19 މެއި 2019 - 08:22
ކަންގަނާ ރަނާވަތު ރޭޕްކުރި ކަމުގެ ތުހުމަތު އަދިތިޔާ ޕަންޗޯލީ އަށް ކޮށް އެކަމާ ގުޅިގެން ދައުވާކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ބުނެ ފުލުހުންނާއި ކޯޓަށް ހުށަހަޅައިފި އެވެ.
ހިންދުސްތާން ޓައިމްސް އަށް އަދިތިޔާ ބުނީ ކަންގަނާގެ ވަކީލު ރިޒްވާން ސިއްދީގީ އިންޒާރު ދިނީ މިދިޔަ ޖެނުއަރީ މަހުގެ ކަމަށެވެ.
އެއްވެސް އިރެއްގައި ކަންގަނާ ރޭޕްކޮށްފައި ނުވަތަ ރޭޕް ކުރަން މަސައްކަތް ވެސް ކޮށްފައި ވެސް ނުވާނެ ކަމަށް އަދިތިޔާ ބުންޏެވެ. އޭނާ ބުނީ ކޯޓާއި ފުލުހުންނަށް މައްސަލަ ހުށަހެޅީ ވީޑިއޯ ހެއްކާ ވެސް އެކީގައި ކަމަށެވެ.
"ރޭޕްގެ ތުހުމަތު އެޅުވުމަކީ ވަރަށް ބޮޑު މައްސަލައެއް. އަދި ހަމައެއާ އެކު ރޭޕަކީ އަންހެނަކަށް ކުރިމަތިވާނެ އެންމެ ހިތްދަތި އެއް ކަންތައް. އަހަންނަކީ ދުވަހަކު ވެސް އެކަހަލަ ކަމެއް ކުރި މީހެއް ނޫން،" އަދިތިޔާ ބުންޏެވެ.
މިކަމާ ބެހޭ ގޮތުން މުމްބާއީގެ ވާސޯވާ ޕޮލިސް ސްޓޭޝަންގެ ސީނިއާ އޮފިސަރަކު މީޑިއާތަކަށް ވިދާޅުވީ މައްސަލަ ހުށަހަޅާފައިވާތީ ބަޔާން ދޭން ކަންގަނާ އާއި އަދިތިޔާ އަށް އަންގާފައި ވާނެ ކަމަށެވެ.
ބަތަލާ ޒަރީނާ ވައްހާބްގެ ފިރިމީހާ އަދި ޒުވާން އެކްޓަރު ސޫރަޖް ޕަންޗޯލީގެ ބައްޕަ ކަންގަނާގެ މައްސަލައެއް ފުލުހުންނާއި ކޯޓަށް ހުށަހަޅާފައި ވަނީ މީގެ 10 އަހަރު ކުރިން އޭނާ، ކަންގަނާ އަށް އެކި ގޯނާތަކާއި ފުރައްސާރަތަކާއި އަނިޔާ ވެސް ކޮށްފައިވާ ކަމަށް ބުނެ، ކަންގަނާގެ ދައްތަ ރަންގޯލީ ޗަންދެލް މިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.
ބޮލީވުޑަށް ނުކުންނަން ކުރި މަސައްކަތުގެ ތެރޭގައި ކަންގަނާ، 32، ވަނީ އަދިތިޔާ، 54، އާ އެކު ދުވަސްތަކެއް ވަންދެން ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ.
އެ ގުޅުން ނިމުމަކަށް އައުމުން ކަންގަނާ ވަނީ އެތައް އިންޓަވިއުއެއްގައި އަދިތިޔާ އޭނާ އަށް ޖިންސީ ގޯނާކޮށް، އަނިޔާ ވެސްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ގެއެއްގެ ތެރެގައި ބަންދުކޮށްގެން ގެންގުޅުނު ކަމަށާއި ގޭގެ ކުޑަކުދޮރުން ފުންމާލައިގެން ސަލާމަތް ވާން އެތައް ފަހަރަކު މަސައްކަތްކޮށްފައި ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުސޭހު
19 May 2019
މިތާ މި ކޮމަންޓްކުރަނީ އިންޑިއާ ބައެއްތަ.. ހީވަނީ ކަންގަނާގެ ގޭދޮށު ބައެއްހެން ވާހަކައިން..
ޒޫނާ
19 May 2019
ތިޔައީވާ ވަރުގަދަ ކަންގަނާ އެއް. އަބަދުވެސް ކޮންމެވެސް މީހެއްގެ ބޮލަށް ކޮންމެވެސް ތުހުމަތެއް ކޮށް، ހަޑި މުޑުދާރު ވާހަކަ ދައްކަމުން ދުވާ ކާމިޔާބު އަންހެނެއް ތިޔަ ކަންގަނާ އަކީ. 3 ފަހަރު ނެޝަނަލް އެވާޑް ލިބުމުން ހިތްއަރާ އާސްމާނަށް ދިއުމުންވާ ގޮތް ކަންނޭނގެދޯ! ކަންގަނާ އެއް ކަމަކު މީ ބޮޑުވަރު!
ސަނީީ
19 May 2019
އަދިތްޔާ އެއީ އެކަހަލަ މީހެއް. އިންޑަސްޓްރީއަށް ވަންނަ ޒުވާން އަންހެންކުދިންގެ ބޯކާލައިގެން އުޅުމަކީ މާ މޮޅު ގަދަރުވެރި ކަމަކީތަ؟ އަދިތްޔާގެ ރެކޯރޑް ބެލިޔަސް ރަނގަޅު މީހެއް ނޫންކަން އެނގޭނެ. ދެން އެބުނަނީ ކަންގަނާ ބަންދުކޮށްގެން އުޅުނު ވާހަކަވެސް. އެހުރިހާ ކަމަކީ ތެދުކަމަށް ބެލެވޭ. އެދެމީހުން ރައްޓެހިވެގެން އުޅުނުކަމަށް އަދިތްޔާގެ އަންހެނުންވެސް އެއްބަސްވޭ. ކަންގަނާއަށް އޭރު 18 އަހަރު ނުވޭ. 2007ގަވެސް ޕޮލިހަށް މައްސަލަ ހުށަހެޅި
ކުލްފީ
19 May 2019
ތިޔަ ބޮލީވޫޑަކީ ސީނިއަރ ތަރިން ޑައިރެކްޓަރުން ބޭނުން ގޮތަކަށް މޮޑެލާ ތަނެއް..އަލަން އަންނަ ތަރިންނަށް ފިލްްމްތަކުން ފުރުސަތުދެނީ އެމީހުން ބޭނުންކަމެއް ކުރެވޭމީހުނަށް..ނުނީ ބޭނުންކަމެއް ކޮށްފަ..ފިރިހެން ނަކަސް އަންހެނަކަަސް ކިޔާނެކަމެއްނެތް..
ޢާރިފްއަދުރޭ
19 May 2019
ތިޔައީ ސިޔާސީގޮތުން ތިމީހުން ދެއްކިވާހަކައެއް.