25 ޖެނުއަރީ 2025 - 10:31
ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އަންހެން ފިލްމީ ތަރި ނިއުމާ މުހައްމަދު "ހާލުގައި ޖެހިގެން" ދިރިއުޅުން ބަދަލުކުރީ ފ. ނިލަންދު އަށް ކަން އެނގިއްޖެ އެވެ.
ފިލްމީ ދާއިރާގައި ތިރީހަކަށް އަހަރު މަސައްކަތް ކުރުމަށް ފަހު، ރިޓަޔާ ކޮށްފައިވާ ނިއުމާ އޭނާގެ ފޭސްބުކްގައި މީގެ ދުވަސްކޮޅެއް ކުރިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ހަޔާތުގައި ދިމާވި އެންމެ ނިކަމެތި ދުވަސްތައް ތަހައްމަލުކުރުމަށް ފަހު، މުޅި ދިރިއުޅުން ބިނާކޮށްފައި އޮތް މާލެ ދޫކޮށް ދާންޖެހުނީ ކަމަށެވެ.
ނަމަވެސް، އޭނާ ދިރިއުޅުން ބަދަލުކުރީ ކޮން ތަނަކަށް ކަމެއް ބުނެފައެއް ނުވެ އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ނިއުމާ އޭނާގެ އަންހެން ދަރިފުޅާ އެކު ދިރިއުޅުން ބަދަލުކުރީ ނިލަންދޫ އަށެވެ.
ނިއުމާ ވަނީ އޭނާ މާލެ ދޫކޮށް ހިނގައްޖެ ކަމަށް ބުނާ ހަބަރު ޝެއާކޮށް "މަ ހާލުގައި ޖެހިގެން ބަދަލުވީ މާލޭން ހުޅުމާލެއަށް. އޯކޭ" އޭ ބުނެ ޕޯސްޓެއް ކޮށްފަ އެވެ.
ނިލަންދު އަށް ބަދަލުވީ ނިއުމާގެ ކޮއްކޮ އެ ރަށުގައި އުޅޭތީ އެވެ. އަދި ނިލަންދޫގައި ހުންނަ ފ. އަތޮޅު ތައުލީމީ މަރުކަޒަށް ނިއުމާގެ ދަރިފުޅު މިހާރު ވައްދާފައިވާ ކަން ވެސް އެނގިފައިވެ އެވެ.
މި ވަގުތު ނިއުމާ ނިލަންދޫގައި ނެތް ކަމަށް ވެ އެވެ.
"ވަރަށް ފަހުން މި ރަށުގައި އުޅެފައި ނިއުމާ އެ ދިޔައީ. ވަރަށް އަވަހަށް އަދި އަންނާނެ،" ނިލަންދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ނިއުމާ ބުނީ އޭނާ ހާލުގައި ޖެހުނު ދުވަހު އަތުގައި ހިފައި، މަގު ދައްކައިދިނީ އޭނާގެ ކޮއްކޮގެ ދެމަފިރިންނާއި އާއިލާގެ މަދު ބައެއް ކަމަށެވެ. އަދި ހާލު ބަލައި، އެހީގެ އަތެއް ދިއްކޮށްލީ ވެސް މަދު ރައްޓެއްސަކު ކަމަށް ލިޔެފައިވެ އެވެ.
ކުރިން ތިން ކައިވެންޏެއް ކޮށްފައިވާ ނިއުމާ އެ ދަރިފުޅު ބަލަނީ އެކަނިމާއެކަނި، މާބޮޑު އެހީތެރިކަމެއް ނުލިބިކަން އޭނާގެ ސޯޝަލް މީޑިއާގެ ޕޯސްޓްތަކުން ދޭހަވެ އެވެ.
"މުޅިން އާ ތާކަށް ދިރިއުޅުން ބަދަލުކޮށްލީ ހަމައެކަނި މަގޭ ފުރާނަ ފަދަ ލޯބިވާ ދަރިފުޅަށްޓަކަ އެވެ،" އެއީ ކޮން ތަނެއްކަން ހާމަނުކޮށް ނިއުމާ ބުންޏެވެ.
