ރާއްޖޭގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްގީގެ ބޮޑު އެއް މަޝްރޫއު، ސިނަމާލެ ބްރިޖް: މި މަަސައްކަތާ ގުޅުވައި ރާއްޖޭގައި އަލަށް އިންޖިނޭރުންނަށް ހާއްސަ ދުވަހެއް ރައީސް ވަނީ ކަނޑައަޅުއްވާފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
15 ޖޫން 2025 - 15:20
ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް 30 ވަނަ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
މި އަހަރުން ފެށިގެން ރާއްޖޭގައި އިންޖިނޭރުންނަށް ހާއްސަ ދުވަހެއް ފާހަގަކުރަން މި ނިންމެވީ އަލަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރައްވަން ރައީސް ނިންމެވީ، މި ގައުމުގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު، ސިނަމާލެ ބުރިޖް ހުޅުވި ދުވަހާ ދިމާކޮށެވެ.
އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން، އެންމެ އެކަށީގެންވާ ދުވަހަކީ އެ ދުވަސް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅާލައި ދަތުރު ފަސޭހަކޮށްދިން ބްރިޖުގެ މަސައްކަތް ޗައިނާގެ ސީސީސީސީ އިން ކުރިއިރު، އެ މަސައްކަތުގައި ހައުސިން މިނިސްޓްރީން އިސް ދައުރެއް އަދާކުރީ ދިވެހި އިންޖިނޭރުން ހިމެނޭ ޓީމަކުންނެވެ. ބްރިޖްގެ މަސައްކަތް ފެށިގެން ނިމެންދެން، އެ މަސައްކަތުގައި ރާއްޖޭގެ އިންޖިނޭރުންގެ ދައުރު ބޮޑެވެ.
ރާއްޖޭގައި އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަން ނިންމާފައި ވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީންނެވެ.
އިންޖިނިއަރުންގެ ތެރޭގައި ހަތް ބައެއް ހިމެނެ އެވެ. އެއީ:
- މެކޭނިކަލް
- އިންޑަސްޓްރިއަލް
- އިލެކްޓްރިކަލް
- ކޮމްޕިއުޓާ
- ސިވިލް
- ކެމިކަލް
- ބަޔޮމެޑިކަލް
- އެރޯސްޕޭސް
އުމްރާނީ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރާ، އިންޖިނޭރުން ހިމެނޭ، އެސޯސިއޭޝަން އޮފް ސިވިލް އިންޖިނިއާސް މޯލްޑިވްސްގެ ނަމުގައި ޖަމިއްޔާއެއް ރާއްޖޭގައި ވަނީ އުފައްދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޑަން
16 June 2025
މަސްލަހަތު ފުށުއަރާނީ މިހާކަންހާވަރަށް. އިންޖިނިއަރު އަމިއްލަޔަށް ތިމަންނަގެ ދުވަސް ފާހަނގަކުރަން ނިންމުން. ބުރިޖްގެ ހުރިހާ އިންޖިނިއަރިންގ ހެދީ ތިމަންނަ ކަމަށް ހެދެން އުޅުން. މިހިރީ ހުސް ތާރީޚް އޮޅުވާލުމުގެ ބޭނުމުގަ ހިންގާ ޖަރީމާ. އާނ މިއުޚެނީ ރާއްޖޭގަ އިންޖިނިއަރުން ގިނަވެގެން ގޮސް މަގުމަތީގަ ފައިނޭޅިގެން ވިއްޔާ. މިއަށްވުރެ މާރަނގަޚެއްނު ގައުމީ ސިވިލްސާވަންޓުންގެ ދުވަހެއް ފާހަނގަކުރިއްޔާ.
ނިހާލް ސަލީމް
16 June 2025
އިންޖިނިއަރުންނަކީ ވަރަށް ބޮޑު ޒިންމާ އެއް އޮތް ބަޔެއް. ގެޔެއް ޑިޒައިން ކުރާ ގޮތަކުން ބޮޑު ގެއްލުމެއްވެސް ވެދާނެ. ބުނަން މިއުޅެނީ ބޮޑު މަސައްކަތެކޭ ކުރަނީ. އެމީހުންގެ އަގުވަޒަން ކުރަން ޖެހެޔޭ.
ހަސަން ނިހާމް
16 June 2025
ބަރާބަރު ނިންމުމެއް. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ފާހަގަކުރާ ދުވަހެއް.
