މުނިފޫހިފިލުވުން / ވާހަކަ

އަހަންނަކީ ޖިންނިއެއް

(ބުދަ ދުވަހާ ގުޅޭ)

އެހެން އެކަކު ވެސް ނުކުރާހާ ޖެއްސުން އެ ޖިންނި ކުރިއެވެ. ކޮންމެ ވަގުތެއްގައި ވެސް އޭނަގެ އުނދަގޫ ކުރިމަތިވެދާނެއެވެ. ބައެއް ފަހަރު އަހަރެން ޝައުކަތަށް ފޯނު ކުރިޔަސް ޝައުކަތުގެ ފޯނު ރަނގަބީލެއް ނުވެއެވެ. އަހަންނަށް ޝައުކަތު ގުޅިޔަސް، ބައެއް ފަހަރު އެ ގޮތް މެދުވެރިވެއެވެ. ސަބަބެއް ނޭނގެއެވެ. އެއީ ކުރިން ވީގޮތެއް ނޫނެވެ. ގިނަ ފަހަރު ބައްޕައަށް ވެސް ގޮވައިނުލެވެއެވެ. ވާކަމެއް ވެފައި ހަމައަކަށް އެޅެންދެން އަހަރެން ޖެހެނީ އޮންނާށެވެ.

"ކަލޭގެ ހިތްވަރެއް ހުރިއްޔާ މަގޭ އަތްދަށުން ނިކަން ސަލާމަތްވެބަލަ!" އެ ޖިންނި ގޮންޖެހިއެވެ. "މަ ނިކަން އިސްލާން ކޮށްބަލަ! ކަލޭ ހޭހުއްޓަކާ މަ މި ތާކުން ނުދާނަން."

ރުޤްޔާކުރަން، ކޮންމެވެސް ވަރަކަށް އަހަންނަށް ވެސް އެނގޭތީ، އޭގެ ފައިދާ އަހަންނަށް ކުރިއެވެ. އެއީ، އަހަރެންގެ ހަށިގަނޑު ތެރެއަށް ސިހުރުލިޔަ ނުދިނުމެވެ. އެ ޖިންނި ރުޅިއައީ އެހެންވެއެވެ. ކުދި އަނިޔާކުރީ ވެސް އެހެންވެއެވެ.

"ޝައުކަތުގެ އޯގާތެރިކަމަށްޓަކާ ކަލޭ ޖެހޭނެ ޝުކުރުކުރަން،" އަހަރެން ބުނީމެވެ. "ކަލޭގެ ދުވަސް ދުއްވައިލަން އޭނައަށް ނުނަގާނެ ސިކުންތެއް ވެސް. އޭނަ އެ ކެތްކުރަނީ ކަލޭ އިސްލާންދީން ގަބޫލުކުރޭތޯ! ހަމަ ކަލެއަށް ރަނގަޅަކަށްޓަކާ! ތިއަށް ވުރެ މާ ވަރުގަދަ އިފުރީތުން ވެސް ބަލިކުރި މީހެއް ޝައުކަތަކީ. ﷲ އަށް ބިރުވެތިވޭ! އަދިވެސް ވަގުތު އެބަ ..."

އަހަރެންގެ އަނގަ ބަންދުކޮށްލިއެވެ. އިނގިއްޔެއް ވެސް ހަލުވައިލިޔަ ނުދިނެވެ. އަހަރެންގެ ހިތުގެ ވިންދުޖަހައެވެ. ނޭވާލެވެއެވެ. އެސްފިޔަ ޖެހެއެވެ. އިތުރު އެއްވެސް އިހުސާސެއް އަހަންނަކަށް ނުވެއެވެ.

"ތި ކަހަލަ ފޮނި ވާހަކައިގެ އަވައިގަޖެހިގެން ކިތައް ޖިންނީން އިސްލާންވެއްޖެ!" އޭނަ ރުޅިއައިސްފައި ބުންޏެވެ. "އިބިލީހުގެ އޯގާތެރިކަމަށްޓަކާ ކަލޭ ޝުކުރު ކޮށްބަލަ! ކަލޭގެ ދުވަސް ދުއްވައިލަން އޭނައަށް ނުނަގާނެ ފަޅި ސިކުންތެއް ވެސް."

