މުނިފޫހިފިލުވުން / ބޮލީވުޑް

އަނޫ އަގަރްވާލް: މަރުން ސަލާމަތްވެ އެހެން ސިފައެއްގައި

"އާޝިގީ" ކުޅުނު އިރު އަނޫ އަގަރްވާލް އަކީ ވަރަށް ރީތި މައުސޫމް ސިފަތަކެއް ލިިިބިފައިވާ 19 އަހަރުގެ ޒުވާނެއް

ފިލްމު "އާޝިގީ" 1990 ގައި ރިލީޒްކުރުމާ އެކު ފިލްމުގެ ބަތަލާ އަނޫ އަގަރްވާލް ވަރަށް ބޮޑަށް މަޝްހޫރުވި އެވެ. ނަމަވެސް އަނޫގެ ތަރި އެރި ވަރަށް ވުރެ ބާރުމިނުގައި އޮއްސުނެވެ. އަދި މިދިޔަ 15 އަހަރު އަނޫގެ އެއްވެސް ޚަބަރެއް ނުވެ އެވެ. ނަމަވެސް އަނޫ އަނެއްކާވެސް އެނބުރި މުމްބާއީ އަށް ގޮސް އޭނާގެ ހަޔާތުގެ ވާހަކަ ފޮތެއްގެ ސިފައިގައި ވަނީ ނެރެފަ އެވެ.

"އަންޔޫޝުއަލް: މެމޮޔާ އޮފް އަ ގާލް ހޫ ކޭމް ބެކް ފްރޮމް ދަ ޑެޑް" ނަމަކަށް ދީފައިވާ މި ފޮތުގައި އަނޫގެ ފުރާނައަށް ނުރައްކާވި އެކްސިޑެންޓުގެ ވާހަކަ އާއި އެ ނޫނަސް އޭނާގެ ހަޔާތުގައި ދިމާވި ހުރިހާ ހާދިސާތަކެއް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ.

މި ނުރައްކާތެރި އެކްސިޑެންޓާ އަނޫ އަށް ދިމާވީ 1999 ވަނަ އަހަރު އެވެ. ހަގީގަތުގައި އޭރު ދިމާވި އެއްވެސް ކަމެއް އަނޫގެ ހަނދާނަކު ނެތެވެ. އޭނާގެ ސިކުނޑީގައި ހުރި އެ ހަނދާންތައް ވަނީ ޒާތަކަށް ބްލޮކްވެފަ އެވެ. ހަނދާން ހުރީ އެއް ދުވަހަކު ކާރުގައި މަގުމަތީގައި ދުއްވަމުން ދިޔަ ކަމާއި އެ ކާރު އެކްސިޑެންޓް ވީކަމެވެ. މި އެކްސިޑެންޓުގައި އަނޫގެ ހަށިގަނޑުގައި ބިންދައިގެން ނުދާ އެންމެ ކަށިގަނޑެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެވަރަށް އޭނާގެ ހަށިގަނޑު އޮތީ ފުނޑުފުނޑު ވެފަ އެވެ.

އަނޫގެ ބައޮގްރަފީ ނެރުމުގެ ހަފުލާގައި "އާޝިގީ"ގެ އެކްޓަރުނާއި ޑައިރެކްޓަރު މަހޭޝް ބަޓް އަދި ޕޫޖާ ބަޓް (ވ)

އަނޫ އަށް ހީވަނީ އެކްސިޑެންޓްވި ވަގުތު އޭނާއާ އެކު ކާރުގައި އެހެން މީހަކު އިން ކަމަށެވެ. ނަމަވެސް އެހެން މީހުން ބުނާ ގޮތުގައި ކާރުގައި އެ ދުވަހު އަނޫއާ އެކު އެހެން މީހަކު ނެތެވެ.

އެކްސިޑެންޓްގައި ސިކުނޑިއަށް ލިބުނު ބޮޑު އަނިޔާގެ ސަބަބުން 29 ދުވަސް ވަންދެން ކޯމާގައި އޮވެފައި ހޭ އެރިއިރު އެއްފަޅީގައި ވާތްގެއް ނެތެވެ. ވާގި ނެތުމަކީ ކޮބައިކަން ނުވެސް އެނގޭ މީހަކަށް އެކަހަލަ ކަމެއް ދިމާވުމުން ކުރިމަތިން މަރު ފެންނަން ހުރިކަމުގެ އިހްސާސްތައް ކުރެވުނު ކަމަށް އަނޫ ބުންޏެވެ.

