މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ދެ ޖަޖުންނާ އެކު ކިޑީ.
23 ފެބުރުއަރީ 2017 - 06:09
މޯލްޑިވިއަން އައިޑޮލްގައި މަރިޔަމް އުނޫޝާގެ ތަފާތަކީ ޝޯގެ ހަމައެކަނި އަންހެން ޖަޖަށް ވުން އެކަންޏެއް ނޫނެވެ. ޕަފޯމެންސްތަކަށް ކޮމެންޓްކުރުމުގައި އަދި ބައިވެރިންނާ ވާހަކަދެއްކުމުގައި ވެސް އުނޫޝާގެ ރާގާއި ބަހުރުވަ ހުންނަނީ ފިރިހެން ޖަޖުންނާ ތަފާތު ގޮތަކަށެވެ. އޭގެ އިތުރުން އުނޫޝާ ދައްކާ އެންމެ ބޮޑު ތަފާތަކީ އޭނާގެ ސްޓައިލެވެ.
އައިޑޮލްގެ ފުރަތަމަ ސީޒަނަށް ފަހު ދެވަނަ ސީޒަނުގައި ވެސް، ދެ އެޕިސޯޑެއްގައި އެއްގޮތަކަށް އުނޫޝާ ފެނިފައެއް ނުވެ އެވެ. ޚާއްސަކޮށް އިސްތަށިގަނޑުގެ ސްޓައިލުން އާދަޔާޚިލާފު ބޮޑެތި ބަދަލުތަކެއް އަބަދުވެސް ފެނެ އެވެ.
ކިޑީ ނުވަތަ ކިޑީ ދައްތަގެ ގޮތުގައި މަޝްހޫރު ލަވަކިޔުންތެރިޔާއަކީ އިސްތަށިގަނޑު ސްޓައިލްކުރުމުގައި ކިތަންމެ ބޮޑު ރިސްކެއް ވެސް ނަގާފާނެ ޒުވާނެކެވެ. އެއް ދުވަސްވަރެއްގައި އިސްތަށިގަނޑުގައި އެއްކޮށް ފެހި ކުލަ ޖައްސައިގެން އުޅުނު ތަން ވެސް ފެނުނެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ނިންމައިލި މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކަށް ކަޅިއެއް ހިންގައިލަމާ ހިނގާށެވެ؛ އޭނާގެ އިސްތަށިނޑު ކުރެވެ. ބުޅި އެވެ. އޮތީ ރަތް ކުލަ ޖައްސައިފަ އެވެ. އެ ފަހަރު ވެސް ކިޑީގެ އިސްތަށިގަނޑަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އަނެއްކޮޅުން، ސްޓައިލް ކުރަމުން ގެންދިޔަ ގޮތް ވެސް ވަަރަށް ތަފާތެވެ.
މިދިޔަ އަހަރުގެ ޝޯގެ އެޕިސޯޑެއްގައި ބޮލުގެ މައްޗަށް ހުޅިއެއް ޖަހައި، އެއްބައި ނިތްކުރި މައްޗަށް ވައްޓާލައިފައި އޮތް ގޮތުން ބައެއް މީހުން ވަނީ ކިޑީގެ ބޯ މަތީގައި ބޯވައެއް އޮތް ކަމަށް ސިފަކޮށްފަ އެވެ. ސޯޝަލް މީޑިއާގައި އެ ފަހަރު އެ ސްޓައިލަށް ހަޖޫ ޖަހައި، ކިޑީގެ ބޯ މަތީގައި ބޯވައެއް ބާއްވައިގެން ފޮޓޯ ވެސް ހެދި އެވެ.
މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކެއްގެ ދެ ޖަޖުންނާ އެކު ކިޑީ.
ދެވަނަ ސީޒަންގައި ވެސް ކިޑީ ފެންނަނީ ތަފާތު ހެއާ ސްޓައިލްތަކާ އެކުގަ އެވެ. އޮޑިޝަންތައް ދެއްކި އިރު އިސްތަށިގަނޑު ކުރެވެ. ހުރީ ހައިލައިޓްކޮށްފަ އެވެ. ބައެއް ފަހަރު ބުޅި އެވެ. ބައެއް ފަހަރު ފަނެވެ. ކުލަ ވެސް ދިޔައި ތަފާތުވަމުންނެވެ. ތިއޭޓަ ރައުންޑާ ހަމައަށް އައި އިރު، އިސްތަށިގަނޑު ދިގެވެ. ބުޅި އެވެ. ބޮޑު ބައި އޮތީ ބްލޮންޑްކޮށެވެ. އެންމެ ފަހުން ދެއްކި ޕިއާނޯ ރައުންޑްގެ ފުރަތަމަ ބުރު ނިންމައިލި އިރު، އަނެއްކާވެސް އިސްތަށިގަނޑު ތަންކޮޅެއް ކުރުހެން ހީވެ އެވެ. މި ފަހަރު އޮތީ އަނެއްކާވެސް ފަންކޮށެވެ.
