ގުލް ޕަނަންގް.
07 އޮކްޓޯބަރ 2019 - 14:16
ކޮމާޝަލް ޕައިލެޓް ލައިންސަންސް ވެސް އޮންނަ ބޮލީވުޑްގެ ބަތަލާ ގުލް ޕަނަގް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އުމުރުން 40 އަހަރުގެ ބަތަލާ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަނީ މާދޫ ރިސޯޓްގަ އެވެ. އެތަނުގައި ދަރިފުޅާ އެކު ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ގުލް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. ދެހާސް އެގާރައިގައި ޕައިލެޓަކާ ކައިވެނިކުރި ބަތަލާ މީގެ 20 އަހަރު ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
ކުރިން ބޮލީވުޑްގެ ފިލްމުތަކުގެ ލީޑް ރޯލުން ފެނުނު ނަމަވެސް މިހާރު ސަޕޯޓިން ރޯލްތަކުން ފެންނަ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 1 ގައި ރިލީޒްކުރާ ނީލް ނިތިން މުކޭޝްގެ މިސްޓްރީ ތުރިލާ "ބައިޕާސް ރޯޑް" އެވެ. މި އަހަރު ގުލް ފެނިގެން ދިޔަ އަނެއް ފިލްމަކީ މެއި މަހު ރިލީޒްކުރި ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އެވެ.
އެމެޒޯން ޕްރައިމް ވީޑިއޯ އިން މިހާރު ސްޓްރީމްކުރާ ވެބް ސީރީޒް "ދަ ފެމިލީ މޭން" ގެ ކާސްޓްގައި ވެސް ގުލް ހިމެނެ އެވެ.
އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު، ބަތަލާ ސޯނަމް ކަޕޫރާއި ފިރިމީހާ އާނަންދު އަހޫޖާ އަދި ސޯނަމްގެ ކޮއްކޮ/ޕްރޮޑިއުސަރު ރިއާ ކަޕޫރާއި އޭނާގެ ލޯބިވެރިޔާ ކަރަން ބޫލާނީ ވެސް އަންނަނީ ސޮނެވާފުށީގައި ޗުއްޓީ ހޭދަކުރަމުންނެވެ.
ޗުއްޓީ އަށް ރާއްޖެ އަންނަ ބޮލީވުޑްގެ ތަރިން މިހާރު ވަރަށް ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަބު
07 October 2019
އިންޑިއާ މީހުން ރާއްޖެ އައިސްފައި ޔޫޓިއުބަށް ލާފަ ހުންނަ ވީޑީއޯތަކުގައި ރާއްޖޭގެ ރީތިކަމުގެ ވާހަކަ ވަރަށް ދައްކާ އެކަމަކު ސައޫދީ މީހަކު ރާއްޖޭގެ އަގުވެއްޓޭ ކަހަލަ ވާހަކައާއި މަންޒަރު ލާފަހުރި ވީޑީއޯއެއް ފެނުމުން ވަރަށް ދެރަވި. މާފުށި ގޮނޑެއްކަހަލަ ތަނެެއް އަދި ވިއްސާރަދުވަހަކު މަގުތައް ފަގީރު ގެތައް ދައްކާ މިއޭ ދިވެހިރާއްޖެއަކީ.
ބަބުރުލް ސަލީމް
07 October 2019
ހާދަ ގިނަދުވަސްކޮށްފާ މިފަހަރު ތިޔަ ޖައްސާލީ.
ހާދަ ކަޅޭ
07 October 2019
ހާދަ ކަޅުވެފަ، ހަޑި
ކަސަބު
07 October 2019
ފައިސާ ހޭދަކުރަންޏާ ރަނގަޅު. ކޮންމެހެން ރީތިވާކަށް ނުޖެހޭ. އިންޑިއާ ވިއަސް އެހެން ގައުމެއްވިއަސް ތަރިއަކަށްވީމަ އިޝްތިހާރުވާވަރު ބޮޑުވާނެ. މިއީ ބޭނުމަކީ.