"އާޝިގީ"ގެ ބަތަލު ރާހޫލް ރޯއީ އާއި އަނޫ ފޮޓޯއަކަށް ނަގަނީ

އަނޫ އެޑްމިޓްކޮށްފައި އޮތީ މުމްބާއީގެ އެންމެ މަޝްހޫރު ބްރީޗް ކެންޑީ ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލުން އަނޫ އަށް ފަރުވާދިން ޑޮކްޓަރުން ބުނާ ގޮތުގައި އަނޫ އޮތް ހާލަތުގައި އެ ހޮސްޕިޓަލަށް މިހާތަނަށް ގެނައި 10 މީހުންގެ ތެރެއިން ނުވަ މީހުންގެ ފުރާނަ ސަލާމަތް ކުރެވިފައެއް ނުވެ އެވެ.

އެފަދަ ހާލަތެއްގައި އަނޫ ތިން އަހަރު ހޭދަ ކުރި އެވެ. އޭގެ ފަހުން އޭނާ މަޑުމަޑުން ބްރީޗް ކެންޑީ ހޮސްޕިޓަލުގެ ތެރޭގައި "ކެޓް ވޯކް" ކުރަން ފެށި އެވެ. މޫނުގެ ވާގި ނެތި އެއް ފަރާތަށް އެލިފައިވާ ހާލުގަ އެވެ. އޭނާ ހިނގާތަން ފެނިފައި ޑޮކްޓަރުން ވެސް ހައިރާންވެފައި ބަލަން ތިބޭ ކަމަށް އަނޫ އޭނާގެ ބައޮގްރަފީގައި ލިޔެފައިވެ އެވެ.

"އަހަރެންގެ ފައިގައި ވާގިނެތި ހަރަކާތް ނުކުރެވޭ ހާލުގައި ވެސް އަހަރެން ހިނގާތަން ފެނުނީމަ ޑޮކްޓަރުން ވެސް ހައިރާންވޭ،" އަނޫ ލިޔެފައިވެ އެވެ.

އެކްސިޑެންޓަށް ފަހު ހޭ އެރިއިރު އަނޫއަށް ވާހަކަ ދައްކާކަށް ވެސް ނޭނގެ އެވެ. އަދި އިނގިރޭސި ބަހެއް ވެސް ނޭނގެ އެވެ. ފަހުން ދަސްކުރަން ފެށުމުން ހިންދީ އަށް ވުރެ އިނގިރޭސި މާ އަވަހަށް ދަސްވިކަން އަނޫ ފާހަގަކޮށްފައިވެ އެވެ.

އަނޫ އޭނާގެ ބައޮގޮރަފީ އަށް ބަލަހައްޓައިގެން

ދިރިއުޅުމުން އޭނާއަށް ލިބުނު ހުރިހާ އެއްޗެއް އޭރު އަނޫއަށް ވަނީ ގެއްލިފަ އެވެ. އޭނާއަށް ހީވީ މުޅިން އެހެން ޕްލެނެޓަކަށް ދެވުނީ ކަމަށެވެ. އެއްވެސް ކަމެއް ނޭނގެ އެވެ. އަނޫގެ އެއްވެސް ހަނދާނެއް ހަމަ ނެތީ އެވެ. އެންމެ ކުޑަމިނުން އޭނާ އަކީ އަނޫ އަގަރްވާލް ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ. އޭނާ ގަބޫލުކުރީ އޭނާ އަކީ އަނޫ އަގަރްވާލް ނޫން ކަމަށެވެ. އަނޫ ހުންނަ ސިފައެއް ވެސް އޭނާއަކަށް ނޭނގެ އެވެ.

އަނޫ ބުނި ގޮތުގައި އޭނާގެ ބައޮގްރަފީގައި އޭނާގެ ހަޔާތުގައި ދިމާވި ހުރިހާ ކަންކަމެއް ލިޔެފައިވާނެ އެވެ. އެއީ 1999 ވަނަ އަހަރުގެ ފަހުން އޭނާގެ އަލަށް ފެށުނު ހަޔާތުގެ ވާހަކަތަކެވެ.

