މިދިޔަ އަހަރު ރެވެނަންޓް" އިން "އޮސްކާ ހޯދި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯއާ ބެހޭ ގޮތުން މި ދުވަސްކޮޅު އިވެނީ ފޭނުން އެހާ ހިތްހަމަޖެހޭ ކަހަލަ ވާހަކަތަކެއް ނޫނެވެ.

އެމެރިކާގެ މޮޑެލް ކެލީ ރޯބަކް އާ އޮތް ލޯބީގެ ގުޅުން މިދިޔަ އަހަރު ނިމުމަކަށް އައި ފަހުން އޭނާ ތަފާތު އަންހެނުން ފަހަތުން ދުވަމުންދާ ވާހަކަ މީޑިއާތަކުން ދަނީ ތަފާތު ގޮތްގޮތަށް ދައްކަމުންނެވެ.

ހޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި "ޓައިޓޭނިކް" އާއި "ދަ ވުލްފް އޮފް ވޯލް ސްޓްރީޓް" ފަދަ ފިލްމްތައް ކުޅެފައިވާ އެކްޓަރު މިހާރު ދަނީ ފުލުފުލުން މޮޑެލުންނާ އެކު ލޯބީގެ ގުޅުންތަކެއް ބާއްވަމުންނެވެ. އެ ވެސް އަދި ކުޑަކުޑަ ދުވަސްކޮޅަކަށެވެ.

ލިއޮނާޑޯ މިހާރު ދަނީ ފުލުފުލުން މޮޑެލުންނާ އެކު ލޯބީގެ ގުޅުންތަކެއް ބާއްވަމުން ކަމަށްވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކެލީއާ ގުޅުން ކެނޑުނު ހިސާބުން ލިއޮނާޑޯ ވެއްޓުނީ މޮޑެލްއެއް ކަމަށްވާ ރޮކްސީ ހޯނާގެ އުނގަށެވެ. އެކަމަކު އެ އުނގުގައި ވެސް އޭނާ އަށް އޮވެވުނީ ތިން ހަފުތާއަށެވެ.

އެ ހިސާބުން އަނެއްކާ ވެސް ދެ މޮޑެލްއަކާ އެކު ލިއޮނާޑޯ ވަނީ ގުޅުންތަކެއް ހިންގައިފައި ކަމަށްވެ އެވެ. އެއީ ޗެލްސީ ވެއިމާ އާއި އީލާ ކަލެވެކާ އެވެ. އެ ހިސާބުން އެކަން ވެސް ނިމުނީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލިއޮނާޑޯގެ ގާތް އެކުވެރިޔާ އަދި "ސްޕައިޑަމޭން" ގެ ތަރި ޓޮބީ މެގްއާ ކުރި ބެޓަކާ ގުޅިގެން، ލިއޮނާޑޯ ވަނީ އެއް ރެއެއްގައި ޒުވާން އިތުރު ހަ މޮޑެލަކާ އެކު ރޭގަނޑެއްގެ ވަގުތައް ފަޅު ފިލުވައިފަ އެވެ.

ލިއޮނާޑޯ އާއި ކެލީ: ދެ މީހުންގެ ގުޅުން މިދިޔަ އަހަރު ވަނީ ނިމުމަކަށް އައިސްފައި.
ލިއޮނާޑޯ އާއި ކެލީ: ދެ މީހުންގެ ގުޅުން މިދިޔަ އަހަރު ވަނީ ނިމުމަކަށް އައިސްފައި.

ޓޮބީ އޭނާ އަށް ބެޓް ކުރީ ދުވަސްތަކެއް ކުރިން އޭނާ ވެސް ވިކްޓޯރިއާ ސީކްރެކްޓްގެ ހަ މޮޑެލްއަކާ އެކު އެއް ރޭ ހޭދަކުރި ކަމަށް ބުނެ އެވެ.

އެހެންވެ ލިއޮނާޑޯ ވެސް އެކަން ވާކަން ދައްކައިލީ އެވެ.

އެކަމަކު މިއީ އޭނާގެ ފޭނުން އެހާ ހިތްހަމަޖެހޭ ކަހަލަ ވާހަކަތަކެއް ނޫނެވެ. ގިނަ ބަޔަކު މިހާރު ތިބީ ލިއޮނާޑޯ، 41، ސީރިއަސް ބައިވެރިއަކު ހޯދައިގެން ކައިވެނި ކުރާނެ ދުވަހަކަށް އެދިއެދި އެވެ.