މީރާގެ "ލޯތްބަކީ" ގެ ރިިިމިކްސް ވާޝަން އަޑު އަހާލިންތަ؟

މިހާރު މިއޮތީ "ލޯތްބަކީ" ލަވައިގެ އެހެން ވާޝަނެކެވެ. އޭގެ ރިމިކްސް ވާޝަން ސައުންޑް ކުލައުޑްގައި އާންމުކޮށްފައިވާ އިރު، ލަވައަކީ މިހާރު ނަށާލެވޭ ކަހަލަ ފޯރިއެއް ގެންނަ ލަވައެކެ. ލަވައިގެ ރިމިކްސް ހަދާފައި ވަނި ޑީޖޭ ރިއްޕެ އެވެ.


"ލޯތްބަކީ" ލަވައަކީ މީރާ ވާހަކައެއްގެ ގޮތުގައި ގެނެސް ދިން ތިން ލަވައިގެ ތެރެއިން ފުރަތަމަ ލަވަ އެވެ. އޭނާ އަމިއްލަ އަށް މިއުޒިކް ވެސް ތައްޔާރުކޮށް، ކިޔައި ދޫކޮށްލި އެ ތިން ލަވައަކީ ވެސް ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ތިން ލަވަ އެވެ.

ހާއްސަކޮށް ލަވަތައް ވީޑިއޯ އާ އެކު ގެނެސް ދީފައިވުމުން، މީރާގެ ފޭނުންނަށް ތިން ލަވަ ވެސް ވެގެން ދިޔައީ ވަރަށް ހާއްސަ ތިން ލަވައަކަށެވެ.

ތިން ލަވައިގެ ތެރެއިން ދެވަނަ ލަަވަކީ "ވައުދުވަމޭ" އެވެ. ފަހު ލަވައަކީ މޯލްޑިވިއަ އައިޑޮލް ޝޯގެ ތެރެއިން މީރާ ބެލުންތެރިނަށް ދޫކޮށްލި "ނެތް ދުވަހަކުން" އެވެ. އެ ލަވައަކީ ހިތާމަވެރި ލަވައެކެވެ.

މީރާ ބުނީ ތިން ލަވައަކީ ވެސް އޭނާ ހަދަމުން އަންނަ ސޯލޯ އަލްބަމްގައި ހިމެނޭ ލަވަތަކެއް ކަމަށެވެ.

އޭނާ މިހާރު އަންނަނީ އަނެއްކާ ވެސް އާ ވީޑީއޯ ލަވައެއް ގެނެސް ދޭން ތައްޔާރުވަމުންނެވެ. އެއީ މީރާ އެކު ސޮއްޕެ ފީޓްކޮށްފައިވާ "ކަނޑުމަތި" އެވެ.