އަނޫ ލިޔެފައިވާ ގޮތުގައި އެކްސިޑެންޓުގެ މާ ކުރިން އޭނާ ބޮލީވުޑް ދޫކޮށްލައިފި އެވެ. އަދި އޭގެ ފަހުން މީޑިއާތަކަށް އިންޓަވިއުތައް ދިނުން ހުއްޓާލި އެވެ. އޭނާ އަކީ ވުޖޫދުގައި ވެސް ނެތް ފަދަ މީހަކަށް އޭނާވި އެވެ.

އެއީ 1993 ވަނަ އަހަރެވެ. އަދި 1994 ގައި އަނޫ ކުޅެން ސޮއިކޮށްފައިވާ ހުރިހާ ފިލްމުތަކެއްގެ މަސައްކަތް ނިންމި އެވެ. ބޭރު ގައުމުތަކަށް ދަތުރުކުރުމުގެ މަސައްކަތް އޭގެ ފަހުން އަނޫ ފެށި އެވެ. އޭގެ ފަހުން އަނެއްކާވެސް އޭނާ ގެއްލުނީ އެވެ. އޭގެ ފަހުން 1997 ގައި އަނޫ ޔޯގާ ހަދަން ފެށި އެވެ. ޔޯގާއަކީ އޭނާ އަށް ވަރަށް ކަމުދާ އަދި އަދަބުވެރި އެއްޗެއްގެ ގޮތުގައި އަނޫ ސިފަކުރެ އެވެ.

އަނޫ ބުނި ގޮތުގައި އޭނާގެ ދުވަސްވަރު ފިލްމު ކުޅުނު ބައެއް އެކްޓަރުން މިހާރުވެސް އެބަ ފިލްމު ކުޅެ އެވެ. ނަމަވެސް އަނޫ އެ ދިރިއުޅުމެއް ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވީ ބޭރަށް ނުކުމެ އުޅުނަސް މީހުންނަށް އޭނާ ފާހަގަ ނުވުމެވެ.

އަނޫ ކުރީގައި (ވ) އަދި މިހާރު ހުރި ސިފަ

ފިލްމީ މަސައްކަތަކީ އެއް އިރެއްގައި ވެސް އަނޫގެ ހުވަފެނެއް ނޫނެވެ. އޭނާއަށް ފިލްމު ކުޅެން މަޖްބޫރު ކުރުވީ މަހޭޝް ބަޓް އެވެ.

"އެންމެ ފުރަތަމަ މަހޭޝް ބުނި އަހަންނަކީ ތަރިއެކޭ. އަހަރެން ބުނިން ގެލެކްސީގެ ތަރިއެއްހޭ. އަހަރެން ބުނިން އަހަންނަކީ ހިންދީ ފިލްމު ބަލާ ވެސް މީހެއް ނޫނޭ. އޭގެ ހަތް މަސް ފަހުން އަނެއްކާ މަހޭޝް ބަޓް ގުޅާފަ ބުނެފި ސްކްރިޕްޓް ތައްޔާރުވެއްޖޭ. އަހަރެން ބުނިން ތިއީ އަހަރެން ރަނގަޅަށް ދަންނަ ވެސް މީހެއް ނޫނޭ. ދެން ކޯޗެއްހޭ ތި ލިޔުނީ. ދެން މަހޭޝް ބުނި އަހަރެން މި ފިލްމު ނުކުޅެންޏާ މި ފިލްމެއް ނުއުފައްދާނަމޭ،" އާޝިގީގެ ނަން ދީފައިވާ އެ ފިލްމަށް އެއްބަސްވި ގޮތް ކިޔައިދިނެވެ.

އެންމެ ފަހުން "އާޝިގީ" ކުޅެން އަނޫ އެއްބަސްވެ ފިލްމު ކުޅެދިނެވެ. ފިލްމު ރިލީޒްކުރުމާ އެކު އަނޫގެ ފޭނުންތައް ކުއްލިއަކަށް ގިނަވި އެވެ. "އާޝިގީ"އަށް ފަހު ދުވަސްކޮޅަކު އަނޫ ފިލްމު ކުޅުމުގައި ހަރަކާތްތެރި ވެފައިވެ އެވެ. އެއަށް ފަހު އޭނާ ގެއްލުނީ އެވެ. ދެން އަނެއްކާވެސް ފެންނަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ އެވެ.

