ސުޝްމިތާ ސެން.
05 އޯގަސްޓް 2019 - 07:31
މިހާތަނަށް ހަޔާތުގައި ނިންމުނު އެންމެ ރަނގަޅު ނިންމުމަކީ ވަރަށް ޒުވާން އުމުރުގައި ދެ ކުދިން އެޑަޕްޓްކުރުން ކަމަށާއި އެއީ ވަރަށް ބޮޑު އުފަލެއް ކަމަށް ބަތަލާ ސުޝްމިތާ ސެން ބުނެފި އެވެ.
މިސް ޔުނިވާސްގެ ތާޖް 1994 ގައި ހާސިލު ކުރި އަދި މިހާރު އުމުރުން 43 އަހަރުގެ ރީތީގެ ރާނީ ބުނީ އެންމެ 24 އަހަރުގައި ކުއްޖަކު އެޑަޕްޓްކޮށް "މަޔަކަށްވުމަކީ" އަމިއްލަ ހަޔާތަށް ބޮޑު ދިރުމެއް ގެނެސްދިން ކަމަށެވެ. އެޑަޕްޓްކޮށްފައިވާ ދެ އަންހެން ކުދިން ސުޝްމިތާގެ އެބަ ތިއްބެވެ. އެއީ 2000 ވަނަ އަހަރު އެޑަޕްޓްކުރި ރެނީ ސެން، 19، އާއި އޭގެ 10 އަހަރު ފަހުން 2010 ގައި އެޑަޕްޓްކުރި އަލީސާ ސެން 10، އެވެ.
"މޭ ހޫނާ" އާއި "ބިވީ ނަމްބަރު 1" ފަދަ ފިލްމުތައް ކުޅުނު ބަތަލާ ބުނީ އަމިއްލަ ބަނޑުން ދަރިން އުފަން ކުރުމެކޭ އެޑަޕްޓްކޮށްގެން ދަރިންތަކެއްގެ މަޔަކަށްވުމުން ކުރެވޭ އިހުސާސްތަކުގައި މާ ބޮޑު ފަރަގެއް ވެސް ހުރި ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ދަރިންނާ އަބަދުވެސް ވަރަށް ބަދަހި، ލޯބި ގުޅުމެއް އޮންނަ ކަމަށް ބުންޏެވެ.
ސުޝްމިތާ ލޯބިވެރިޔާ އާއި ދެ ކުދިންނާ އެކު.
"އެއީ ދުވަހަކު ވެސް ވަކި ނުވާނެ އަދި ބަދަލެއް ވެސް ނާންނާނެ ކަމެއް. ހަޔާތުގެ ކޮންމެ ދުވަހަކީ މައެއްގެ އުފާވެރި އިހުސާސްތައް އަހަރެން ކުރާ ދުވަހެއް،" ސުޝްމިތާ ބުންޏެވެ. "އަހަންނާއި އަހަރެންގެ ދަރިންނާ އޮތް ގުޅުން އަމިއްލަ ބަނޑުން އުފަންވި ދަރިންނާ މަޔަކާ އޮންނަ ގުުޅުމަކަށް ވުރެ އެންމެ ތަންފުކެއް ވެސް ކުޑައެއް ނޫން."
އޭނާ ބުނި ގޮތުގައި ވަރަށް ޒުވާން އުމުރުގައި އެޑަޕްޝަން އިހުތިޔާރު ކުރެވުމަކީ ބުއްދިވެރި ނިންމުމެކެވެ. އަދި އެކަމުން ލިބޭ އުފަލާއި ހިތްހަޖެހުން ވަރަށް ބޮޑު ކަމަށް ބުންޏެވެ.
ސުޝްމިތާ ލޯބިވެރިޔާ އާއި ދެ ކުދިންނާ އެކު.
"ބައެއް މީހުން ދެކެފާނެ މިއީ ހަމައެކަނި ޗެރިޓީއަކަށް އަހަރެން ކުރި ކަމެކޭ. އެކަމަކު އެހެނެއް ނޫން. މިއީ އަހަރެންގެ އަމިއްލަ ނަފުސުގެ ހިތްހަމަޖެހުމެއް." ސުޝްމިތާ ބުންޏެވެ. "އަހަންނަށް ލިބުނު އިތުރު ރައްކާތެރި ކަމެއް."
ދަރިންތަކެއް އެޑަޕްޓްކޮށްގެން އުޅުނަސް ސުޝްމިތާ މިހާތަނަށް އަދި ކައިވެންޏެއް ނުކުރެ އެވެ. ވަރަށް ގިނަ މީހުންނާ އެކި ދުވަސްވަރު ލޯބީގެ ގުޅުންތަކެއް ބޭއްވި ބަތަލާ މިހާރު އުޅެނީ އޭނާ އަށް ވުރެ އުމުރުން 15 އަހަރުގެ މީހަކާ ލޯބީގެ ގޮތުން ގުޅިގެންނެވެ. އެއީ 28 އަހަރުގެ ރަހްމާން ޝޯލް އެވެ.
އަދި އެ ގުޅުން ސޯޝަލް މީޑިއާގައި ވެސް ސުޝްމިތާ ރަސްމީކޮށްފައިވާ އިރު، އެ ދެ މީހުން މި އަހަރުގެ ފަހުކޮޅު ކައިވެނި ކުރާނެ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
05 August 2019
ދުވަހަކު މީހަކާ ނީންދެ، ދަރިޔަކަށް ބަލިވެނީންދެ، އަދި ދުވަހަކުވެސް ދަރިޔަކު ވިހަން ބަނޑުގާ ނުރިއްސަ، އުފަން ދަރިޔަކު ނުވިހާ މީހަކަށް ތިހެން ބުނެވިދާނެ. އެކަމަކު މީހަކާއިނދެ ދެމީހުންނަށް ކުއްޖަކު ލިބުމުން ތިހުރިހާ ކަމެއްވެސް ބަދަލުވާނެ. ކުރެވޭއިހްސާސް މާބޮޑަށްވެސް ތަފާތުވާނެ. ނަމަވެސް ޅައިރުއްސުރެ ކުއްޖަކު ގެނެސް ބަލާހިތުން ބަލާމީހަކަށް، މައެއްގެ އެއިހްސާސް ކުރެވިދާނެ. ހިތްވަރު ހުރެ ފައިސާ ހުރިއްޔާ އަދިވެސް ދަރިން ގެނެސް ބަލަންވީ. ދަރުމައަށްޓަކާ.
ޖަވު
05 August 2019
ބާތިލް އަޣީދާއެއްގެ މަތީހުރެ ދަރުމައަށް އެދިގެން ސުޝްމިތާ އަކައް އެއްކަމެވެސް ނުކުރެވޭނެ .
މަ ކކކ
06 August 2019
މަގޭ މަންމަ މަގޭ އުމުރުން 3 އަހަރުގަ ބައްޕައަށް ދީފަ ގޮސްފި. އަހަންނަކަށް ނޭގޭ ތިބުނާ އިހްސާސް ކުރެވޭ ހެނެއް އެންމެނަކަށް. މިހާރުވެސް މައިމީހާކަން އަހަންނަކަށް އިހްސާސެއް ނުވޭ.