އެ ޖިންނި ހުއްޓުވުމަކީ ފަސޭހަކަމަކަށް ނުވިއެވެ. ވިސްނައިދެވޭނެ ހުރިހާ ގޮތަކަށް ޝައުކަތު ވިސްނައިދިނެވެ. ޤުރުއާނާއި ސުންނަތުން ދަލީލު ދެއްކިއެވެ. ގަބޫލެއް ނުކުރިއެވެ. އެންމެ ފަހުން ޝައުކަތަށް ޖެހުނީ އެ ޖިންނީގެ އިނގިލިތަކުގެ ތަންތަންކޮޅު ވަކިވަކީން ވަކިކުރާށެވެ. އަތުގެ ހުޅުތަކުން ވަކިކޮށްފައި އެއްލައިލާއިރަށް އޭނަގެ ބާރުން އަލުން އެ ވެސް ގުޅުވައިލައެވެ. އެ ޖިންނި ޖެހުނީ މަރައިލާށެވެ. އަންދައި އަޅިއަށް ހަދައިލާށެވެ. އެހެން ގޮތެއް ނެތުނީއެވެ. ޖިންނީންގެ ފަރާތުން އަހަންނަށް ދިމާވި އެންމެ ފަހު ހާދިސާއަކަށް ވީ އެ ހާދިސާއެވެ.

ބާބު ހަތާވީސް – ނިންމުން

ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ޝައުކަތު ދިނެވެ. އަހަރެން ނުކުތީމެވެ. ކުރިން ނުފެންނަ އެއްޗެހިތަކެއް އަހަންނަށް ފެނުނެވެ. އޭގެ ތެރޭގައި ގަސްގަހުގައި ދިރިއުޅޭ އެއްޗެއްސާއި، އުޑުމަތިން ދަތުރުކުރާ އެއްޗެއްސާއި، މީހުންގެ ކޮނޑުގައި ތިބޭ އެއްޗެހި ހިމެނެއެވެ. އަހަރެން އެންމެ ހައިރާންވި ކަމަކީ، މިސްކިތްތެރެއަށް ވެސް އެ އެއްޗެއްސަށް ވަދެވޭތީއެވެ. ސަފުހަދާއިރު، ވީހާ ވެސް ގާތްގާތުގައި ތިބެން ހަނދާންކޮށްދެނީ ސަބަބެއް ނެތިއެއް ނޫނެވެ. ރަނގަޅުވަމުންދިޔަ ވަރަކަށް އެ އެއްޗެހި އަހަންނަށް ފެންނަ މިންވަރު ދިޔައީ މަދުވަމުން، ފަޑުވަމުންނެވެ. ޝައުކަތު ބުނި ގޮތުގައި، ވަރަށް އަވަހަށް އެ ފަރުދާ އަނެއްކާ ވެސް ދަމައިލެވޭނެއެވެ. އަހަރުމެންގެ ދުނިޔެ އާއި ޖިންނީންގެ ދުނިޔެ ވަކިވާނެއެވެ. އެ ހިސާބުން އަހަރެން އެއްކޮށް ރަނގަޅުވީއެވެ. އިސާހިތަކު އެ ދުވަސް އައިސް ޖެހުނެވެ. އަހަރެން އެއްކޮށް ފަސޭހަވިއެވެ. ފައިގައި މިހާރު ހުރީ ލަކުނުތަކެވެ.

އިންސާނުންގެ ތެރެއިން ބައެއް މީހުންނަކީ، ޖިންނީންގެ އުޅަނދުތަކެކެވެ. އިންސާނުންގެ ހަށިގަނޑުތެރެއަށް ޝައިތާނުން ވަދެނުކުމެ ހަދަން ދަސްކުރަން ބޭނުންކުރާ މަރުކަޒުތަކެކެވެ. އަދި، އަހަރުމެންގެ ހަށިގަނޑުގެ ތެރެއަށް ވަދެނުކުމެ ހެދުމުން ޖިންނީންނަށް ކޮންމެވެސް ކަހަލަ ހިތްހަމަޖެހުމެއް ވެސް ލިބެއެވެ. ގަސްގަހަށް އެރުމާއި، މޫދަށް އެރުމާއި، ކުޅިވަރުތައް ކުޅުމުން އަހަރުމެންނަށް ލިބޭ ކަހަލަ ހިތްހަމަޖެހުމެކެވެ. އެކި ފަންތީގެ ޝައިތާނުންނަށް ލިބިފައިވާ ހުނަރު ދައްކައިލުމަށްޓަކައި ވެސް އިންސާނުންގެ ހަށިގަނޑު ޝައިތާނުން ބޭނުންކުރެއެވެ. އެ ގޮތަށް ބޭނުންކުރާ ހަށިގަނޑުތަކުގެ ވެރިންނަކީ، ހުރިހާ ފަހަރަކު މޮޔައިންނެއް ނޫނެވެ. އޭގެ މިސާލަކީ، ވައިރަސް އަރައިފައި ހުންނަ ކޮންޕިއުޓަރެއްގެ މިސާލެވެ. ބަލާބެލުމަށް އެއްވެސް އުނިކަމެއް އެއަކުން ނުފެންނާނެއެވެ. އުނިކަމެއް ފެނިއްޖެއްޔާ އެ ކަން ރަނގަޅު ކޮށްފާނެތީ، އެއްވެސް ސިފައެއްގައި އެ ކަން ފާޅުވިޔަ ނުދެނީއެވެ. އެހެންނަމަވެސް، ވަކި ވަރަކަށް އިންސާނާގެ ހަށިގަނޑު ބޭނުންކުރުމުން، ޖިންނިން ވަދެނުކުމެ ހަދާ ދޮރުތައް ފާރުވެއެވެ. ގިނަ ފަހަރު ނިޔަފަތީގެ ދަށް ނުވަތަ އިސްތަށިތަކުގެ ބުޑެވެ. ބައެއް ފަހަރު ކަންފަތް، ނޭފަތް، ކަރުތެރެ، ލޯ ނުވަތަ ފުރަގަސްފަރާތެވެ. އެ ހިސާބުން އިންސާނާ ފަރުވާހޯދައެވެ. ބޭހާއި ރުޤްޔާގެ އެހީތެރިކަން ހޯދައި އެ ކަމުން ސަލާމަތްވެއެވެ. އިންސާނާގެ ހަށިގަނޑަށް ގެއްލުންވިޔަ ނުދޭން ޖިންނިޝައިތާނުން ބޭނުންވާ ސަބަބަކީ އެއީއެވެ.

ރުޤްޔާ ކިޔަވައިގެން ލުޔެއް ލިބިދާނެކަން ގަބޫލުނުކުރާ ދިވެހިން ވަރަށް ގިނައެވެ. އެ ކަން އަހަންނަށް އެނގުނީ މުސްލިމް ޖިންނިއެއްގެ ފަރާތުންނެވެ. ރާޤީއަށް ކިހާ ބޮޑު ރައްކާތެރިކަމެއް ލިބިފައިވާކަމެއް ވެސް ގިނަ މީހުންނަކަށް ނޭނގެއެވެ. ރާޤީއަކީ ރުޤްޔާ ކިޔަވާ އިމާމެވެ. ޖިންނިމޮޔަ ވެފައި އޮންނަ މީހާ ކިތަންމެ ބާރު ގަދަޔަސް، އަސްލު ރާޤީއެއްގެ ގަޔަކު އަތެއް ނުލެވޭނެއެވެ. ޙަޤީޤަތަކީ އެއީއެވެ. އެކަމަކު، ގިނަ ބައެއްގެ ސިކުނޑީގައި ކުރަހައިދެވިފައިވަނީ ނުބައި މަންޒަރެކެވެ. ވާހަކަތަކާއި ފިލްމުތަކުން މީހުންގެ ސިކުނޑީގައި ހަރުލަނީ ނުބައި ތަސައްވުރެކެވެ. ފޯރުކޮށްދެވެނީ ނުބައި މަޢުލޫމާތެވެ. އޭގެ ސަބަބުން، ރާޤީގެ އިތުބާރު ގެއްލި، މަލާމާތް ލިބެއެވެ. އެ ކަމަށް މީހުން ހަޖޫ ޖަހައި ޖޯކަކަށް ހަދައެވެ. ރާޤީގެ ގަޔަކު ޖިންނީންނަކަށް ވެސް އަތެއް ނުލެވޭނެއެވެ. ޤުރުއާންގެ އެއްބައި ހިތުދަސް މީހަކު އަޔަސް ޖިންނީން ބިރުން ރޮޔެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަހަރެންގެ ގައި ތެރޭގައި ޖިންނީން އުޅޭއިރު، ޖިންނީންގެ ލޮލުން އަހަންނަށް ފެނެއެވެ. ޤުރުއާންގެ އެއްބައި ހިތުދަސް މީހުން ވެސް ޖިންނީންގެ ލޯތަކަށް ފެންނަނީ ނޫރުން ދިއްލިފައި ވަނިކޮށެވެ. އެ އަލީގެ ގަދަކަމުން އެ ފަދަ މީހަކާ ދިމާއަށް ބެލުމަކީ ވެސް ފަސޭހަކަމެއް ނޫނެވެ. ޖިންނީން ތިބެނީ ދުރަށް ބަލަހައްޓައިގެންނެވެ.