ޙަޑަ
16 June 2025
ގައުމުގެ ޚަޒާނާއިން ސިޔާސީ މީހުން ވައްކަންތައް އިންތިހާޔަށް ކުރަމުންދާއިރު، ވައްކަންކުރާ ދުވަހެއް ހަދާބަލަ. މާރަގަޅުވާނެ
ވަގުންނޭ
16 June 2025
މީ ވަރަށް ރަނގަޅު ކަމެކޭ އެކަމަކު ރައްޖެއަށް ޕީއެޗްޑީ ނުވަތަ ހަގީގީ އިންޖިނިއަރިންގް ހަދައިގެން އައި އެކަކުވެސް އިންޓަރނޭޝަނަލް ޖަރނަލް އެއްގައި އެއްވެސް ދިރާސަަ އެއް ޝާއިއުކޮށް ފައި ނެތޭ އެގިގެންދަނީ މުޅިންވެސް ސްޓޭޓަސް އެއްގެ ބޭނުމުގައި ކިޔަވާފައި ތިބި މީހުންކަމަށޭ ސޯލަރ އެނަރޖީ ނަމުގައި ވެސް ބޮޑެތި ވ ގުޅިގެން ވެސް ޕީއެޗްޑީ އިންޖިނިއަރުން ކުރަނީ ބޮޑެތި ވ ތަކޭ ސޮސައިޓީ ބެނެފިޓް އަށް ވ ކޮށްދޭ ކަމެއް ނެތޭ ވ
ބަބޫ
15 June 2025
މެކޭނިކަލް، ސިވިލް، ކެމިކަލް، އިލެކްޓްރިކަލް، އެންވަޔަރަމެންޓަލް، އެއުރޯސްޕޭސް، ބަޔޯމެޑިކަލް، ކޮމްޕިއުޓާރ، އެގްރިކަލްޗަރަލް، އިންޑަސްޓްރިއަލް، އޮޓޯމޯޓިވް، މެރިން، މެޓީރިއަލް، ރޮބޮޓިކްސް، އިލެކްޓްރޯނިކް، އާކިޓެކްޗަރަލް، ޖޮއޮލޮޖިކަލް، ބަޔޯކެމިކަލް، ނިއުކްލިޔާ، ސޮފްޓްވެއާ އިންޖިނިއަރުން، މީ ހައްތާވެސް އިންޖިނިއަރުން.
ސުނާރު
15 June 2025
އިންޖިނޭރުންގެ ދުވަހަކަށް ހަދަންވީ ހިޔާފުލެޓު ތަކުގައި އިތުރު ލިފްޓު ހަރުކުރަން ނިންމި ދުވަސް.
މަދިރިދުންދަނޑި
15 June 2025
ތިޔަ ނިމޭއިރު ސޯސަލް އިންޖިނޭރުން އެއީ ވަކީލުން، ޕޮލިޓިކަލް އިންޖިނޭރުން އެއީ މިއުޅޭ މާލޭ އެކި އާއިލާތައް ފަހަތުން ނެއްޓެން ނޭނގިގެން އުޅޭ ސިޔާސީ މީހުން، އެންޓަޓެއިންމެންޓް އިންޖިނޭރުން އެއީ ފިލްމުކުޅޭ މީހުނާ ނަށާމީހުން.
ދަގަތްފާނު
15 June 2025
އިންޖިނޭރުންނަކީ ކޮބާތޯ ބަލައިފިބާ. އެބައުޅޭ ނުކިޔަވާތިބެ ހެދޭނެހެދޭ ނޭނގޭ މީހުންވެސް އިންޖިނޭރުންނޭ ކިޔައިގެން. އިންޖިނޭރުކަން ނުކިޔަވާ، ދެތިން ބޮންދުންލައިގެން ގަރާޖުގަނޑެއް ހިންގާމީހާވެސް ވަނީ ބޮޑު އިންޖިނޭރަކަށްތަ.
ކޮސް
15 June 2025
އިންޖިނިއަރު އަމިއްލައަށް މިދުވަސް ފާހަަގަ ކުރަން ފަށަނީތާ! މިއީދެން މައްސަލައެއްނޫން... މަވެސް ތިޔަދުވަހު އިންޖިނިއަރިން ކަމެއްކުރެވޭތޯ ބަލާނަން.