މީރާގެ މުވައްޒަފަކު ކައުންޓަރުން ހިދުމަތް ދެނީ-- ފޮޓޯ: މިހާރު
08 އެޕްރީލް 2021 - 15:26
އަންނަ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު މީރާ އިން ހިދުމަތް ދޭނީ ހެނދުނު 9:00 އިން މެންދުރު 12:30 އަށް ކަމަށް ހަމަޖައްސައިފި އެވެ.
މިރާ އިން ބުނީ މިހާރެކޭ އެއްގޮތަށް ރޯދަ މަހު ވެސް ހިދުމަތް ހޯދަން ނަންބަރު ނަގަން ޖެހޭނީ އެތަނުގެ މޯބައިލް އެޕްލިކޭޝަން ނުވަތަ ކިއުބީ މެދުވެރިކޮށް ކަމަށެވެ. މިއީ އެތަނުން ހިދުމަތް ހޯދާ މީހުން ކިޔޫގައި ތިބެން ޖެހޭ ވަގުތު މަދުކޮށް ސޯޝަލް ޑިސްޓެންސިން ބެހެއްޓުމަަށް ބާރު އެޅުމަށް މީރާއިން ގެނައި ބަދަލެކެވެ.
އޮންލައިންކޮށް ނަންބަރު ނުނެގޭ މީހުންނަށް މީރާގެ ނަންބަރު 3020460 އަށް ގުޅައިގެން ވެސް ނަންބަރު ނެގޭނެ އެވެ.
ކޮވިޑް-19 ފެތުރެން ފެށުމުން މީރާ އިން ވަނީ އެތަނަށް ބަލައިގަންނަ ގިނަ ފީތައް އޮންލައިންކޮށް ދެއްކޭ އިންތިޒާމް ވެސް ހަމަޖައްސައިފަ އެވެ. އެހެންވެ އެންމެންވެސް އެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް މީރާއިން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy