މުނިފޫހިފިލުވުން / އޮސްކާ އެވޯޑްސް

އޮސްކާ 2018: "ޝޭޕް އޮފް ވޯޓާ" 13 ނޮމިނޭޝަނާ އެކު ރޭހުގެ ކުރީގައި

90 ވަނަ އޮސްކާ އެވޯޑްގެ ނޮމިނޭޝަންތައް އިއުލާން ކުރީ އަންގާރަ ދުވަހު.

އަންނަ މާޗް މަހު ބާއްވާ 90 ވަނަ އޮސްކާ އެވޯޑްގެ ނޮމިނޭޝަންތައް އަންގާރަ ދުވަހު އިއުލާން ކުރި އިރު "ޝޭޕް އޮފް ވޯޓާ" 13 ނޮމިނޭޝަނާ އެކު، ވަރުގަދަ އެހެން ފިލްމްތައް ފަހަތަށް ޖައްސާލައި، ކުރި ހޯދައިފި އެވެ.

އެ ފިލްމާ އެންމެ ގާތުން ވާދަ ކުރި ކްރިސްޓޯފާ ނޮލަންގެ "ޑަންކާކް" އަށް ޖުމްލަ އަށް ނޮމިނޭޝަން ލިބުނު އިރު، 75 ވަނަ ގޯލްޑެން ގްލޯބްސްގައި އެންމެ މޮޅު ފިލްމަކަށް ހޮވުނު "ތުރީ ބިލްބޯޑްސް އައުޓްސައިޑް އެބިން، މިސޯރީ" އަށް ލިބުނީ ހަތް ނޮމިނޭޝަނެވެ.

އާދަޔާހިލާފު މަހުލޫގަކާއި އިންސާނަކާ ދެމެދު ހިނގާ ގުޅުމެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ "ޝޭޕް އޮފް ވޯޓާ" އަށް ލިބުނު ނޮމިނޭޝަންތަކުގެ ތެރޭގައި އެންމެ މޮޅު ފިލްމް، އެންމެ މޮޅު ޑައިރެކްޓަރު (ގުލިމޯ ޑެލް ޓޯރޯ)، އެންމެ މޮޅު ބަތަލާ (ސެލީ ހޯކިންސް)، އެންމެ މޮޅު ސަޕޯޓިން ބަތަލު (ރިޗަޑް ޖެންކިންސް)، އެންމެ މޮޅު ސަޕޯޓިން ބަތަލާ (އޮކްޓޭވިއާ ސްޕެންސާ)، ބެސްޓް އޮރިިޖިނަލް ސްކްރީންޕްލޭ، އެންމެ މޮޅު ސިނަމޮޓޯގްރަފީ، އެންމެ މޮޅު ކޮސްޓިއުމް، އެންމެ މޮޅު އެޑިޓިން، އެންމެ މޮޅު އޮރިޖިނަލް ސްކޯ، ބެސްޓް ޕްރޮޑަކްޝަން ޑިޒައިން، އެންމެ މޮޅު ސައުންޑް އެޑިޓިން އަދި އެންމެ މޮޅު ސައުންޑް މިކްސިން ހިމެނެ އެވެ.

އޮސްކާ 2018 ގެ މުހިއްމު ނޮމިނޭޝަންތައް:

* އެންމެ މޮޅު ފިލްމް:

ޝޭޕް އޮފް ވޯޓާ، ތުރީ ބިލްބޯޑްސް، ކޯލް މީ ބައި ޔޯ ނޭމް، ޑަންކާކް، ގެޓްއައުޓް، ޕެންޓަމް ތުރެޑް، ދަ ޕޯސްޓް، ޑާކެސްޓް އަވާ

* އެންމެ މޮޅޔު ޑައިރެކްޓަރު:

ގުލިމޯ ޑެލް ޓޯރޯ (ޝޭޕް އޮފް ވޯޓާ)، ކްރިސްޓޯފާ ނޮލަން (ޑަންކާކް)، ޖޯޑަން ޕީލް (ގެޓްއައުޓް)، ގްރެޓާ ގާވިގް (ލޭޑީ ބާޑް)، ޕޯލް ތޯމަސް އެންޑަސަން (ޕެމްޓަމް ތުރެޑް)

* އެންމެ މޮޅު އެކްޓަރު:

ޓިމޮތީ ކެމަލޭ (ކޯލް މީ ބައި ޔޯ ނޭމް)، ޑެނިއަލް ޑޭ ލުވިސް (ޕެންޓަމް ތުރެޑް)، ޑެނިއަލް ކަލޫޔާ (ގެޓްއައުޓް)، ގެރީ އޯލްޑްމަން (ޑާކެސްޓް އަވާ)، ޑެންޒެލް ވޮޝިންޓަން (ރޯމަން ޖޭ. އިޒްރާއީލް، އެސްކްއާ)

* އެންމެ މޮޅު ބަތަލާ:

