ރެއިންބޯ އެންޓަޕްރައިސެސް އިން އެ ކުންފުނީ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ސޭލް މިއަދު ފަށައިފި އެވެ.
މިއީ، އެ ކުންފުނިން ކޮންމެ އަހަރަކު ވެސް އަހަރީ ދުވަހާ ގުޅުވައިގެން އޮކްޓޯބަރު މަހު ބާއްވަމުން އަންނަ ސޭލެކެވެ. މި ސޭލް ކުރިއަށް ގެންދާނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރެއިންބޯގެ ހުރިހާ ފިހާރަތަކެއްގައި މި ސޭލް ކުރިއަށް ގެންދާނެ އެވެ. މީގެ ތެރޭގައި ރެއިންބޯ ލިވިން މޯލް އާއި ރެއިންބޯ ބިލްޑްވެއާ، ރެއިންބޯ ޝޮޕް، ރެއިންބޯ ތިނަދޫ އަދި ރެއިންބޯ އޮފީސް ސިސްޓަމް އާއި ރެއިންބޯ އޮންލައިން ސްޓޯ ހިމެނެ އެވެ.
މި ސޭލް ކުރިއަށް ގެންދާ މުއްދަތުގެ ތެރޭގައި ރެއިންބޯގެ ފިހާރަތަކުން 500ރ. އިން މަތީ ވިޔަފާރި ކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ސޭލުގައި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ބިލުގެ ޖުމްލަ އަދަދު އަނބުރާ ލިބޭނެ އެވެ. މި ގުރުއަތުލުން ކުރިއަށް ގެންދާނީ ނޮވެމްބަރު 9 ވާ ދުވަހުގެ ރޭ 9:00 ގައި ކަމަށް ރެއިންބޯ އިން ބުންޏެވެ.