ރާއްޖެއިން މިއަދު ފުރި އިންޑޮނޭޝިއާ އަދި ޔޫރޮޕް ރައްޔިތުން، އިމިގްރޭޝަން އިން ފާސްކުރަނިކޮށް -- ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
16 ޖުލައި 2021 - 20:36
ހޮޓަލެއްގައި ބުކިން ހަދާފައިވާ ކަމަށް ދައްކައިގެން ރާއްޖެ އެތެރެވާން އުޅުނު 248 މީހަކު އިއްޔެ އަނބުރާ ފޮނުވާލި ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.
ކޮންޓްރޯލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިއްޔެއަކީ މިގޮތަށް ފޭކް ބުކިން ހަދައިގެން ރާއްޖެއަށް އެތެރެވާން އުޅުނު ގިނަ ބަޔަކު ފޮނުވާލަން ޖެހުނު ދުވަހެއް ކަމަށެވެ.
ކޮވިޑްގެ ހާލަތު ގޯސްވުމުން ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އިއްޔެ އަކީ ދެކުނު އޭޝިއާ އިން ރާއްޖެއަށް ޓޫރިސްޓުން އައުމަށް ހުޅުވާލި ދުވަހެ އެވެ. ރާއްޖެއަށް ދެކުނު އޭޝިއާއިން އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. އަނބުރާ ގައުމަށް ފޮނުވާލީ ކޮން ގައުމެއްގެ މީހުންނެއް ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.
އިމިގްރޭޝަންގެ އާ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް އަންނަ ހުރިހާ ޓޫރިސްޓުން ވެސް ކުރިއާލައި ހޮޓެލް ބުކްކުރަން ޖެހޭނެ އެވެ. އަދި އަންނަ ހުރިހާ ޓޫރިސްޓުން ވެސް ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަންޖެހޭނެ އެވެ.
Maldives Immigration denied the entry of 248 passengers yesterday, as they held false hotel bookings & attempted to enter. Thanks to vigilant officers for identifying the fraud.
— Mohamed (Hanafy) 🇲🇻 (@hanafymv) July 16, 2021
I take this opportunity to assure that we will remain firm to safeguard the borders of the Maldives.
ހަނަފީ ވިދާޅުވީ ކޮވިޑްގެ ސަބަބުން އިމިގްރޭޝަންގެ އުސޫލުތަކަށް އަންނަ ބަދަލުތައް ހުރިހާ ދަތުރުވެރިން ފުރިހަމައަށް ބެލުމަށް އެދޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް ފެތުރެން ފެށުމުން މިދިޔަ އަހަރުގެ މާޗް މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު ބޯޑަރު ހުޅުވީ މިދިޔަ އަހަރުގެ ޖުލައި 15 ގަ އެވެ. އިއްޔެ އަކީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިތާ އެއް އަހަރުވީ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2412
17 July 2021
ގައުމު އެޔާޕޯޓު ހުޅުވާލީމަ ވަގައް އެތެރެވާ ބަންގާޅީންގެ ސީޒަން ފެށުނީ. ދެން ދުވާލަކު 500-1000 ބަންގާޅީން ވަގައް އެތެރެވާނެ. މި ކޮވިޑު ލޮކުޑައުން ގަވެސް ޓޫސިސްޓެ އެރައިވަލްއައް މަހަކު 200-300 ބަންގާޅިން އަރާ، ބަންގުލަދޭޝްމީ ޓޫރިސްޓުން ރާއްޖެ އަންނަ ގައުމެއްތަ؟ މިގަ ސަޅިކަމަކީ ގައުމީ އެޔާލައިން މޯޑިވިޔަނުން މި ވަގައްއެރެވާ ހުރިހާ ބަންގާޅީން އަގުހެޔޮކޮއް ރާއްޖެޔައް މި އެތެރެކޮއްދެނީ.
ކޮރަލް
17 July 2021
ދިވެހި ކުދި ވިޔަފާރި ވެރީން ޖީއެސްޓީ ނުދެއްކިއްޖެނަމަ ނުަލަފާ ކަން ދައްކާ ލަ އެވެ. ލިޔެ ކިއުން ނެތް ބިދޭސީން ގޭގަ ފޯއް ކޮށާ ހެދިކާ ފްރައިޑް ރައިސް ހަދާފަ ވިއްކަނީ ވިޔަފާރި ހުއްފަ ނުނަގާ އެވެ. މިހާރު ލަންކާ އިންޑިޔާ މީހުން ވެސް އޮންލައިން ކޮށް ތަކެތި ގޭގެ އަށް ޑެލިވަރީ ކޮށް ދެއެވެ. ޖީއެސްޓީ ނުދައްކަ އެވެ
ޙިނި
17 July 2021
ދިވެހިން މާހިއްހެވީ، ގައުމުން ބަންގާޅީން ސާފުކުރުމުގެ ހަރަކާތެއް ހިންގަންވެއްޖެ.
ނޫސަންގު
17 July 2021
ތިކަން ރަނގަޅު. ވަގު ބަންގާޅީން އެތެރެވުން އެބަހުއްޓުވޭބާ. އަދި ވިސާ މުއްދަތު ހަމަވީމަވެސް އެމީހުންނަށް މިގައުމުގައި ތިބެވެނީ ކީއްވެގެން.
