ގަލްފް ސަރަހައްދުގައި އޮތް ހަނގުރާމައިގެ ނުތަނަވަސްކާ ހެދި ކުޅިވަރުގެ ވިޔަފާރިއަށް ބިލިއަން ޑޮލަރުން ހަރަދު ކުރި އެ ސަރަހައްދުގެ ގައުމުތަކުން އެ އިންވެސްޓްމެންޓްތައް އަލުން ކުރުމާ މެދު މުރާޖާކުރަމުންދާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަލްޖަޒީރާއިން ބުނީ އެ ސަރަހައްދުގެ ހަނގުރާމައާ ހެދި ދުނިޔޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ލޮޅުންތަކުގެ އަސަރުތަކާ އެކު ކުޅިވަރަށް ހަރަދު ކުރުމަކީ ދެމެހެއްޓެނިވި ކަމެއް ނޫންކަމަށް ގައުމުތަކުން ވިސްނަމުންދާ ކަމަށެވެ. 

މިދިޔަ ފަސް އަހަރުތެރޭ ގަލްފްގެ ގައުމުތަކުން ވަނީ ކުޅިވަރު ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފަ އެވެ. ސައުދީ އަރަބިއާ، ގަތަރު އަދި ޔޫއޭއީ ފަދަ ގައުމުތަކުން ވަނީ ފުޓްބޯޅަ، ގޮލްފް އަދި ފޯމިއުލާ ވަން ފަދަ ކުޅިވަރުތަކަށް ބިލިއަނުން ޑޮލަރު އޮއްސާލާފަ އެވެ.

ނަމަވެސް އެ ސަރަހައްދުގެ ހަމަނުޖެހުންތަކާއި ބައިނަލްއަގުވާމީ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން، ކުޅިވަރު މާކެޓް ފުޅާވަމުންދާ ދިއުމަށް މަޑުޖެހުމެއް އަތުވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ކުޅިވަރު މެދުވެރިކޮށް ގައުމުގެ އަގު ހިފެހެއްޓުމަށް ކުރާ މަސައްކަތް ނުވަތަ "ސޮފްޓް ޕަވާ" ބޭނުންކުރުމަށް މިކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވާނެ އެވެ.

އަލްޖަޒީރާގެ "ގޭމް ތިއަރީ" ޕްރޮގްރާމްގައި ސަމަންތާ ޖޯންސަން ބުނިގޮތުގައި، ސަރަހައްދުގައި މިހާރު އޮތް ހާލަތުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ކުޑަވެ، ކުޅިވަރުގެ ވިޔަފާރި މޮޑެލްތަކަށް އަލުން ވިސްނަން ވަނީ މަޖުބޫރުވެފަ އެވެ.

ހާއްސަކޮށް ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ކުރާ އަސަރާއި، ބައިނަލްއަގުވާމީ މުޖުތަމައުން ގައުމުތަކާ މެދު ދެކޭގޮތް ބަދަލުވުމަކީ ކުޅިވަރުގެ ކުރިމަގަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ސިފަ ކުރި އެވެ.