ސެލީ ހޯކިންސް (ޝޭޕް އޮފް ވޯޓާ)، ފްރާންސެސް މެކްޑޯމަންޑް (ތުރީ ބިލްބޯޑްސް)، މާގޯ ރޮބީ (އައި، ޓޯނިޔާ)، ސަޔޮސް ރޮނަން (ލޭޑީ ބާޑް)، މެރީލް ސްޓްރީޕް (ދަ ޕޯސްޓް)

* އެންމެ މޮޅު ސަޕޯޓިން ބަތަލު:

ވިލެމް ޑެފޯ (ދަ ފްލޮރިޑާ ޕްރޮޖެކްޓް)، ވުޑީ ހެރެލްސަން (ތުރީ ބިލްބޯޑްސް)، ރިޗަޑް ޖެންކިންސް (ޝޭޕް އޮފް ވޯޓާ)، ކްރިސްޓޯފާ ޕްލަމާ (އޯލް ދަ މަނީ އިން ދަ ވޯލްޑް)، ސޭމް ރޮކްވެލް (ތުރީ ބިލްބޯޑްސް)

* އެންމެ މޮޅު ސަޕޯޓިން ބަތަލާ:

މޭރީ ޖޭ. ބްލީޖް (މަޑްބައުންޑް)، އެލިސަން ޖެނީ (އައި، ޓޯނިޔާ)، ލެޒްލީ މެންވިލް (ފެންޓަމް ތުރެޑް)، ލޯރީ މެޓްކާލްފް (ލޭޑީ ބާޑް)، އޮކްޓޭވިއާ ސްޕެންސާ (ޝޭޕް އޮފް ވޯޓާ)

އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ:

ކޯލް މީ ބައި ޔޯ ނޭމް (ޖޭމްސް އައިވަރީ)، ދަ ޑިޒާސްޓާ އާޓިސްޓް (ސްކޮޓް ނިއުސްޓާ އަދި މައިކަލް އެޗް. ވެބާ)، ލޯގަން (ސްކޮޓް ފްރޭންކް، މައިކަލް ގްރީން އަދި ޖޭމްސް މަންގޯލްޑް)، އާރޮން ސޯކިން (މޮލީޒް ގޭމް)، މަޑްބައުންޑް (ޑީ ރީޒް އަދި ވާޖިލް ވިލިއަމްސް)

* އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ:

ޝޭޕް އޮފް ވޯޓާ (ގުލިމޯ ޑެލް ޓޯރޯ އަދި ވެނެސާ ޓޭލާ)، ދަ ބިފް ސިކް (އެމިލީ ވީ. ގޯޑަން އަދި ކުމައިލް ނަންޖިއާނީ)، ގެޓްއައުޓް (ޖޯޑަން ޕީލް)، ލޭޑީ ބާޑް (ގްރެޓާ ގާވިޖް)، ތުރީ ބިލްބޯޑްސް (މާޓިން މެކްޑޮނާ)

* އެންމެ މޮޅު އޮރިޖިނަލް ސްކޯ:

ޝޭޕް އޮފް ވޯޓާ (އެލެކްޒެންޑާ ޑެސްޕްލަޓް)، ފެންޓަމް ތުރެޑް (ޖޯނީ ގްރީންވުޑް)، ޑަންކާކް (ހޭންސް ޒިމާ)، ދަ ލާސްޓް ޖެޑާއީ (ޖޯން ވިލިއަމްސް) ތުރީ ބިލްބޯޑްސް (ކާޓާ ބާވެލް)

* އެންމެ މޮޅު އެނިމޭޓެޑް ފިލްމް:

ދަ ބޮސް ބޭބީ، ދަ ބްރެޑްވިނާ، ކޮކޯ، ފާޑިނަންޑް، ލަވް ވިންސެންޓް

އެންމެ މޮޅު ފޮރިން ލެންގްއޭޖް ފިލްމް:

އަ ފެސްޓާސްޓިކް ވުމަން (ޗިލީ)، ދަ އިންސަލްޓް (ލުބްނާން)، ލަވްލެސް (ރަޝިއާ)، އޮން ބޮޑީ އެންޑް ސޯލް (ހަންގޭރީ)، ދަ ސްކްއާ (ސްވެޑްން)

މި ފަހަރު ވެސް އޮސްކާ ހުށަހަޅައި ދޭނީ ޖިމީ ކިމެލް.

އަންނަ މާޗް މަހުގެ 4 ވަނަ ދުވަހު ލޮސް އެންޖަލިސްގެ ޑޮލްބީ ތިއޭޓަރުގައި ބާއްވާ އޮސްކާ އެވޯޑް ހަފުލާ މި އަހަރު ވެސް ހުށަހަޅައި ދޭނީ މިދިޔަ އަހަރުގެ އެވޯޑް ހުށަހަޅައި ދިން ޖިމީ ކިމެލް އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454