އަހަންނަށް ދިމާވި ކަންތަކަށް ފަހު، އެ ފަދަ ކަންކަމުން ރައްކާތެރިވާން އަހަރެން ޝައުޤުވެރިވިއެވެ. ޖިންނިޝައިތާނުންގެ ދުއްތުރާތަކުން ސަލާމަތްވެ، ހަށިރައްކާތެރިކުރަން ދަސްކުރީމެވެ. އެ ދުވަސްވަރު އަހަންނަށް ފެނުނީ އެހެން މީހުންނަށް މި ފެންނަ ދުނިޔެއާ ކުޑަކޮށް ތަފާތު ދުނިޔެއެކެވެ. ފަރުދާވެގެން އުޅޭ ކިތަންމެ މަޚްލޫޤުންނެއް އަހަންނަށް ކަޝްފުވިއެވެ. މަގުމަތީގައި ހިނގައިފައިދާއިރު، ބަލަން އުނދަގޫ މަންޒަރުތައް އަހަރެންގެ ލޮލަށް ފެނުނެވެ. އެކި މީހުންނާ އަވަލަވައިގެން އުޅެނީ އެކި ބޮޑުމިނުގެ، އެކި ސިފައިގެ ޝައިތާނުންނެވެ. ޝައިތާނުންގެ ވައްތަރުތައް ބިނާވެފައި އޮންނަނީ، އަވަލަވައިގެން އުޅޭ އިންސާނާގެ އީމާންތެރިކަމުގެ ކުޑަބޮޑުމިނުގެ މައްޗަށެވެ. އޭގެ ތެރޭގައި، އަޅުކަމާ ދުރުހެލި ޒުވާނުންނާއި، ދީން ގަބޫލުނުކުރާ ޒުވާނުން ވަރަށް ގިނައެވެ. ﷲ ނޫން އެހެން ފަރާތަކަށް އަޅުކަން ކުރާ މީހުންނާއި، ކުޅަދުންވަންތަކަމާ މެދު ޝައްކު އުފެދިފައިވާ މީހުން ވެސް ހިމެނެއެވެ. އެންމެ ބޮޑުވަރުވެފައި ތިބެނީ މަސްތުގެ ހާލުގައި ތިބޭ މީހުންނެވެ. ވީމާ، ޖިންނީގެ ކިބައިން ތިމާ ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ ދުވަސްވަރު، ހެޔޮލަފާ ރަނގަޅު މީހުންނާ އެކުގައި އުޅުމަކީ ކޮންމެހެން ވެސް ބޭނުންކަމެކެވެ. އަޤީދާ ބަލިކަށި މީހުންނާ އެކުގައި އުޅޭއިރު ސިކާރަކުރަން ޖިންނީނަށް ފަސޭހަވެއެވެ.

