ރޯދަ މަހުގެ ފަހު 10 ގައި އައިޑީ ކާޑު ދޫކުރާނީ ތިން ދުވަހު ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ބުނެފި އެވެ.
ޑީއެންއާރުން ވަނީ މި އަހަރުގެ ރޯދަ މަހު އެ ޑިޕާޓްމަންޓުން ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކޮށްފަ އެވެ. ފަހު ދިހައިގައި އައިޑީ ކާޑު ދޫކުރާން ނިންމާފައި ވަނީ އޭޕްރީލް 1، 3 އަދި 8 ވަނަ ދުވަހު އެކަންޏެވެ.
ޑީއެންއާރުން ބުނީ ކިއުބީން ނަމްބަރު ނަގައިގެން ކާޑު ދޫކުރުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ހެނދުނު 9:15 އިން 11:30 އަށް ކަމަށެވެ. ކިއުބީން ދޫކުރާނީ 150 ނަމްބަރު ކަމަށް ވެސް ޑީއެންއާރުން ބުންޏެވެ.
މިގޮތަށް ހަމަޖެއްސީ، މި އަހަރުގެ ރޯދަ މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ އެވެ.
ފަހު 10 ގައި ތިން ދުވަހު ކާޑުދޫކުރި ނަމަވެސް އިމަޖެންސީ ހާލަތްތަކުގައި އެ ޑިޕާޓްމަންޓުގެ ނަމްބަރު 7280368 އަށް ގުޅުމުން ހިދުމަތް ލިބޭނެ ކަމަށް ޑީއެންއާރުން ބުންޏެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވަނީ އަންނަ މަހުގެ 11 އެވެ.