ޑްވޭން ޖޯންސަން ނުވަތަ މަޝްހޫރު ނަމުން ނަމަ ރޮކް އަކީ ރެސްލިން ސްޓޭޖްގައި އެންމެ ވަރުގަދަ އެކެކެވެ. އެކަމަކު އެ ދާއިރާ އިން ރިޓަޔާވުމަށް ފަހު، ރޮކްގެ ހުރިހާ ފޯކަސްއެއް މި ވަގުތު އޮތީ ބޮޑު ސްކްރީނަށެވެ. ކެމެރާގެ ކުރިމަތީގަ އެވެ.

އެހެން ނަމަވެސް އެވަރުން އަދި އޭނާއަކަށް ނުފުދެ އެެވެ. ވައިޓް ހައުސް އަށް ވަނުމުގެ ޝައުގުވެރިކަން ރޮކްގެ ވަރަށް ބޮޑަށް އެބަ ހުއްޓެވެ. އޭނާ ބުނީ ކޮންމެވެސް ދުވަހަކުން އެމެރިކާގެ ރައީސްގެ މަގާމަށް އައުމަކީ ކުރެވޭ ހިޔާލެއް ކަމަށެވެ.

މީގެ ކުރިން ވެސް މަޝްހޫރޫ އެކްޓަރުން ސިޔާސީ ގޮތުން ނުފޫޒު ގަދަ މަގާމުތަކެއް ފުރާފައި އެބަ ހުއްޓެވެ. އެމެރިކާގެ 40 ވަނަ ރައީސް އަދި ކެލިފޯނިއާގެ 33 ވަނަ ގަވަރުނަރު ރޮނަލް ރޭގަންކީ ވެސް އެކްޓަރެކެވެ. މަޝްހޫރު އެކްޝަން އެކްޓަރު އާނޮލްޑް ޝްވެޒްނިގާ ވެސް ކެލިފޯނިއާގެ ގަވަރުނަރުކަން ކުރި އެވެ. އެހެންވެ ރޮކް ސިޔާސީ ދާއިރާ އަށް އައުމަށް ޝައުވެރިކަން އޮތުމަކީ ޖޯޖަކަށް ނުވާނެ އެވެ.

ރައީސްގެ މަގާމަށް އާދެވުމަކީ ސަޅި ކަމަކަށް ވާނެ ކަމަށް ކުރިން ޓީވީ ޝޯތައް ވެސް ކުޅެ، 2001 ގައި "ދަ މަމީ ރިޓާންސް" އިން ފިލްމް ކުޅެން ފެށި ރޮކް ބުންޏެވެ.

ރޮކް: ރެސްލިން ސްޓޭޖްގައި ވަރުގަދަ ފަހުލަވާނެއް.
ރޮކް: ރެސްލިން ސްޓޭޖްގައި ވަރުގަދަ ފަހުލަވާނެއް.

ރޮކް ބުނީ އެމެރިކާގެ ރައީސްގެ މަގާމަށް އަންނަން ބޭނުން ވަނީ ހުވަފެންތަކެއް ހުރެގެން ކަމަށެވެ. އޭނާ ބޭނުން ވަނީ އެމެރިކާ ވަރުގަދަ ގައުމަކަށް ހަދާށެވެ. ހަމަ އެ އާ އެކު އޭނާގެ ވެރިކަމެއްގައި ދުނިޔެއަކީ އެންމެން ވެސް އެދޭ ކަހަލަ "ޕޮޒިޓިވް" ތަނަކަށް ހަދަން ރޮކް ބޭނުންވެ އެވެ.

"އެންމެ ބޮޑު ހުވަފެނަކީ ދުނިޔެ އަށް ހެޔޮ ބަދަލުތަކެއް ގެނައުން،" ދެ ކުދިންގެ ބައްޕަ ބުންޏެވެ.

ރޮކް ބުނީ އޭނާއަކީ ގައުމާ ދޭތެރޭ އަބަދު ވެސް ފުންކޮށް ވިސްނާ މީހެއް ކަމަށެވެ. އެހެންވެ ބޭނުންވާ ކަހަލަ ހެޔޮ ބަދަލުތަކެއް އެމެރިކާގެ ރައްޔިތުންނަށް ގެނެސް ދެވޭނީ ރައީސްކަން ވެސް ކުރެވިގެން ކަމަށް ވިސްނޭ ކަމަށް ބުންޏެވެ.

"އަހަންނަކީ ގައުމާ ދޭތެރޭ ފުންކޮށް ވިސްނާ މީހެއް. ވަރަށް ބޮޑަށް ގަބޫލް ކުރެވޭ ކުރިމަތިލައިފި ނަމަ ހޮވޭނެ ކަމަށް،" ރޮކް، 44، ބުންޏެވެ.

ރޮކް: އާންމުންގެ މެދުގައި މަގުބޫލް ތަރިއެއް.
ރޮކް: އާންމުންގެ މެދުގައި މަގުބޫލް ތަރިއެއް.

ރޮކް ބުނީ އެމެރިކާ އަށް މި ވަގުތު ވަރަށް އިހުލާސްތެރި، ތެދުވެރި ސިޔާސީ ލީޑަރުން ވެސް ބޭނުންވާ ކަމަށެވެ.

އޭނާ ވަނީ އެމެރިކާގެ ރައީސްކަމަށް މިހާރު އަންހެނަކު ވާދަ ކުރާތީ އެއީ ވެސް ހެޔޮހިތުން ބަލައި ގަންނަން ޖެހޭ ކަމެއް ކަމަށް ބުނެފަ އެވެ. އަދި އެމެރިކާ ދުށް އެންމެ ކާމިޔާބު ރައީސުންފެ ތެރޭގައި ހިމެނޭ ބިލް ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަންއަކީ އިންތިހާބު ކާމިޔާބު ކުރެވިދާނެ ވަރުގެ ޝަހުސިއްޔަތެއް ކަމަށް ދެކޭ ކަމަށް ރޮކް ބުންޏެވެ.