10 އޯގަސްޓް 2021 - 06:49
ސްޓާ ޕްލަސްގެ ސިލްސިލާ "ގުމް ހެ ކިސީކޭ ޕިޔާރު މޭ" އަކީ މިހާރު އެންމެ މަގުބޫލު އެއް ސިލްސިލާ އެވެ. މީގެ މައިގަނޑު ޕްލޮޓަކީ އެހެން ކައިވެންޏަކާ ހެދި ފުރަތަމަ ލޯބިން މަހުރޫމުވި އަންހެނަކު، ކުރީގެ ލޯބިވެރިޔާ ހާސިލުކުރެވިދާނެކަމުގެ އުންމީދުގައި، އޭނާގެ ކައިވެނި ހަލާކުކޮށްލަން ކުރާ ކަންކަމުގެ ސަބަބުން ދިމާވާ ހާދިސާތަކެވެ.
"ގުމް ހެ ކިސީކޭ ޕިޔާރު މޭ" ގެ މައިގަނޑު ތަރިންނަކީ ނީލް ބަޓާއި އައިޝްވާރިއާ ޝަރުމާގެ އިތުރުން އައިޝާ ސިންގް އެވެ. މީގައި ނީލް (ވިރާޓް) އާއި އައިޝާ (ސައީ) އަކީ ދެމަފިރިންނެވެ. އައިޝްވާރިއާ (ޕާކީ) އަކީ ވިރާޓްގެ ލޯބި އަލުން ލޯބި ލިބިދާނެކަމުގެ އުންމީދުގައި ސައީގެ ދިރިއުޅުން ހަލާކުކޮށްލަން ފައި ވިއްދާފައި ހުރި މީހެކެވެ.
"ގުމް ހެ ކިސީކޭ ޕިޔާރު މޭ" ގެ ވާހަކައިގެ ޝައުގުވެރިކަމާ އެއްވަރަށް މީގައި އަދި މާ ޝައުގުވެރި އެހެން ވާހަކައެއް އެބައޮތެވެ. އެއީ ހަގީގީ ދިރިޅުމުގައި ދެ ލޯބިވެރިން ކަމަށްވާ ނީލް އާއި އައިޝްވާރިއާގެ ވާހަކަ އެވެ. އެކަމަކު ސިލްސިލާގައި ދެ މީހުންގެ ކެރެކްޓާ މުޅިން އިދިކޮޅެވެ.
ދެ ތަރިން މިހާރު ރަސްމީކޮށް އެންގޭޖް ވެސް ވެފައިވާ އިރު މި މަހުގެ 4 ގައި ފާހަގަކުރި ނީލްގެ 34 ވަނަ އުފަން ދުވަހުގެ ހަދިޔާއަކަށް އައިޝްވާރިއާ ކުރި ކަމަކީ އޭނާގެ ވާތުގެ މުލައްދަނޑީގައި ނީލްގެ ނަން ޓެޓޫއަކުން ޖެހުމެވެ. އެ ފޮޓޯ އިންސްޓަގްރާމްގައި ޕޯސްޓްކޮށް ބުނީ "ދެ މީހުންގެ ގުޅުމަކީ ދާއިމީ ގުޅުމެއް" ކަމަށެވެ.
ނީލް އާއި އައިޝްވާރިއާގެ ގުޅުން ސްކްރީނުން ބޭރުގައި ވަރަށް ވަރުގަދަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ދެ ތަރިން މާ ލަސްތަކެއް ނުވެ ކައިވެނި ވެސް ކުރާނެ އެވެ.