ނިއުމާ ކުޅެފައިވާ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ފަތިސް ހަނދުވަރު" އާއި "ގިނި ހިލަ" "ކަލާޔާނުލާ" ހިމެނެ އެވެ. "ދަރިންނަށްޓަކައި" އާއި "ޔޫސުފް" ފަދަ މަޝްހޫރު އެތައް ފިލްމެއް އޭނާ ކުޅުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއިހާނަތް
26 January 2025
މާލޭގެ ބިންވެރިން މަތީ ހަނދާން ވަނީ. މާލޭގައި ގޯތި ހުއްޓާ ފުލެޓާ ގޯއްޗާ ސޯލިހު އެމީހުންނާ އެމީހުންތަކުގެ މުޅި އައުލާދަށް ބަހާލި ގޮތް. މާލޭގައި ކުއްޔަށް ގަނަތެޅޭ ރާއްޖެތެރެ މީހުންނާ މެދު ސޯލިހު ވީ އިހާނާތް.
ނަންނެތް ރައްޔިތު
26 January 2025
މައްސަލަ އަކީ ގުރޭޑް 10 ގައި ހުރި ދަރިއަކު ސްކޫލުން ވަކިކޮށް މުޅިން އެހެން ތާކަށް ދިރިއުޅުން ބަދަލުކުރަން ޖެހުން. މުޅި ހަޔާތް މާލޭގައި ހޭދަ ކޮށް ކމާލޭގެ ބިންވެރިންނަށް ކުލި ދައްކާ އެކަނި ވެރިމަޔަކު ވަކި ހިސާބަކުން ހާލުގައި ޖެހުން އިރު ވަންނާނެ ގެދޮރު ނެތުން. މީގެ ފަހަތުގައި އޮތީ މާލޭ މީހުން ކޮންޓުރޯލު ކުރާ ސަރުކާރުތަކުން މާލޭ ބިންވެރިން އިތުރަށް ބިންވެރިކޮށް މާލޭގައި ގަނަ ތެޅެން ރާއްޖެތެރެ މީހުންނަށް މަޖުބޫރު ކުރި ސިޔާސަތު!
ކަތްދައްތަ
26 January 2025
ތާރީޚީ ނަޒަރަކުން ބަލާ ވިސްނާއިރު އެކަނިވެރިމަޔަކު ނިލަންދޫ ޚިޔާރު ކުރުމަކީ އަންތަރީސްވާންޖެހޭ ކަމެއް ނޫން.
ހަސަންބޭ.
26 January 2025
މާލެއަކީ ދިރިއުޅުން ބިނާ ކުރަންވީ ތަނެއް ނޫނެވެ. ނިޢުމާ އަށް ހެޔޮ ވިސްނުން ދެއްވާށި. މާލެ ގޮއްސަ ކިޔެވިދާނެ, ބޭސްފަރުވާއެއްވެސް ކުރެވިދާނެ. އެހެނަސް ދެން ރަނގަޅު އާމްދަނީ އެއް ލިބޭނޭގޮތް ރަށުގައި ހުރެގެން ހޯދައިގެން ރަށުގައި ދިރިއުޅުން އާރާސްތު ކުރާށެވެ. މާލެއަކީ މުޅި ހަޔާތް ނިމެންދެން އުޅެން ހެޔޮވާ ވަރުގެ ތަނެއް ނޫން.
ގުލްކަނދު
26 January 2025
ނިޢުމާގެ ދަރިފުޅު އަތަށް ނޯޓެއް ދީފައި ރައީސް އަތްޕުޅަށް އަރުވަނިކޮށް މައްސަލަ ހައްލު ވެދާނެ.
