ޑައިރެކްޓަރު ޝަޝަންކް ކައިތާން އާއި ޓައިގާ ޝްރޮފް.
14 ޖޫން 2022 - 07:04
ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފަށް، މަޝްހޫރުވަމުން އަންނަ ޑައިރެކްޓަރު ޝަޝަންކް ކައިތަންގެ ފިލްމެއް ލިބިއްޖެ އެވެ.
އެންމެ ފަހުން، "ހީރޯޕަންތީ 2" އިން ފެނުނު ޓައިގާގެ އެ ފިލްމަށް މާބޮޑު ތަރުހީީބެއް ބޮކްސް އޮފީހުގައި ނުލިބުނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ނާކާމިޔާބީ އަށް ފަހު ރޮމޭންޓިކް އެކްޝަން ފިލްމެއްގެ މަސައްކަތް ކުރުމަށް ޓައިގާ އަންނަނީ ތައްޔާރުވަމުންނެެވެ. އެއީ ޝަޝަންކާއި ޓައިގާ ގުޅިގެން ފިލްމެއްގެ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
ޝަޝަންކް ވަނީ "ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިޔާ" އާއި "ދަޅަކް" އަދި "ބަޑްރިނަތު ކީ ދުލްހަނިޔާ" ކަހަލަ ފިލްމުތައް ޑައިރެކްޓްކޮށްފަ އެވެ.
ޓައިގާ ޝްރޮފް.
ރިޕޯޓްތައް ބުނާ ގޮތުގައި ޓައިގާގެ ފިލްމުގެ މަސައްކަތް ފަށަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ޓައިގާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި އަކްޝޭ ކުމާރާ އެކު އޭނާ މަސައްކަތްކުރާ "ބަޅޭ މިޔަން ޗޯޓޭ މިޔަން" އާއި "އެޓޭކް"ގެ ޑައިރެކްޓަރު ލަކްޝްޔާ ރާޖްގެ ފިލްމެއް އެބަ އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy