ބަޔަކު ދިރާގު ޓީވީ ބަލަނީ--
11 ޖޫން 2021 - 12:42
ޔޫރޯ 2020 ގެ މެޗުތައް ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ދިރާގު ޓީވީ އާއި ދިރާގު ޕްލޭ މެދުވެރިކޮށް މެޗުތައް ބެލޭގޮތް ހަމަޖެއްސީ މި ދުވަސްވަރު ގޭގައި ތިބެން ޖެހުނު ނަމަވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ޔޫރޯގެ މެޗުތައް ގޭގައި ތިބެގެން ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
ދިރާގު ޓީވީން ޔޫރޯގެ މެޗުތައް ފެންނާނީ ސޮނީ ޓެން 2 އެޗްޑީންނެވެ. މި މެޗުތަކުގެ ލޯކަލް ބްރޯޑްކާސްޓަރަކީ ރާއްޖެ ޓީވީ އެވެ.
ދިރާގު ޓީވީ މެދުވެރިކޮށް އެންމެ ފުރިހަމަ ކޮލިޓީގައި ޔޫރޯގެ މެޗްތަކުގެ އިތުރުން މުނިފޫހިފުލުވުމުގެ ގިނަ ޗެނަލްތައް ބަލާލެވޭނެ އެވެ. އަދި ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް، ޖީއެސްޓީއަކާ ނުލައި މަހަކު އެންމެ 65ރ. ދެއްކުމުން ޔޫރޯ2020 ގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ޗެނަލްތައް ބަލައިލެވޭނެ އެވެ.
މީގެ އިތުރުން ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ މެދުވެރިކޮށް ޗެނަލްތައް ބަލާ ކަސްޓަމަރުންނަށް އިތުރު ޑޭޓާ ހަރަދެއް ނުހިނގާނެ އެވެ. މި އެޕް މެދުވެރިކޮށް ފޯނު ފަދަ ޑިވައިސްތަކުން ވެސް ޓީވީ ބެލޭނެ އެވެ.
ކޮވިޑް-19ގެ ސަބަބުން ގެއިން ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް ސިއްހީ މާހިރުން ލަފާ ދީފައިވާއިރު ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުން ގޭގައި ތިބުމަށް އެހީވުމުގެ ގޮތުން ހާއްސަ އޮފާތަކެއް ވެސް ތައާރަފު ކޮށްފަ އެވެ. އެގޮތުން ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކުން 50 ޕަސެންޓް އިތުރު ޑޭޓާ ލިބޭއިރު ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "އަމިއްލަ ޓީވީ" އެޑްއޮން އެކްޓިވޭޓްކޮށްގެންނާއި ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްގެން ވެސް ޔޫރޯގެ މެޗުތައް ބަލައިލެވޭނެ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ދިރާގު ޓީވީ މެދުވެރިކޮށް އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިޓުކޮއިނޯސް
11 June 2021
ތިޔަ ދިރާގު ޓީވީއެއް މަގޭ އެންޑްރޮއިޑް ޓީވީއިން ބެލޭގޮތް ހެދިއްޔާ ނޫނީ މަށެއް ނޫޅެން ތިޔަ ބޭނުންވެގެެއްނެ.