އަދްނާން ސާމީ.
20 ޖުލައި 2022 - 08:05
މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާން ސާމީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ހުރިހާ ފޮޓޯއެއް ޑިލީޓްކޮށްލައިފި އެވެ.
އޭނާގެ ވާހަކަ މި ފަހުން ދެއްކެވެން ފެށީ އޭނާގެ ހަށިގަނޑަށް ގެނައި ރީތި ބަދަލުންނެވެ. ވަރަށް ފަލަކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުރި އަދުނާން ސާމީ ކުއްލި ގޮތަކަށް ހަށިގަނޑު ރީތިކޮށްލި ފޮޓޯތަކެއް އާންމުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ، އޭނާގެ އިންސްޓަގްރާމުގައި ހުރި ހުރިހާ ފޮޓޯއެއް ޑިލީޓްކޮށްލުމުން ސަޕޯޓަރުން ތިބީ ކަންބޮޑުވެފަ އެެވެ.
ހުރިހާ ފޮޓޯއެއް ޑިލީޓްކޮށްލުމަށް ފަހު، އޭނާ ޕޯސްޓްކުރީ "އަލްވިދާ" ޖަހާފައިވާ ޕޯސްޓެކެވެ. އެއީ "ގުޑް ބާއީ" އެވެ. އެއާއެކު ސަޕޯޓަރުން އަންނަނީ އަދުނާން ސާމީ މުޅިން ސޯޝަލް މީޑިއާ ދޫކޮށްލީތޯ ސުވާލު އުފައްދަމުންނެެވެ. އަދި އޭނާ އަށް ވީ ގޮތަކާ މެދު ފިކުރު ބޮޑުވެގެން އެ ޕޯސްޓަށް ގިނަ ބަޔަކު ކޮމެންޓްކުރި އެވެ.
ބައެއް މީހުން ވަނީ އާ ފެށުމެއް އިއުލާންކޮށް، އާ ލަވައެއް ނެރެން އުޅެނީތޯ ސުވާލު އުފައްދައިފަ އެވެ.
ޕާކިސްތާނަށް އުފަން އަދުނާން ސާމީ އަކީ މިހާރު އިންޑިއާގައި މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާ މަޝްހޫރުވީ 2000 ވަނަ އަހަރުގައި ނެރުނު "ލިފްޓް ކަރްދޭ" ލަވައިންނެވެ. އަދުނާން ސާމީ ވަނީ 2016 ވަނަ އަހަރު އިންޑިއާ އަށް އެެއްކޮށް ބަދަލުވެފަ އެވެ. 2000 ވަނަ އަހަރު އޭނާގެ ބަރުދަނުގައި 230 ކިލޯ ހުރި ކަމަށް ވެ އެވެ.
އެކަމަކު މި ފަހުން ގިނަ ބައެއްގެ ސަމާލުކަން ލިބުނީ އޭނާ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކުން ވަރަށް ބޮޑަށް ހިއްކާލާފައި ހުރި މަންޒަރު ފެނުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބައިކ
22 July 2022
ކޮބާ ލަވަ އަލީ އަށް ވީގޮތް ވީތަ.
ލަވައަލީ
21 July 2022
މިތާ އުޅުނު ވ.މޮޅު ލަވަކިއުންތެރިއެއްވެސް ލަވަކިއުން ހުއްޓާލީ ވިއްސާރަ ދުވަސްކޮޅެއްގަ ސްޓޭޖަށްއަރާ ހުއްޓާ ގުގުރިއެއްޖެހި ހިސާބުން "ޖޮއާން އޮފް އާރކް" އަށް ވީގޮތް ވެގެން ހީ އެއްގެ މައްޗައް. ގުގުރި ޖެހުމާ ގަސްތައް ހެދި ބޮޑުވުމަކީ ޤުދުރަތުގެ ޤާނޫނު އެއީ މީހަކު ލަވަކިޔާތީ ވާކަމެއްނޫން.
ދަބަރޭ
20 July 2022
ލަވައަލީއަށް ފެނުންކަހަލަ ރަންވަޅެއް ފެނުނީތޯ
ަގަން
20 July 2022
ﷲ ތިބާއަށް އިސްލާމްދީނުގެ މަޢުލޫމާތު ދެއްވައި އަމިއްލަ އުނި ކަންކަމާދޭތެރޭ ވިސްނައި ހެޔޮމަގަށް ރުޖޫޢަވުމުގެ ވިސްނުން މިންވަރު ކުރައްވާށި...
ކުޑަކަތީބު
20 July 2022
ލަވަ އަލީއަށް ވީގޮތް އެހެރީ ފެންނަން އަބަދުވެސް ފިތުނަ ފަސާދައިގެ ވާހަކަ ފެތުރުމުގަ، ޔާމީނު ވެރިކަމުގަ ވަހީދު ވެރިކަމުގަ އުޅުނީ މަސްމިރުސް ވިއްކަން
ބުރޯތަ
21 July 2022
ދަބަރު ފިލުވާލަން ޑަބްލިޔުޑީ ޖަހައިގެން ނަމަވެސް ހެޔޮ ނުބައި ވަކިވާވަރުގެ ތެއްކަމެއް ސިކުނޑިއައް ހޯދުން ބުއްދިވެރި.
މޮހިތު
20 July 2022
އަދުނާނު ސާމީ އަށްވެސް ހެޔޮމަގު ދެއްކެވީ ކަމައް ވާނީ..! ދުވަސް ކޮޅަކުން ވާނީ ޝޭހަކަށް!
ނިމާން
20 July 2022
އަސްލު ވީގޮތަކީ ރާއްޖޭގަ ނަގާފަހުރި ފޮޓޯތައް އޭނާހުރީ މެނިޕިއުލޭޓްކޮށްފައި. ޢެޕް އެއް ބޭނުންކޮށްގެން ހިއްކާ ރީތިކޮށްފައި. ރާޢްޖެއިން އެނބުރި ގޮސް އިންޑިއާގެ އެއާޕޯޓަށް ފޭބިތަަނުން ޕަޕަރާޒީން ނެގި ބައެއް ފޮޓޯތަކުގައި ހުރީ މާ ފަލަކޮށް. އެހެންވެ ލަދުގަތީކަމަށް ވާނީ. ޢެކަމަކު ޢެއީ އަލްވަދާޢު ކިޔަންވީ ކަމެއް ނޫން. ޟި ދުނިޔޭގަ ދޮގު ނުހަދާ އޮޅުވާނުލާ މީހަކު އުޅޭތަ؟ އަދުނާނުބއަދި އެކުރީ މާ ބޮޑުކަމެއް ނޫންވިއްޔަ!
ހސިމަހު
20 July 2022
އަޅުގަނޑު މީ މިފަހަރު އަދުނަނު ސާމީ ރާއްޖޭގައި އުޅުނު ރިސޯޓު ބޯއީ އެއް. އަދުނަނު ސާމީ އަސްލު ވަރަށް ހިކި. ޙަށިގަޑު ވަރަށް ރީތީ ކޮށްލާފަ ހުރީ. އަދުނަނު ސާމީގެ ދެމަފިރިންނާއި އަދުނަނު ސާމީގެ އަންހެން ދަރިފުޅުު އުޅުނީ.
މހހިސު
21 July 2022
ކަލޭ އަދުނާނު ސާމީއާ އެއް އެނދެއްގަ ނިދިޔަސް އޭނަގެ ފޮޓޯތައް ފިލްޓަރ ނުކޮށްހުރި ކަމަކަށް ނުވާނެ