ޖިންނީންގެ ތެރޭގައި ވެސް ރަނގަޅު ޖިންނީންނާއި ނުބައި ޖިންނީން އުޅެއެވެ. އަހަރެން ރަނގަޅުވުމުގައި މުއުމިން ޖިންނީންގެ އެހީތެރިކަން ވަރަށް ބޮޑެވެ. ހަމައެކަނި ކާފަރު ޖިންނީންނާ ކުރިމަތިލުމަށް އެކަންޏެއް ނޫނެވެ. އަހަންނަށް ކުރިމަތިވާ ދުއްތުރާތަކުގެ އައްޑަނައަކަށް ވެދިނުން އެކަންޏެއް ވެސް ނޫނެވެ. އެކަމަކު، ނަފުސާނީގޮތުން އަހަރެން މިސްރާބު ރަނގަޅުކޮށްދިނުމާއި، ހެޔޮ ގޮތް ވިސްނައިދިނުން ވެސް މެއެވެ. އަހަރެންގެ އީމާންތެރިކަން ކުރިއަށް ވުރެ ވެސް ވަރުގަދަކޮށްދިނުމާއި، ޙައްޤާއި ބާތިލު ވަކިކޮށްދިނުން ވެސް މެއެވެ. މުއުމިން ޖިންނީންގެ އެންމެ ބޮޑު މަޤްޞަދަކަށްވީ ނުބައިކަންކަމުން ދުރުކުރުވުމެވެ. ކުރިމަތީގައި އެ ފަދަ ޢަމަލެއް ހިނގަންޏާ ހުއްޓަން ނަޞޭޙަތްދެއެވެ. އަމުރުކުރެއެވެ. ޖިންނީންނާ ބެހޭގޮތުން އަހަންނަށް އެނގުނު އެއްޗެއް ވިއްޔާ ކިޔައިދީފައިވަނީ ޖިންނީންނެވެ. އޭގެ ތެރޭގައި ޝައިތާނުންނާއި، މުއުމިން ޖިންނީން ވެސް ހިމެނެއެވެ. މުސްލިމުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ދޮގުހަދައެވެ. މަކަރުހަދައެވެ. ފާފަތައް ކުރެއެވެ. ޖިންނީންގެ ތެރޭގައި ވެސް އެ ކަން އޮންނަނީ އެހެންނެވެ. ދުވަހަކު ތެދެއް ނުބުނާ ޖިންނިޝައިތާނުންނާއި، އީމާންތެރިކަމުގެ މިންވަރު ނޭނގޭ މުއުމިން ޖިންނީންގެ ހާލަކީ ވެސް އެއީއެވެ. ފުލޯކަކީ ކޮބައިކަމެއް ނުވަތަ ޙަޤީޤަތަކީ ކޮބައިކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގެއެވެ. ދިން ނަޞޭޙަތްތައް އަހަރެން ގަބޫލުކުރަމެވެ. އެކަމަކު، ޖިންނީންގެ ފަރާތުން ވާގިއެދުމެއް ނެތެވެ. ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކުން ވާގިއެދެންވާނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ.

އަހަރެން މިހާރު މިހިރީ އެއްކޮށް ރަނގަޅުވެފައެވެ. މި ގޮތުގައި ދެމިހުރުމަށްޓަކައި ދިރިއުޅުމުގެ ރީތި އާދަތައް ގެންގުޅެންޖެހެއެވެ. ރުޤްޔާ ކުރަން ފެށީމައި އެކި ކަހަލަ ގޮތްގޮތްވާ މީހުން ތިބެއެވެ. އެކި މުއްދަތުން ރަނގަޅުވާ މީހުން ވެސް ތިބެއެވެ. އެއްބަޔަކަށް އިވޭނީ އަޑެކެވެ. އަނެއް ބަޔަކަށް ޖިންނި ފެންނާނެއެވެ. އަނެއް ބަޔަކަށް ހަމައެކަނި ކުރެވޭނީ އިހުސާސެކެވެ. ބައެއް މީހުން ލޯ ހުޅުވައިލާއިރު އެކައްޗެއް ވެސް ހަނދާނެއް ނުހުންނާނެއެވެ. ކަމެއް ވިކަމަކަށް އެ ފަދަ މީހުން ގަބޫލެއް ނުވެސް ކުރާނެއެވެ. އަހަރެން މި ކިޔައިދިނީ، އަހަރެންނަށް ދިމާވި ޙަޤީޤީ ހާދިސާގެ ތެރެއިން، އަހަރެން ހަނދާން ހުރި ކަންކަން، ހަނދާންހުރި މިންވަރަށެވެ. ކުދިކުދި އުނިއިތުރު ހުރުން އެކަށީގެންވެއެވެ. ގަބޫލުކުރުމާއި ނުކުރުން ދޫކޮށްލާނީ އެ މީހަކަށެވެ. ޖިންނީންދެކެ ބިރުގަންނާކަށް އަހަރެން ނުބުނާނަމެވެ. ޚުދު އަހަރެން ކިޔައިދިން ވާހަކަތައް ގަބޫލުކުރުވާކަށް ބާރެއް ވެސް ނާޅާނަމެވެ. ހަނދާންކޮށްދޭން ބޭނުންވަނީ އެންމެ ކަމެކެވެ. ޖިންނިޝައިތާނުންގެ ކިބައިން ސަލާމަތްވާނެ ގޮތް ﷲ ވަނީ އަންގަވައިފައެވެ. އިތުރު ތަފުސީލުތައް ސުންނަތުން ފެންނާން އެބަހުއްޓެވެ. އޭގައި ހިފައިގެން ތިބޭށެވެ. ރައްކާތެރިކަން ހޯދާށެވެ. އެ ފަދަ ނިޢުމަތްތަކަށް ﷲ އަށް ޝުކުރުވެރިވާށެވެ.

