ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ ރީތިވާ ސާމާނު ފުޅާ ދާއިރާއެއްގައި ވިއްކާ ނިއު އެޑިޝަނުން ބޮޑު އީދާ ދިމާކޮށް ހާއްސަ ސޭލެއް ފަށައިފި އެވެ.
"އީދު 150 ސޭލް" ގެ ނަމުގައި ކުރިއަށްގެންދާ މި ސޭލްގައި ނިއު އެޑިޝަނުން ވިއްކާ ޕްރިމިއަމް ޕްރޮޑަކްޓްތައް 150 ރުފިޔާ އަށް ލިބޭނެ އެވެ. މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މި ސޭލް ކުރިއަށް ގެންދާނެ އެވެ.
މި ސޭލަށް އެ ފިހާރައިގެ ވަކި ސަރަހައްދެއް ވަނީ ހާއްސަކޮށްފަ އެވެ. އީދާ ގުޅުވައި ހަދިޔާކޮށްލެވޭނެ ގިނަ ވައްތަރުގެ ގިފްޓް ޕެކްތައް އެތަނުގައި ހުންނާނެ ކަމަށް ނިއު އެޑިޝަނުން ބުންޏެވެ.
"މި ސޭލަށް ހާއްސަ ކޮށްފައިވާ ގިނަ ގިފްޓް ޕެކްތަކެއް ލިބެން ހުންނާނެ. އެ ޕެކްތަކަކީ 150 ރުފިޔާ އަށް ލިބޭ ޕްރޮޑަކްޓްތަކެއް ބަންޑަލް ކޮށްފައިވާ ޕެކްތަކެއް،" ނިއު އެޑިޝަންގެ ޗީފް މާކެޓިން އޮފިސާ އިސްމާއިލް އަޒްމީ އަދުނާން ވިދާޅުވި އެވެ.
މި ސޭލްގައި ބޫޓާއި އަތް ދަބަހާއި ބޮޑީ މިސްޓުގެ އިތުރުން ސެންޓު ފަދަ ސާމާނު ލިބެން ހުންނާނެ އެވެ.
އަޒްމީ ވިދާޅުވީ މި ޕްރޮމޯޝަނުގެ ބޭނުމަކީ ވީހާވެސް ގިނަ ބަޔަކަށް ކޮލިޓީ ރަނގަޅު ސާމާނު ހެޔޮ އަގުގައި ގަތުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އެންމެ ހާއްސަ ކަމަކީ އީދާ ދިމާކޮށް ހަދިޔާ ދިނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިއު އެޑިޝަނުން ވަނީ ދާދި ފަހުން ފްލޭޝް ސޭލެއް ވެސް ބާއްވައިފަ އެވެ. މި ސޭލުގައި ނޯޓް ބްރޭންޑުގެ ހުރިހާ އައިޓަމެއް ވެސް ވަނީ 1 ގަޑި އިރަށް 50 ޕަސެންޓް އަގު ހެޔޮ ކޮށްފަ އެވެ. މި ސޭލަށް ގިނަ ބައެއްގެ ތަރހީބު ލިބުނު ކަމަށް ނިއު އެޑިޝަނުން ބުންޏެވެ.
ގަލޮޅު، ރައުންޑްވަން ބުކްޝޮޕް ކައިރީގައި ހުންނަ ނިއު އެޑިޝަނަކީ ރާއްޖޭގެ މަގުބޫލު ގިނަ ބްރޭންޑްތަކުގެ ޕްރޮޑަކްޓުތަކެއް ހޯލްސޭލްކޮށް ޑިސްޓްރިބިއުޓް ކުރަމުން އަންނަ ފިހާރަ އެކެވެ. މީގެ ތެރޭގައި ނޯޓް ކޮސްމެޓިކްސް، ބާތް އެންޑް ބޮޑީ، މޮންޓާލޭ، ލިލީލޯ، މެޖިކް، ވިކްޓޯރިޔާސް ސީކްރެޓް އަދި ކަންޓޫ ފަދަ ނަން މަޝްހޫރު ބްރޭންޑުތައް ހިމެނެ އެވެ.