28 ޖެނުއަރީ

January 28, 2019 2
އިންތިޚާބު އޮބްޒާވް ކުރަން ކޮމަންވެލްތުން ހުށަހަޅައިފި

އަންނަ އޭޕްރީލް މަހު ރާއްޖޭގައި އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އޮބްޒާވް ކުރުމަށް ކޮމަންވެލްތުން ހުށަހަޅައިފި އެވެ.

20 ޑިސެމްބަރ

December 20, 2018 8
އަލުން ގުޅޭތީ ކޮމަންވެލްތުގެ މަރުހަބާ ރާއްޖެއަށް

ކޮމަންވެލްތުގެ މެމްބަރަކަށް ވުމަށް ރާއްޖެއިން އަލުން ހުށަހެޅި ހުށަހެޅުމަށް ކޮމަންވެލްތުން އިއްޔެ މަރުހަބާ ކިޔައިފި އެވެ.

07 ޑިސެމްބަރ

December 07, 2018 15
ކޮމަންވެލްތުގައި ބައިވެރިވާން ރަސްމީކޮށް ހުށައަޅައިފި

ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވާން ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާތީ އެ ޖަމާއަތުގެ މެމްބަރަކަށް އަލުން ހަދައިދޭން އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުށަހަޅުއްވައިފި އެވެ.

05 ޑިސެމްބަރ

December 05, 2018 14
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްކޮށްފި

އިދިކޮޅު ޕީޕީއެމްގެ ވޯޓާ އެކު، ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ތާއީދުކޮށްފި އެވެ.

04 ޑިސެމްބަރ

December 04, 2018 19
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވާން ކޮމިޓީން ފާސްކޮށްފި

އިދިކޮޅު ޕީޕީއެމްގެ ވޯޓާއެކު، ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމި ނިންމުމަށް ގައުމީ ސަލާމަތުގެ ކޮމިޓީން ތާއީދުކޮށްފި އެވެ.

03 ޑިސެމްބަރ

December 03, 2018 2
ކޮމަންވެލްތުގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީ އަށް

ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމި ނިންމުން އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

19 ނޮވެމްބަރ

November 19, 2018 40
ކޮމަންވެލްތުގައި އަލުން ބައިވެރިވާން ނިންމައިފި

ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ކެބިނެޓުން ދެންމެ ނިންމައިފި އެވެ.

17 ނޮވެމްބަރ

November 17, 2018 17
ކޮމަންވެލްތަށް ވަނުމަށް ހަފުތާއެއްގެ ތެރޭގައި ހުށަހަޅަނީ

ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖެ އަލުން ވުމަށް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ހުށަހަޅަން ނިންމައިފި އެވެ.

11 އޯގަސްޓް

August 11, 2018 31
ގަތަރާއި އީރާނާއި ކޮމަންވެލްތާއެކު ގުޅުން ގާއިމުކުރާނަން

ގަތަރާއި އީރާނު އަދި ކޮމަންވެލްތާއެކު ދިވެހި ސަރުކާރުން ކަނޑާލާފައިވާ ގުޅުން، އަލުން ގާއިމު ކުރައްވާނެ ކަމަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

22 މެއި

May 22, 2018 2
ކޮމަންވެލްތުގައި ބައިވެރިވުމަށް ޒިމްބާބުވޭ އިން ހުށަހަޅައިފި

ހަރާރޭ (މެއި 22) - ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ޒިމްބާބުވޭ އިން އިއްޔެ ހުށަހަޅައިފި އެވެ.

21 އެޕްރީލް

April 21, 2018 4
ރާނީއަށް ފަހު ކޮމަންވެލްތުގެ އިސްވެރިއަކަށް ވާނީ ޗާލްސް

ލަންޑަން (އެޕްރީލް 21) - އިނގިރޭސި ރާނީ އަށް ފަހު ކޮމަންވެލްތުގެ އެންމެ އިސްވެރިއަކަށް ދެން ހަމަޖެހިގެން ދާނީ އިނގިރޭސި ވަލީ އަހުދު ޕްރިންސް ޗާލްސް ކަމަށް ކޮމަންވެލްތުގެ ލީޑަރުން ނިންމައިފި އެވެ.

19 އެޕްރީލް

April 19, 2018
ކޮމަންވެލްތުގެ އިސްވެރިއަކަށް ރާނީ ބޭނުން ވަނީ ޗާލްސް

ލަންޑަން (އެޕްރީލް 19) - ކޮމަންވެލްތުގެ އިސްވެރިއަކަށް ދަރިކަލުން ޕްރިންސް ޗާލްސް އައްޔަންކޮށްދެއްވުމަށް ގައުމުތަކުގެ ލީޑަރުންގެ ކިބައިން އިނގިރޭސި ރާނީ އެދިވަޑައިގެންފި އެވެ.