ބޯގޯސް އަފީފް ކުރަފިކަތިލައިގެން ހޯދި ދީދީ
17 July 2021
މީރުބަހުރު ތިދައްކާލީ މޮޅުވާހަކައެއް. މިރާއްޖޭގައި މިހާރު ދިރިއުޅެމުންގެންދާ 290 ހާސް ބަންގާޅީން އައީ ކޮންވައްތަރެއްގެ ޑޮކިޔުމެންޓެއްގައިތަ. މިގައުމުގެ ސަރުކާރުތަކުން ދިވެހިން އަޅާ ފިޔަވަޅަށްވެސް އަގުނަގައި ފެލަމުންގެންދާއިރު ރައްޔަތުންގެ ޓެކްސްފައިސާއިން ބަންގާޅީން ހިތްއުފާކުރަމުން ގެންދަނީ. އޭގެމީހަކުއަތުން ލޯލާރިއެއްވެސް ނުލިބޭތާގައި އޮރިޖިނަލް ބުކިންއޮތް ބަންގާޅީއެއްގެ ބޭހަށް އައިޖީއެމްއެޗުން އިއްޔެވެސް ހޭދައެކުރީ 3 ލައްކަ ރުފިޔާ.
ދަރުދުވާލު
17 July 2021
އެކުދިންވައްދާ. އިމިގްރޭޝަން މީހުން އެހާ ނުލަފާ ބަޔެއްގޮތައް ދައްކާކަށް ނުވާނެ. ގައުމުން ފުރަތަމަ ދިމާވާބަޔަކީ ރޭސިސްޓުނުން ހެވިފަތިބޭ ސޮލިއުޝަންދޭ ބަޔަކަށްވަމާ.
ނަނަނަ
17 July 2021
ތިބުނީ އިމިގްރޭޝަން ކުދިންނަށް ބަކްޝިޝް ނުދީ އެތެރެވާން އުޅުނު ދުބާއިމިޔާ މެންގެ ވާހަކަ ދޯ؟
ރީވް
17 July 2021
ތިކަން ތިގޮތަށް ބަލާނަމަ ރާއްޖޭގެ އާބާދީ ގަ މިއަދު ބަންގުލާދޭޝް ގެ އާބާދީ ގަ 290000މީހުން ނޫޅޭނެ! ޓޫރިސްޓް ވިސާގަ އައިސްރާއްޖޭގެ ހަދާ ރިސޯޓް ތަކުގައާ މަސްއޮޑިފަހަރުގަ އެމީހުން އެއުޅެނީ ވިސާ ފީ ނުދައްކާ! އެކަމަކު ދިވެހިން އަތުން ޕެންޝަން ފަންޑު ގެ ނަމުގަޢާ އެކި އެކި އެއްޗެހިން ޓެކްސް ނަގަނީ
ނަނަނަ
17 July 2021
އެއޮތީ ބަލާފަކާ ނޫން. އެއޮތީ އޮޅުވާލާފަ. ތިމީހުން ހިފެހެއްޓިއިރު ތީގެ 5 ގުނަ ހަމަ ތިގޮތަށް އެތެރެކޮށްދީފަ ހުންނާނެ. ތަފާތަކީ އެއީ ބަކްޝިޝް ނުދީ އައިމީހުންނަށް ވުން.
އަހަންމަދާ
17 July 2021
މިއޮއް ދަތިކޮށް އުޅޭ އިރު އަދި އެމީހުން ފޮނުވާލީ. ގެސްޓްހައުސްއެއްގައި ބޭތިއްބިނަމަ ގައިމު ލާރި ކޮޅެއް ލިބުނީސްދޯ. ހާދަ ނުވިސްނޭ މީހެކޭ
އިސްމާލި
17 July 2021
އެމީހުން އަންނާނީކީ ކޮންމެހެން ގެސްޓު ހައުސް ގައި ތިބޭކަށް ނޫނޭ. މާލެތެރޭން ކޮންމެސް ބަންގާޅި ގެސްޓްހައުސް އެއްގައި ތިބެން. ދެން ފެތުރިގަންނާނީ މުޅިރާއްޖެއަށް މަސައްކަތް ހޯދަން. އެ ހިސާބުން އެ މީހުން ވެސް ގެއްލުނީ. ދެން ކޮންމެ މަހަކު ލާރި ބޭރުކުރާނީ ރަށަށް. އެހެންވީމަ ލިބޭ ލާރިއަށްވުރެ ގައުމުން ބޭރުވާ ލާރި ގިނަވާނީ. ހާދަ ނުވިސްނޭ މީހެކޭ.
ޙުޒޭމު
17 July 2021
ޢަހައްމަދަށް ހާދަ ވިސްނެޔޭ
އިންޑިއާ
17 July 2021
އެއްދުވަހުން 248 ފޮނުވާލިއްޔާ ހަމައެދުވަހު 1248 އެތެރެވާނެ ފޭކް ބުކިންގަ! ކޮންބަޔަކަށް އޮޅުވާލަންތޯ މިއުޅެނީ