މިމޯ: އޭނާ އަށް ރޭޕްގެ ތުހުމަތުކޮށްފައި.
04 ޖުލައި 2018 - 07:02
އިންޑިއާގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީގެ ދަރިފުޅު އަދި ބައެއް ފިލްމްތައް ވެސް ކުޅެފައިވާ އެކްޓަރު މަހާއަކްޝޭ ޗަކްރަބަތީ (މިމޯ) އަށް ރޭޕްގެ ތުހުމަތުކޮށް، ނިއު ދިއްލީގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހަޅާފައި ވަނީ ހިންދީ އާއި ބޯޖްޕޫރީ ފިލްމްތައް ކުޅެފައިވާ ބަތަލާއެކެވެ. އެކަމަކު އޭނާގެ ނަމެއް މީޑިއާތަކުން ހާމައެއް ނުކުރެ އެވެ.
އޭނާއާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ މިމޯ މަކަރު ހަދައި، އޮޅުވާލައި އަދި ރޭޕް ކުރުމުގެ އިތުރަށް މިމޯގެ މަންމަ އަދި ކުރީގެ ބަތަލާ ޔޮގީތާ ބާލީގެ ފަރާތުން ވެސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ އަންހެން މީހާ ބުނާ ކަމަށެވެ. ބަލިވެ އިންދައި އަނިޔާކުރުމުން ދަރިފުޅު ވެސް ބައިގެން ގޮސްފައިވާ ކަމަށް ބުނެފައިވެ އެވެ.
އޭނާ ބުނެފައިވާ ގޮތުގައި މިމޯއާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ 2015 އިން ފެށިގެންނެވެ. އަދި ކައިވެނި ކުރާނެ ކަމަށް ވެސް މިމޯ ވައުދުވެފައިވާ ކަމަށް ބުންޏެވެ.
Delhi: Rohini Court orders registration of FIR against actor Mithun Chakraborty's wife Yogeeta Bali and son Mahaakshay on charges of rape, cheating and causing miscarriage without consent.
— ANI (@ANI) July 2, 2018
ނޫސް އެޖެންސީ އަނީގެ ޓްވީޓެއް.
މެމޯ އަށް ތުހުމަތުތަކެއްކޮށް، މައްސަލަ ޖައްސާފައި މި ވަނީ އަންނަ މަހު އޭނާ ކައިވެނި ކުރަން ތައްޔާރުވަމުން ދަނިކޮށް ކަމަށްވެ އެވެ.
މިކަމާ ބެހޭ ގޮތުން މިތުންގެ އާއިލާ އިން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އެކަމަކު ކޯޓުން މިހާރު ވަނީ ބަތަލާގެ މައްސަލައިގެ ބަޔާނެއް ފުލުހުންނަށް ވެސް ދޭން އަންގައި، ތަހުގީގު ކުރިއަށް ގެންދަން އަމުރުކޮށްފަ އެވެ.
މިމޯ 2008 ވަނަ އަހަރު ފިލްމް "ޖިމީ" އިން ބޮލީވުޑަށް ނުކުތް ނަމަވެސް ބައްޕަ މިތުން ބަލައިގަތް ގޮތަށް ބެލުންތެރިން އޭނާ ބަލައިގެންފައެއް ނުވެ އެވެ. އެހެންވެ އޭނާ އަކީ ކުރިއަށް ދާން ފުރުސަތެއް ވެސް ނުލިބުނު ފްލޮޕް އެކްޓަރެކެވެ.
މިމޯ ކުޅެފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި ހޯންޓެޑް (2011)، އެނެމީ (2013) އަދި އިޝްގްދަރިޔާ (2015) ހިމެނެ އެވެ.
މީގެ ދުވަސްތަކެއް ކުރިން، ބަރަހަނާ ފިލްމް ކުޅޭ ބޭރުގެ އަންހެނަކާ އެކު އޭނާ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް ވެސް މިމޯ އަށް އަމާޒުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅޭ
04 July 2018
ކަލޯ ކަލޭމެންގެ ހޮބީއެއްތަ ރޭޕްކުރުމަކީ