ނިމުނީ

13 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 47%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިމްޔާން

14 February 2020

ވަރަށް ރީތި

The name is already taken The name is available. Register?

ކޮންމެސް މީހެއް

05 December 2017

މީ މިހާތަނަށް އަހަރެން ކީއެންމެ ފުރިހަމަ ވާހަކަ.... މި ވާހަކައިގައި މަރުވި ހުރިހާ އެންމެންނަށް ސުވަރުގެ ދެއްވުން އެދި ދުޢާ ކުރަން.. އަހަންނަށް ބައިވަރު އެއްޗިހި ދަސް ވެއްޖެ

The name is already taken The name is available. Register?

ާާާާސާޔާ

17 July 2017

ވަރަށް ސަޅި

The name is already taken The name is available. Register?

މައިހާ

14 April 2017

ވަރައް ރީތި

The name is already taken The name is available. Register?

ފަހީ

29 November 2016

ދޮގާއި ތެދު މިކްސް ކޮށް ނައިސްކޮށް ޕްރެޒެންޓކޮށްލާފައި.

The name is already taken The name is available. Register?

އަހަރެން

20 November 2016

ވާހަކަ ސަޅި. އެކަމަކު ވާހަކައިގެ ކުރީކޮޅު އުފެއްދި ބައެއް ސުވާލަށް ވާހަކ ނިމުނު އިރުވެސް ޖަވާބެއް ނުލިބޭ. މިސާލަކަށް މީނަޔަށް ފަންޑީތަ ހެދި ބޮޑުބޭބެއެއްކަމަށް އެބަބުނޭ އެކަމަކު އޭގެ ސަބަބެއް ނޭނގުނު. ހަމަ އެގޮތަށް ކުޑައިރު ގޮތްގޮތް ވާނެފެށުމުން އެވާހަކަ މަންމަ ކައިރީ ބުނުމުން "ވާހަކަ އޮއްބާލަން" މަންމަ އުޅެފައިވޭ، އޭގެ ސަބަބެއްވެސް ނޭނގުނު.

The name is already taken The name is available. Register?

ސްނޯ

21 November 2016

އަނެއްކާ ހާދީއަށް ފަހުންވީ ގޮތެއްވެސް ނޭންގުނު.

The name is already taken The name is available. Register?

ވާހަކަ

23 November 2016

ވީނުވީ އެއް ނޭންގޭ...

The name is already taken The name is available. Register?

މަރީ

20 November 2016

ޥަރަަަށް ރީތި މިބަަަޢި ވެސް

The name is already taken The name is available. Register?

ރޯޒީ

20 November 2016

ވ.ރީތި ފުރިހަމަ މި ކަންތައް ދިމާވި ފަރާތާއި ބައްދަލުވުުން އެދެން ކޮންމެވެސް ދުވަހަކުން..... ބަޓް ހަވް؟؟؟

The name is already taken The name is available. Register?

މަރީ

20 November 2016

ވވ ރީތި..މި މީހާ އާއި ބައްދަލު ކޮއްލަން ބޭނުން

The name is already taken The name is available. Register?

ނުޒޫ

20 November 2016

މާޝާ ﷲ ވަރަށް ރީތި ވާހަކައެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454