އަލީ އައްޑޫ
26 January 2025
ނިއުމާ އަކީ ކިހާވަރެއް މީހަކައްވެގެން މުޅި ގައުމު ނިއުމާ އާ އަޅާގަނެގެން މިއުޅެނީ ނިއުމާ ދާނެތަނެކައް ހިނގާދާނެ ނޫން ނިލަންދޫ އަށް ދިޔައަސް އައްޑޫ ދިއަޔަސް އަދި ހުޅުމާލެ ކީއް ފޮނުދޫ ދިއަޔަސް ބޭނުން ތަނަކައް ދިއުން އޮތީ ނިއުމާ ގެ އިޙުތިޔާރުގައި އޯކޭ ނޫން
ހަސްން
25 January 2025
އަލީ ރަމީޒު ބުނީ ރަނގަޅުވަަހަކައެކެވެ. ހާލުގަ ޖެހުނު ދުވަހު އެހީތެރިވާނެ ސަޕޯޓަރެއްވެސްނެތެވެ. މީ ދުނިޔޭގެ ހަޤީގަތް، މީހާގެ މަޝްހޫރުކަމާ ސަޕޯޓަރުންގެ ގިނަކަމަކީ ހަމަ ބިލާހެއް. ޝައިތޯނާ ދައްކާ ދަޅައް. ހަޔާތުގެ ބާކީ އޮތްބާ ރަނގަޅުގޮތުގައި އުޅެ ނިމިދިއުމުގެ ތައުފީގު އަހަރެމެން އެންމެންނަށް ދެއްވާންދޭވެ،
ރިއަލިޓީ!!!
26 January 2025
އަސްލު މައްސަލަ ގެޓުވެބަލަ. އަލީ ރަމީޒު މެން ކަހަލަ މާލެ މީހުން ކުލި ހޯދަން ރާއްޖެތެރޭ މީހުން މާލޭގައި އުޅުން މަޖުބޫރު ސިޔާސަތު ހަދާފަ އޮތީ… ދެން ފުލެޓެއް ނުލިބިއްޖާ ވަނީ ބިކަ!!!
އަލީރާޖާ
26 January 2025
ފިލްމު ނުކުޅޭ މީހުން ހާލުގައި ޖެހުނީމަ އެހީވާ އިތުރު ބަޔަކު ތިބޭތަ؟
ޙަސަން އަޙްމަދު
26 January 2025
ޢަލީ ރަމީޒުގެ މައްސަލައަކީ މީހަކު ހާލުގައި ޖެހުނު ދަނޑިވަޅު ސޯޝަލް މީޑިއާގައި އެގޮތަށް ދިމާކުރުން. ބުނާނީ ހެޔޮ ނަސޭހަތް ދިނީއޭ. ސޯޝަލް މީޑިއާގައި އެގޮތަށް ނަސޭހަތް ދެންޏާ ފުރަތަމަ ތިމާ ކޮއްކޮއަށާ ދައްތައަށް ނަސޭހަތް ދޭން ވީނުން. ދީނީ މި ކަހަލަ ނަސޭހަތް ދީބަލަ ރައްޔިތުންގެ މުދަލުން ވައްކަންކުރާ ވަގުންނަށް.
ރާއްޖެތެރެ މީހާގެ ހާލަތު
25 January 2025
މާލޭ ނަށާ ޕާޓީ ބޭޅުންގެ ކައްތައް މީ!! ހުޅުމާލެއިން ހައްގު ނޫން ގޮތުގައި މާލޭގެ ބިންވެރިންނަށް ގޯއްޗާ ފުލެޓާ ބެހީމަ އެމީހުން އަޑީގައި ތިބެ ގައުމުގެ ސިޔާސަތު ބައްޓަން ކުރަނީ ރާއްޖެތެރޭ މީހުން އަސާސީ މުހިންމު ބޭނުންތަކަށް މާލެއަށް އަންނަން ޖެހޭ ގޮތައް ކުލީގެ އަޅުންނަށް ވެގެން ދިރިއުޅެން. ރާއްޖެތެރޭ ގިނަ ކުލީގެ އަޅުންގެ ހަމަ ހާލު މީ!! ނިއުމާގެ ހާލަތު ނޫހަށް އެރުމަކީ މާލޭގައި ގަނަތެޅޭ ޜާއްޖެތެރޭ ކުލީ އަޅުންގެ ހާލަތުގެ މިންވަރެއް ހާމަވީ ކަމެއް!!!
