އޮސްކާ ހާސިލުކޮށްފައިވާ އަދި މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބަތަލާ އެމާ ސްޓޯން އަށް ހުށަހެޅި ފިލްމަކަށް އެމާ ވަޓްސަން ސޮއިކޮށްފި އެވެ.

އެމާ ވަޓްސަންއަކީ "ހެރީ ޕޮޓާ" ގެ ފިލްމްތަކުން މަޝްހޫރުކަން ބޮޑުވެ، ހޮލީވުޑްގައި މިހާރު ވިދަމުން އަންނަ އެންމެ ކާމިޔާބު ޒުވާން އެއް ބަތަލާ އެވެ. އޭނާ ސޮއިކުރި ފިލްމަކީ މިދިޔަ އަހަރު "ލޭޑީ ބާޑް" ގެނެސް ދިން ގްރެޓާ ގާވިގް ޑައިރެކްޓް ކުރާ "ލިޓްމް ވިމެން" އެވެ.

މި ފިލްމްގެ ޝޫޓިން އަންނަ މަހު ފަށަން ވަނީ ނިންމައިފަ އެވެ.

"ލިޓްލް ވިމެން" އެމާ ސްޓޯން އަށް ހުށަހެޅި ނަމަވެސް، އޭނާ އަށް ފިލްމް ދޫކޮށްލަން ޖެހުނީ ފޮކްސް ސާޗްލައިޓުން އަންނަ ނޮވެމްބަރު މަހުގެ 23 ގައި ރިލީޒް ކުރާ ފިލްމް "ދަ ފެވަރިޓް" ގެ ޕްރޮމޯޝަނަށް ވަގުތު ދޭން ޖެހޭތީ، "ލިޓްލް ވިމެން" އަށް ވަގުތު ދެވެން ނެތުމުންނެވެ.

"ލިޓްލް ވިމެން" އަކީ ހަމަ އެ ނަމުގައި 1868 ގައި ލުއިޒާ މޭ އެލްކޮޓް ލިޔެފައިވާ ވާހަކައަކަށް ބިނާކޮށާށް ހަދާ ފިލްމެކެވެ.

މެރީލް ސްޓްރީޕް: "ލިޓްލް ވިމެން" އިން ފެންނާނެ.
މެރީލް ސްޓްރީޕް: "ލިޓްލް ވިމެން" އިން ފެންނާނެ.

އާއިލީ ވާހަކައެއް ކިޔައިދޭ "ލިޓްލް ވިމެން" އަށް ބިނާކޮށް މީގެ ކުރިން ވެސް ގިނަ ފިލްމްތަކެއް ހަދާފައިވެ އެވެ.

އާ ފިލްމްގެ ކާސްޓުންގެ ތެރޭގައި ވަރުގަދަ ނަންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި މެރީލް ސްޓްރީޕް، ލައުރާ ޑާން، ސަޔޮސް ރޮނަން، ޓިމޮތީ ކެމެލޭ އަދި ފްލޮރެންސް ޕު ހިމެނެ އެވެ.

ސޮނީ ޕިކްޗާޒުން ގެނެސްދޭ "ލިޓްވް ވިމެން" މި ފަހަރު ސްކްރީނަށް ގެންނަ އިރު، ފިލްމް ޑައިރެކްޓް ކުރުމުގެ އިތުރުން ސްކްރީންޕްލޭ ވެސް ލިޔަނީ ގްރެޓާ އެވެ. އެކަމަކު ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.