ބައިވަރު ކަންތައްތަކަށް ބެލި. އެހެންނަމަވެސް އެކަށީގެންވާ ވަރަށް މީހުން ކުރިމަތި ނުލާ. އެހެންވެ ކުރީގެ ބޯޑުން ހުރިހާ ޝަރުތެއް އުނިކޮށް ކުރިމަތިލާ ކޮންމެ މީހަކަށް ވެސް ފްލެޓް ލިބޭ ގޮތް ހެދީ. އެހެންކަމުން އަމިއްލަ ގެދޮރު ހުއްޓަސް ލިބޭ ގޮތަށް އޮތީ،" މުޣުނީ ވިދާޅުވި އެވެ. މީ މުގު ހަމަޖެއްސިގޮތްތަ ހުރި ހަލާކެއްގެ ބޮޑުކަމާއެ
ޟަހަރު
05 November 2020
މުގުނީ އޭ ކިޔާނެކަމެއްނެތް ތިޔަ ކުންފުނީގެ އެމްޑީޕީ މީހުން ހީކުރީ ޒުހޫރުއަށް ނުޖުރެވޭނެކަމަށް އެހެންވެ ކުރިމަތި ނުލީ އަޅާ ނިމުނީމަ ހީވީ މަށަށް މަށްށް ގޮވަގޮވާ ސަރުކާރަށް ނެގިބާވެސް ތިޔާ ހިންނަވަރުރައް ތެޅިބޭލީމާ މިހާރުވަނީ ދީ ހުސްކޮއްފަ ކޮންމެ ކަމެއްގައިވެސް އުސޫލެއް އޮންނަކަމެއް އެ ބައިގަނޑަށް ނޭގޭ ތެޅިބާލަނީ
ދަރަނި ދަންތުރަ
05 November 2020
ގެދޮރެއްނެތް އަތުގައި ރުފިޔާއެއްނެތް ގިނަސްޓާފުން ފުލެޓުބޭނުންވިޔަސް އަތުގައި ރުފިޔާނެތީމަ ކުރިމަތިނުލީ ރުފިޔާހުރި މީހުން (މުގުނީ ) މެންނަން ފުރުސަތު ދޭންޖެހުނީ ފުލެޓުތަށް ބާކީވީމަ ، ކޮންމެގޮތެއްހަދާފައިވެސް ޕްރޮޖެކުޓު ހިންގަންޖެހޭތީ
ފައިވާން
05 November 2020
އުސޫލުތަކުގެ ދަށުން ވައްކަމެއް ކޮށްފި
ސްޓަރފިޝް
05 November 2020
ސްޓެލްކޯ މުވައްޒަފުންނަށާއި އެމްޑީއަށް ފްލެޓް ދޭން ރައްޔިތުން ބޮޑުއަގުގައި ކަރަންޓު ބިލް ދަައްކަން ޖެހޭ އަދި ހުރިހާ ރައްޔިތުންގެ ފައިސާއިން ސަބްސިޑީ ދޭން ޖެހޭ. ކުންފުނީގެ ޚަރަދުކުަޑަކޮށް ދެކޮޅު ޖެހޭ ގޮތެއް ހެދިއްޔާ މާ ތާހިރުވާނެ.
ހަރާމްކޯރު
05 November 2020
ވިހި ތިރީސް ހަރު ފަންޑިޔާރު ކަން ކުރި މީހުނަށް ގާ ކޮށިން ނުވަތަ ޢަރަބިއްޔާ އިން ފްލެޓެއް ނުލިބެއެވެ. އެކަމަކު ފަސް އަހަރު "ފަނޑިޔާރު ކަން" ކޮށްފައި ވަކިވެގެން ދިޔަ ހައެއްކަ އަށެެއްކަ މީހުނަށް " އިސް ފަނޑިޔާރުން ކަމަށް ވީތީ ފްލެޓް ދެފްލެޓް ލިބިފައި ވަނީ ކޮން އިންސާފަކުން ތޯއެވެ؟