ރާއްޖޭގެ އިންޖިނިއަރުންނަށް 10 ދާއިރާއަކުން އެވޯޑު ދިނުމަށް ނިންމައި އުސޫލު އާންމުކޮށްފި އެވެ.

ރާއްޖޭގައި އިންޖިނިއަރުންގެ ދުވަހެއް ފުރަތަމަ ފަހަރަށް ފާހަގަކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ. 

ކޮންމެ އަހަރެއްގެ އޮގަސްޓް 30 ވަނަ ދުވަހު ރާއްޖޭގައި އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ރައީސް ނިންމެވީ ދިވެހި އިންޖިނިއަރުން ގައުމަށް ކޮށްދޭ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދިނުމަށް ވިދާޅުވެފައި ވެ އެވެ.

އިންފްރާންސްޓްރަކްޗާ މިނިސްޓްރީން އިއްޔެ ވަނީ އެވޯޑު ދޭނެ އުސޫލެއް އާންމު ކޮށްފަ އެވެ.

އެ އުސޫލުގައި ބުނާގޮތުން 10 ދާއިރާއަކަށް އެވޯޑު ދޭނެ އެވެ. އެއީ

  1. އިންޖިނިއާ އޮފް ދަ އިޔާ
  2. ލައިފްޓައިމް އެޗީވްމަންޓް އެވޯޑް
  3. ޔަންގް އިންޖިނިއާ އެވޯޑު
  4. އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިޔުކޭޝަން އެންޑް ރިސާޗް އެވޯޑުު
  5. ސަސްޓެއިނެބިލިޓީ ޗެމްޕިއަން އެވޯޑުު
  6. އިންޖިނިއަރިން ކޮންސަލްޓް/ ކޮންސަލްޓެންސީ ފާމް އޮފް ދަ އިޔާ އެވޯޑު
  7. ސްޓޫޑެންޓް އިނޮވޭޓާ އެވޯޑު
  8. ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
  9. ކޮންޓްރެކްޓާ އޮފް ދަ އިޔާ އެވޯޑު
  10. ވިމެން އިން އިންޖިނިއަރިން އެވޯޑު

އުސޫލުގައިވާ ގޮތުން އެވޯޑު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަށް ލިބޭ ހުށަހެޅުންތަކުގެ އަދަދަށާއި ފެންވަރަށް ބަލައި، އެ ދާއިރާތައް އުނިއިތުރު ގެނައުމުގެ ބާރު މިނިސްޓްރީ އަށް ލިބެ އެވެ.

ކޮންމެ ދާއިރާއަކުން ވެސް ނަން ހުށަހެޅޭނެ ގޮތްތަކާއި ޝަރުތުތައް އުސޫލުގައި ބަޔާންކޮށްފައި ވެ އެވެ.