މޯލްޑިވިއަން އައިޑޮލްގެ ތިއޭޓަ ރައުންޑްގައި ކިޑީގެ ހެއާ ސްޓައިލް ހުރި ގޮތް.
އިސްތަށިގަނޑަށް ކިޑީ ގެންނަ އަވަސް ބަދަލުތަކަކީ މޯލްޑިވިއަން އައިޑޮލް އިން އޭނާ ދެކިލަން ބޭނުންވާ މީހުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓޭ އެއް ކަންތަކެވެ. އެހެންވެ ކިޑީގެ ސްޓައިލް ބައެއް މީހުންނަށް ކަމުދާ އިރު، ކަމުނުދާ މީހުން ވެސް ތިބެ ދާނެ އެވެ.
މިދިޔަ ހަފުތާގެ ދެ އެޕިސޯޑްގައި ވެސް އޭނާގެ ހެއާ ސްޓައިލް ތަފާތެވެ. ހުކުރު ދުވަހުގެ ރޭގެ އެޕިސޯޑްގައި ފެނުނީ މެދުން ފަޅައި، ބަނޑި ލައްވައިފައި އޮތް އިސްތަށިގަނޑެކެވެ. އެލިމިނޭޝަން ޝޯގައި ފެނުނީ ހަމަ މެދުން ފަޅައިފައި ހުއްޓަ އެވެ. އެކަމަކު އޮތީ ވަރަށް ޗާލުކޮށް އޮތް ފަން އިސްތަށިގަނޑެއް ފުރަގަހަށް އެކީ ވައްޓާލައިފަ އެވެ.
އެންމެ ފަހުން މި ފެނުނު ސްޓައިލަކީ ކިޑީއާ ވަރަށް ގުޅޭ އަދި މިހާތަނަށް ފެނުނު ސްޓައިލްތަކަށް ބަލާ އިރު ވަރަށް ފާހަގަކުރެވޭ ސްޓައިލެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އެ ސްޓައިލް ސިމްޕަލް ވެފައި، ކްލަސީ ކަމަށް ދައްކަ އެވެ.
ދެވަނަ ސީޒަނުން ފުރަތަމަ ވަކިވި ދެ ބައިވެރިންނާ އެކު ތިން ޖަޖުން ނެގި ފޮޓޮއެއްގައި އުނޫޝާ (ކ)
މި ހަފުތާބަންދުގައި ކިޑީ ފެންނާނީ ކިހިނެއް ކަމެއް ނޭނގެ އެވެ. އަނެއްކާވެސް ބޮޑު ތަފާތެއް ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތިނަޒަރު
23 February 2017
ތިޔަ ހުރިހާ ކަމަކަށްވުރެ އަހަަންނަށް ފާހަގަވަނީ ކިޑީގެ ވާހަކަ ދެއްކުން. ވާހަކަ ދައްކަނީ އިނގިރޭސިންކަމެއް ނޫނީ ދިވެހިބަހުންކަމެއް ގިނަ ފަހަރަކަށް ނޭނގެ.. އަޅެފަހެ އެއޮށްވަރަށް ކިޔަވައިގެން ހުރި މަންޖެއަށް އޭނާ އެ ވާހަކަދައްކަނީ ދިވެހިންނާކަންވެސް އޮޅިފައިވާ ކަހަލަ... އަނެއްކާ މިފަހަރު އޮޑިޝަނުގައި ބައިވެރި ދިވެހި ދަރިއަކުވެސް ޖަޖުން ގާތުން އެދުނު ދިވެހި ބަހުން ވާހަކަ ދެއްކުމަށް. އެކަމަކު ވީކަމެއް ހަރާމް.. ތަށަށްކިޔަނީ މަރިޔަބުހޭވެސް މަރިޔަމް އުނޫޝާއަކަށް ނޭނގުނު ކަހަލަ... ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގެންޏާ ހަމައެކަނި އިނގުރޭސި ބަހުން ފަތިވަރު އަމުނާލީމަ ނިމުނީނު.. ކޮންމެހެން ދުވެއްސަކަށްވީތީ ފަޚުރުވެރިވަމޭ ކިޔާކަށް ހުރިހާ ބަހެއް މަސްހުނިކޮށްގެން ވާހަކަ ދައްކާނެކަމެއް ނެތެއްނު...
ގޮހޮޑާ
26 February 2017
މަސްހުނިވީމަތަ މައްސަލައަކީ؟ ދެބަހުން އެއްބަހުން ދޯ ކީމާ އެ ކުރެވެނީ ބަހަކަށް މަލާމާތެއް ނޫންތަ؟ އެހެންނޫނަސް އެއީ ދިވެހިޝޯ އެއްތަ؟ ކިޔަނީ "މޯލްޑިވިޔަން އައިޑަލް" ލިޔެފާ އިންނަނީ "Maldivian Idol" އިންސާފު ކުރަނީ "ޖަޖުން" މިހެންގޮސް ލިސްޓް ދިގުކުރެވިދާނެ މައްސަލަ ނުޖައްސާ ބަލާލާ. ކަމުނުދަންޏާ ޓީވީ ނިވާލާ ނޫނީ އެހެންކަމަކައިގެން އުޅުނީމާ ނިމުނީ.