17 އެޕްރީލް

April 17, 2018 1
އަހަރުތަކަކަށް ފަހު ޒިމްބާބުވޭ ކޮމަންވެލްތަށް

ލަންޑަން (އެޕްރީލް 17) - ލަންޑަންގައި މި ހަފުތާގައި ފަށާ ކޮމަންވެލްތު ސަމިޓުގައި ޒިމްބާވުވޭގެ ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

09 ފެބުރުއަރީ

February 09, 2018 2
ގެމްބިއާގެ ވެރިކަން ބަދަލުވުމުން ކޮމަންވެލްތާ އަލުން ގުޅިއްޖެ

ބަންޖުލް (ފެބްރުއަރީ 9) - ދެހާސް ތޭރަ ވަނަ އަހަރު ކޮމަންވެލްތުން ވަކިވި ގެމްބިއާ އަލުން އެ ޖަމާއަތާ ގުޅިއްޖެ އެވެ.

15 ޖޫން

June 15, 2017 30
ގަތަރާ ގުޅުން ކަނޑާލަންޖެހޭ ސަބަބެއް ނެތް: މައުމޫން

ގަތަރާ އެކު ރާއްޖެ އިން ބާއްވަމުން އައި ޑިޕްލޮމެޓިކް ގުޅުން ކަނޑާލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ރާއްޖެ އަށް ގެއްލުންވާ ކަމެއް އެ ގައުމުން ނުކުރާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

15 ފެބުރުއަރީ

February 15, 2017 7
ގެމްބިއާ އަލުން ކޮމަންވެލްތާ ގުޅެނީ

ބަންޖުލް (ފެބްރުއަރީ 15) - ގެމްބިއާގެ ކުރީގެ ރައީސް ޔަހުޔާ ޖަމޭގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވި ނަމަވެސް، 52 ގައުމު ހިމެނޭ ޖަމާއަތާ ވަރަށް އަވަހަށް ގުޅޭނެ ކަމަށް އާ ރައީސް އަދަމާ ބަރޯ ވިދާޅުވެއްޖެ އެވެ.

28 ޑިސެމްބަރ

December 28, 2016 7
2016ގެ ބޮޑު ފަހެއް

އަހަރު ނިމިގެން މި ދިޔައީ ވަރަށް ބޮޑެތި ކަންތައްތަކެއް ހިނގުމަށް ފަހު އެވެ. ސިޔާސީ މަސްރަހާއި، ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ބައެއް ހައްގުތައް އުނިވުމުގެ އިތުރުން އިޖުތިމާއީ ދާއިރާގެ ބައެއް ކަންކަމުގައި ވެސް ބޮޑެތި ސުރުޚީތަކެއް ވަނީ ފެނިފަ އެވެ.

07 ޑިސެމްބަރ

December 07, 2016 15
ކޮމަންވެލްތުން ވަކިވުމުން ރާއްޖެ ހިތާމަކުރާނެ ސަބަބުތައް

މިނިވަންކަމާއި އިންސާފުވެރިކަން، ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރަމުންދާ ކޮމަންވެލްތުގެ ޖަމާއަތުން ދިވެހިރާއްޖެ ވަކިވުމަށް އެ ގައުމުގެ ސަރުކާރުން ވޭތުވެދިޔަ އޮކްޓޫބަރު...

December 07, 2016 29
ރާއްޖެ ކޮމަންވެލްތުގައި ނެތުމަކީ ފަޅުކަމެއް: ޑޯރިސް

ރާއްޖެ ކޮމަންވެލްތުން ވަކިވުމަކީ ބޮޑު ހިތާމައެއް ކަމަށާއި ކޮމަންވެލްތުގައި ރާއްޖެ ނެތް ކަމުގެ ފަޅުކަން އެ ޖަމާއަތުގެ ހުރިހާ ގައުމަކަށް ވެސް އިހުސާސް ކުރެވޭ ކަމަށް...

11 ނޮވެމްބަރ

November 11, 2016 18
"ގައުމު ބިނާކުރުމަކީ ރައީސްގެ އެކަނި ޒިންމާއެއް ނޫން"

ޖުމްހޫރީ ވެރިކަމެއްގައި، ދިވެހި ގައުމު ބިނާކުރުމަކީ ހަމައެކަނި ރައީސްގެ ޒިންމާއެއް ނޫން ކަމަށާއި ހިޔާލު ތަފާތުވުންތައް ސިކުނޑިން ބޭރުކޮށް، ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ދިކޮޅު ފަރާތްތަކުން ވެސް ވިސްނުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ގޮވާލައްވައިފި އެވެ.

09 ނޮވެމްބަރ

November 09, 2016 58
ނަޝީދުގެ ޚިޔާލު: އެއާޕޯޓެއް ނުހެދޭނެ، ބޮޑުވީ ދަރަނި

ދިވެހި ސަރުކާރާއި ބޭރުގެ ކުންފުންޏަކާ ކުރި އެންމެ ބޮޑު އެގްރީމަންޓަކީ ޖީއެމްއާރާއި ސަރުކާރާ އެކު ވީ އެގްރީމަންޓެވެ. ހުޅުލޭ އެއާޕޯޓް ތަރައްގީ ކުރުމަށެވެ. އަޅުގަނޑުގެ ކުރީގެ ނައިބް ރައީސް، ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި، ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އުސޫލްތަކާ ހިލާފަށް އެ އެއްބަސްވުން ރުޅާލީ އެވެ. މިއަދު މިވަނީ އެ...