ނަހަލާލު ކުލި
26 January 2025
100 ގެ ވާހަކައެއް. އެމެރިކާގެ އަޑީ ދައުލަތަކީ އިޒުރާލު ގޮތައް، ކޮންމެ ޕާޓީއެއް ރާއްޖޭގައި ވެރިކަން ކުރިއަސް ފަހަތުގައި ތިބެނީ މާލެ ނަށާ ޕާޓީގެ ބޭޅުން. އެބޭޅުން ނިކަން ކަންނެތް ވީމަ ގެދޮރު ރާއްޖެތެރޭ މީހުންނަށް ބޮޑު އަގުގަ ކުއްޔަށް ދީގެން އޭގެން ކައި ބޮއި އުޅޭނީ އާމުކޮށް
ރާއްޖެތެރޭގެ ކުލީގެ އަޅުންގެ އިހުސާސް
25 January 2025
މީ މިދައްކާ ވާހަކަ. މާލެ ބިން ވެރިން އިތުރަށް މުއްސަދިކޮށް ރާއްޖެތެރެ މީހުން ކުލީގެ އަޅުންނަށް ހަދަން އެންމެ ފަހުން ސޯލިހުވެސް ގޯތި ބަހާލީ މާލޭގައި ގެދޮރު ހުރި އާއިލާތަކަށް. ގިނަ އާއިލާތަކުގެ މަންމަ ބައްޕަ ހުރިހާ ދަރިންނަށް ދާން ދެން ބަންޑާރަ ގޯތި. ދެން އެމީހުން މާލޭގެ ގެދޮރުގައި އުޅެފަ ހުޅުމާލެ ބިން ކުއްޔަށް ދެނީ ނޫނި ހުޅުމާލޭގައި ގެދޮރު އަޅައިން ގޮސް މާލެ ގޮތި ރާއްޖެތެރެ މީހުންނަށް ކުއްޔަށް. ހާލުގައި ޖެހެނީ ރާއްޖެތެރެ މީހާ. މިފަހަރު ނިއުމާ!!
ހާލުގައި
25 January 2025
ހާލުގައި ޖެހުނީމާ އެހީތެރިވާން އެހެން ބައެއް ތިބެން ޖެހޭތަ؟ ފިލްމު ކުޅެދިނީ ހިލޭތަ؟ ފިލްމު ބަލާ މީހުން ސިނަމާ ތަކަށް ވެއްދީ ހިލޭތަ. ފައިސާއާއި މުއްސަނދިކަމާއި، މަޝްހޫރުކަމަކީ ކުރެވޭ އިމްތިހާނެއް.
ވެރިންގެ އިމުތިހާނު. ބަހުލޫލީ ވެރިކަން
25 January 2025
ބަލަ ފިލުމު ކުޅޭ މީހާވެސް ރިސޯޓުގައި އުޅޭ ރިސޯޓު ބޯއީ ވެސް ވަކި އުމުރަކަށް ދިޔައިމަ ރިޓަޔާ ވާނެ. މައްސަލައަކީ އެމީހުން ގައުމަށް ކޮއްދިން ހިދުމަތް އަގު ވަޒަން ކޮއް އެމީހުންނަށް ވެސް ތާހިރު ދިރިއުޅުމެއް އުޅެވޭނެ ނިޒާމެއް މިރާއްޖޭގައި ނެތީމަ. އަހަރުމެން ދައްކާ ޓެކުސް ތަޅާ ބުރުވަނީ ސިޔާސީ މީހުންނަށް ވަޒީފާދީގެން މުސާރަ ދޭން.
ކަލޭވެސް ހާލުގައި ޖެހިދާނެ. އަނގަ މައިތިރި ޕުލީޒް!!
25 January 2025
ކިތަންމެ ރަނގަޅު މީހަކުވެސް ދަތި ދުވަހެއް އަތުވެދާނެ!! ބޭފުޅާއަށް ވެސް. ތިމާ މާ މާތް މީހަކަށް ވާން ނުތެޅޭ!!!