ހަގީގަތުގައި ކަން ވީ ގޮތަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބުނު ބޮޑު މަޝްހޫރުކަމުން އަނޫ އަށް މަގު އޮޅި ކުރެވޭ ނުކުރެވޭ ކަމެއް ނޭނގުނީ އެވެ. މަޝްހޫރުކަން އަނޫ އަށް މަގު އޮޅެން ދިމާވި ސަބަބަކަށްވި އެވެ. އޭގެ ފަހުން އޭނާ ކުޅުނު "ދަ ކްލައުޑް ޑޯ" ކިޔާ ކުރު ފިލްމެއްގައި އަނޫ ބަރަހަނާވުމާ އެކު ގިނަ ބަޔަކު އޭނާ ދެކެ ފޫހިވާން ފެށި އެވެ. އެގޮތުން އެ ދުވަސްވަރު އޭނާ ކުޅުނު ބޭއަދަބީ ފިލްމުތަކާއި އަމަލުތައް ބެހެއްޓި ހުތުރު ގޮތުން ގިނަ ބަޔަކު އޭނާ ދެކެ ފޫހިވީ އެވެ. އަނޫ ފިލީ އެކަންތައްތަކާ މާޔޫސް ވެގެންނެވެ. އެކްސިޑެންޓްވެ އަނޫގެ ފުރާނައަށް ނުރައްކާވީ މި ކަންކަމުން ސަލާމަތްވެގެން އަލުން ފިލްމު ކުޅެން ފަށަން ތައްޔާރުވަމުން ދަނިކޮށެވެ.

އަނޫ، 47، ބޮލީވުޑަށް ތައާރަފްވުމުގެ ކުރިން މޮޑެލްކުރުމާއި ވީޖޭކަން ކުޑަ ދުވަސްކޮޅަކު ކުރި އެވެ. އަދި އޭނާ ވަނީ ދިއްލީ ޔުނިވަސިޓީން ސޯޝަލޮޖީން ގޯލްޑް މެޑަލް ހޯދައިފަ އެވެ.

މިހާރު އަނޫ އަކީ ޔޯގާ އިންސްޓްރަކްޓަރެކެވެ. އެ މަސައްކަތުން ލިބޭ އާމްދަނީން އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. މީހުންގެ ތެރެޔަށް ނިކުތަސް އޭނާ އަކީ ކާކުކަމެއް ނޭނގެ އެވެ. ސިފަ ބަދަލުވެފައިވާލެއް ބޮޑުކަމުންނެވެ.

އަނޫ މިހާރު ވަނީ އޭނާގެ ކުރު ބައޮގްރޮފީ ލިޔެ ބާޒާރަށް ނެރެފަ އެވެ. "އަންޔޫޝުއަލް: މެމޮޔާ އޮފް އަ ގާލް ހޫ ކޭމް ބެކް ފްރޮމް ދަ ޑެޑް" ނަމަކަށް ދީފައިވާ މި ފޮތުގައި އަނޫ ވަނީ އޭނާގެ ހަޔާތުގައި ދިމާވި ހުރިހާ ހާދިސާތަކެއް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

5 ކޮމެންޓް, 167 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 79%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސަނު

09 August 2016

މުސްކުޅިވީމަ ޒުވާން އިރުހުރި ގޮތަކަށް ނުހުންނާނެ އެކަކުވެސް ބައެއްމީހުނަށް ވަރަށް ބަދަލުއާދޭ ސަލާމަތުން ހުއްޓަސް

The name is already taken The name is available. Register?

ވިސްނާލީމާ

09 August 2016

ދައްކަވަންހުރިކަމެއް ދައްކަވާފާނޫނީ ނުގެންދަވާނެ! -އިބްރާހީމް-

The name is already taken The name is available. Register?

މަޝްހޫރުވުމުން

09 August 2016

މަޝްހޫރުވުމަކީވެސް ނިއުމަތެއް. އޭގެ ބޭނުން ހިފަންވާނީ ރަނގަޅަށް، އަޑުއެހިން ދިވެހި އަންހެންކުދިން ކުމާރު ގޯރަވްއަށް ސިޓި ފޮނުވި ވާހަކަވެސް.

The name is already taken The name is available. Register?

ދެނޯ

09 August 2016

ކޮން ކަހަލަ ނިއުމަތެއްތޯ؟

The name is already taken The name is available. Register?

މަރީ

09 August 2016

ތީ ކޮން ޒަމާނެއްގެ ވާހަކައެއް.. ހާދަ ފަހަތެއްގަ ތި އުޅެނީ.. ތި ފޮތެއް ނެރިފި މީގެ އެއް އަހަރު ކުރިން.:/

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454