ޓަޓާ
23 February 2017
މަށަކީ ކުރިން ލަދުގަންނަ މީހެއްނުން. އެކަމަކު މިހާރު މޯލްޑިވައަން އައިޑަލް ބަލާތީ ލަދުގަންނަން ދަސްވެއްޖެ. ޝުކުރިއްޔާ އުނޫޝާ، އިއްބެ، އައްފާން.
ޢޮކްވާޑް
23 February 2017
މޯލްޑިވިއަން އައިޑަލްއަށް ޝޯ ބާއްވާތަން ހާދަ ކުޑައޭ ހީވަނި ކުޑަ ބަދިގެއެއްހެން. އަދި އޯޑިއެންސެއް ނެތީމާ ވަރަށް ޑަލް.
އިބިރާ
23 February 2017
އެއްވެސް މަޖަލެއް ރީޗެއް ވެސް ނޫން
ވިސްނާލީމާ
23 February 2017
ކޮންމެރެޔަކު އުނޫޝާ ވަރަށް ތަފާތު! ބޭނުންވަނީވެސް އެފަދަގޮތެއް! ތީ މަޖާކުރުމާ އުފާކޮށްލުމުގެ މަހެފިލެއް! ކޮންމެމީހަކު ސީރިޔަސްވެފާ ހުރީމާ ކަމަކުނުދާނެ! އަދި ކޮންމެރެޔަކު އެއްފާޑު ހެދުންލައިގެން ތިބޭކަށްވެސް ބޭނުމެއްނުވޭ! ބޭނުންވަނީ ފޫހިކަމެއްނެތި ޝޯބަލާލަން! މިހާރުވެސް ކަމުދޭ! އަދިވެސް އިތުރުފުރިހަމަކަން އަންނާނޭކަމުގާ ޔަގީންކުރަން! އަދި އުނޫޝާގެ ވާހަކަދެއްކުން ބަޔަކަށް ހުތުތަސް އަހަރެންނަށް ވަރަށް ވަރަށް ކަމުދޭ! -އިބްރާހީމް-
އަތްޗި ތަކުރު
23 February 2017
ހަގީގަތުގައި ވެސް ބަލަން ލަދުގަންވަރުވޭ! ވާކަދައްކަނީ ދިވެހި ބަހަކުން ނޫން އިނގިރޭސި ބަހަކުން ވެސް ނޫން. ހިތަށްއަރާ މިއީ އާއިލާ މެއްބަރުނާއި ރައްޓެހިން ވެސް އުޅޭ ބައެއް ނޫންބާއޭ. ގައިމު އެހެން ނަމަ އެވާހަކަ އެމީހުން ކައިރީގައި ބުނާނެ!
ކަބީދު
23 February 2017
މޯލްޑިވައަން އައިޑަލްގެ ޕްރެޒެންޓަރުން ނާ ޖަޖުން ވާހަކަ ދާއްކާއިރު ބަލަން ވަރަށް ލަދުގަނޭ. އަދި މަޖަލަކަށް އެއްޗެއް ބުނާއިރުވެސް އެއްވެސް މާޖާކަމެއް ނުހުރޭ. ގަދަކަމުން މަޖާ ކުރަން އުޅޭތަން ފެންނަނީ. ނޯ ހިއުމާ އެޓް އޯލ!.
އިޒްވީނާ
23 February 2017
މޯލްޑިވިއަން އައިޑަލްގައި ތިބެނީ ރާއްޖެއިން ބޭރުން ގެނެއްސަ ތިބޭ މީހުންތަ. ނޫނީ ކުޑައިރުއްސުރެ ދިވެހިން ވާހަކަދައްކަން ނޭނގޭ ކުދިންތަ.
ބޮޑުފޭން އުނޫގެ
23 February 2017
އަސްލުވެސް ހެއަރ ސްޓައިލް އެންޑް މޭކަޕް އޮބިނެސް ޓު ދަ މެކްސް. އައިލައިކް ު ޔުއަރ ހެއަރ ސްޓައިލް އެން މޭކަޕް. ބަޓް އައި ވޮންޑަރ ވައި އުނޫ ރީތި ހެދުން ނުލަނީ. އަިއިމިން އުނޫ ލާ ހެދުންތައް އުނޫ އަކާ ނުގުޅޭ. ކުރިން ރެޔަކުވެސް ހުރީ ފިރިހެނުން ލާ ކަހަލަ ޖުއްބާއެއް ލާގެން. ވަރަށް ބޭނުން އުނޫ ރީތި ހެދުމެއް ލާގެން ހުއްޓާ ދެކެން. އަހަރެން ދީފާނަން ބައިވަރު ހެދުން. އަޅެ ޕްލީޒް އުނޫ.