މުނިފޫހިފިލުވުން / ނޫ ރާއްޖެ

ރާއްޖޭގެ ނޫ އިގްތިސާދުގެ ސަގާފަތް ޑޮކިއުމެންޓްރީއަކުން

ރާއްޖޭގެ ނޫ އިގްތިސާދީ ސަގާފަތް ދައްކުވައިދޭ ކުރު ޑޮކިއުމެންޓްރީ ފިލްމެއް "ނޫ ރާއްޖެ" އިން ނެރެފި އެވެ.

"އަހަރެމެންގެ ކަނޑުފަޅު: ނޫ އިގްތިސާދުގެ އަސާސް" ގެ ނަންދީފައިވާ އެ ފިލްމުގައި މަސްވެރިކަމާއި ޓޫރިޒަމާއި ކަނޑުފަޅު ހިމާޔަތްކުރުމާއި އިއާދަކުރަނިވި ހަކަތަ އާއި އީޖާދީ އަދި ދެމެހެއްޓެނިވި ކަނޑުފަޅުގެ މުސްތަގުބަލެއް ބިނާކުރުމަށް މަސައްކަތްކުރާ އެކި ފަރާތްތައް ހިމެނެ އެވެ.

ނޫ އިގްތިސާދު ނުވަތަ "ބްލޫ އިކޮނޮމީ" އަކީ ކަނޑުފަޅުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށްގެން، އިގްތިސާދީ ކުރިއެރުމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި ވަޒީފާތަކާއި ކަނޑުގެ މާހައުލީ ނިޒާމު ހަރުދަނާކުރުމެވެ. އޭގެތެރޭގައި ހިމެނެނީ، މަސްވެރިކަމާއި ޓޫރިޒަމާއި ކަނޑު ދަތުރުފަތުރާއި ކުނި މެނޭޖްކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި އެކަންކަމަށް ހޭނުން ފަދަ ދާއިރާތަކެވެ.

ނޫ އިގްތިސާދަކީ ކިހާ މުހިންމު އެއްޗެކަން ދައްކުވައިދޭ މި ފިލްމުގައި މަސްވެރިކަމާއި ޓޫރިޒަމް ސިނާއަތްތައް ކަނޑުފަޅުތަކާ ގުޅޭ މިންވަރު ދައްކައިދެ އެވެ. އަދި ދެމެހެއްޓެނިވި ތަރައްގީ އާއި ރާއްޖޭގައި ބޭނުންކުރެވޭނެ އީޖާދީ އާ ޓެކްނޮލޮޖީތަކާ ބެހޭ ކަންކަން ވެސް މީގައި ފެންނާނެ ކަމަށް "ނޫ ރާއްޖެ" އިން ބުންޏެވެ.

އެފަދަ ޓެކްނޮލޮޖީތަކާއި ދިވެހި ސަގާފީ ގޮތްތައް ގުޅުވާލައިގެން ދުނިޔޭގެ އެންމެ ފުރަތަމަ "ސްމާޓް އޯޝަން ސްޓޭޓް" އަށް ވުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށް ވެސް ބުންޏެވެ.

މި ފިލްމުގައި ފެންނާނީ ދެމެހެއްޓެނިވި ޓޫރިޒަމާއި މަސްވެރިކަމަށް ލިބޭ ކުރިއެރުމާއި ކަނޑުފަޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ދިވެހި އިގްތިސާދުތަކާއި މުޖުތުމައުތަކާއި މާހައުލުތަކަށް ފައިދާހުރި ވަސީލަތެއްގެ ގޮތުގައި ބޭނުންކޮށް ނޫ އިގްތިސާދެއް ބިނާކުރުމަށް ކުރާ މަސައްކަތެވެ.

"އަޅުގަނޑުމެންގެ ނޫ އިގްތިސާދު ތަރައްގީ ކުރުމުގައި ވިލުންވެރި އަދި ދުޅަހެޔޮ ކަނޑުފަޅުތަކެއް ބިނާ ކުރުމަކީ ވަރަށް މުހިންމު ކަމެއް." ނޫ ރާއްޖެ ސައިޓު މެނޭޖަރު ފާތިމަތު ނިސްތަރަން ވިދާޅުވި އެވެ.

އޭނާ ބުނި ގޮތުގައި، ދިވެހި ދިރިއުޅުމުގެ ކޮންމެ ކަމެއް ވެސް ކޮންމެވެސް ސިފައެއްގައި ގުޅިފައިވަނީ ކަނޑުފަޅުތަކާ އެވެ. އެހެންވެ، އެތަން ތަނުގެ ހާލަތު ގޯސްވެއްޖެ ނަމަ ދިވެހިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެންގެ މުސްތަގުބަލުގެ ތަނަވަސްކަން ގުޅިފައިވަނީ ކަނޑުފަޅުތަކުގެ ދުޅަހެޔޮ ކަމާ،" ނިސްތަރަން ވިދާޅުވި އެވެ.

ނޫ އިގްތިސާދަކީ ރާއްޖެއަށް އާ ކަމެއް ނޫން ކަމަށާއި އެއީ މިހާރު ވެސް ދިވެހިންގެ ތެރޭގައި މިހާރު ވެސް އެކަން އެބަ އޮތް ކަމަށް ފިލްމުގައި ނޫ ރާއްޖޭގެ އެންގޭޖްމަންޓް އޮފިސަރެއް ކަމަށްވާ އަހްމަދު އަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއް. އަޅުގަނޑުމެންގެ ޑައިވަރުން ދަނީ ފަރުތަކުން އާމްދަނީ ހޯދަމުން. ނޫ އިގްތިސޯދަކީ އަޅުގަނޑުމެންގެ ސަގާފަތުގައި މިހާރު ވެސް ހިމެނޭ ކަމެއް." އަމީޒް ވިދާޅުވި އެވެ.

"ނޫ ރާއްޖެ" އިން އުފެއްދި މި ފިލްމު ފުރަތަމަ ފަހަރަށް ދައްކާލައިފާ ވަނީ އައްޑު ސިޓީގައި މިދިޔަ ހަފްތާ ބޭއްވި "ކޮރަލް ފެސްޓިވަލް 2023" ގަ އެވެ. ކުރިމަގުގައި، ރާއްޖޭގެ މީޑިއާތަކުން ވެސް މި ފިލްމު ފެންނާނެ ކަމަށާއި، މިހާރު ވެސް ނޫރާއްޖޭގެ ސޯޝަލް މީޑިއާ ޗެެނެލްތަކުގެ އިތުރުން ވެބްސައިޓުން ވެސް ބެލޭނެ ކަމަށް "ނޫ ރާއްޖެ" އިން ބުންޏެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454