އެކަމަކު "ގުމް ހެ ކިސީކޭ ޕިޔާރު މޭ" ގައި އައިޝްވާރިއާގެ ޕާކީގެ ކެރެކްޓާ އަށް ޖެހިފައި އޮތް ހާލަކީ ލޯބިވެރިޔާގެ ކައިވެނި ހަލާކުކޮށްލައި އޭނާގެ ހަޔާތަށް ގަދަކަމުން ނަމަވެސް އައުމަށް މަސައްކަތްކުރުމެވެ. އެކަން ހާސިލުކުރެވޭތޯ އޭނާ މިހާތަނަށް އެތައް މަސައްކަތެއްކޮށްފި އެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް އެކަން ކާމިޔާބުނުވެ، ދެން ދިމާވަނީ މާ ހިތްދަތި ގޮތެކެވެ.އެއީ ސައީ ދެކެ ފުލުސް އޮފިސަރު ވިރާޓް ވާ ލޯބި އިތުރުވެ، އެ ދެ މީހުންގެ ގުޅުން ބަދަހިވަމުން ދިއުމެވެ.
ޕާކީ ކައިވެނިކުރީ ވިރާޓްގެ ދެބެއިންގެ ދެ ދަރި ސަމްރާޓްއާ އެވެ. ރުހުމުގައި ކުރި ކައިވެންޏެކެވެ. އެކަން އޭނާ ކުރީ ވިރާޓްގެ ގެއަށް ގޮސް، އެއް ފުރާޅެއްގެ ދަށުގައި ހުރެގެން އޭނާގެ ހިތް އަތުން ލެވޭތޯ އެވެ. ކައިވެނީގެ ފުރަތަމަ ރޭ ވެސް ސަމްރާޓަށް ނުލިބި ޖެހިގެން އައި ދުވަހު އެނބުރި ދަނީ ޕާކީގެ ހަގީގަތް ފަޅާއެރުމުންނެވެ. ސަަމްރާޓަކީ ސިފައިންގެ އޮފިސަރެކެވެ. އެނބުރި އޭނާ ދިޔަ ގޮތަށް ވީނުވީއެއް ނޭނގި ގެއްލުނީ އެވެ.
Ateet ke kaaran khatre mein hai Sai aur Virat ka aanewaala kal. Kya Samrat ki waapsi laayegi kahaani mein naya mod?
— StarPlus (@StarPlus) August 7, 2021
Dekhiye, #GhumHaiKisikeyPyaarMeiin, Iss Somvaar se, raat 8 baje, StarPlus aur kabhi bhi Disney+ Hotstar par. pic.twitter.com/kkFH6HhPgU
ނަމަވެސް މިހާރު "ގުމް ހެ ކިސީކޭ ޕިޔާރު މޭ" ގެ ވާހަކަ ގޮސްފައި އޮތް ހިސާބަކީ ޕާކީގެ ހަގީގަތް މުޅި އާއިލާ އަށް ފަޅާއަރައި، ވިރާޓްގެ ކޮނޑުގައި އިތުރު ޒިންމާއެއް ޕާކީއާ އެކު އެޅުމެވެ. ސިލްސިލާގެ ކުރިއަށް ހުރި އެޕިސޯޑްތަކުން މި ކުޅިގަނޑު ފެންނާނެ އެވެ.
"ގުމް ހެ ކިސީކޭ ޕިޔާރު މޭ" ޕްރޮމޯޓްކޮށް ދިނުމުގައި ބޮލީވުޑްގެ ކުރީގެ ބަތަލާ ރޭކާ ވެސް ބައިވެރިވެ އެވެ.
މި ސިލްސިލާ އަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދައްކަމުން އަންނަ އެއްޗެކެވެ. ހަގީގީ ދިރިއުޅުމުގައި ވިރާޓްގެ ހިތް، ޕާކީގެ އަތުގައި އޮތަސް ސިލްސިލާއިން އެކަން ވެދާނެތޯ ބަލަން އޮތް ގޮތަކީ މީތި ބެލުމެވެ. އެއީ ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް ރާއްޖެ ގަޑިން 7:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕާކީ
12 August 2021
މާމޮޅަށް އެގިގެން އުޅޭނޭކަމެއްނެތް. ޢެމީހުން ދިރިއުޅުން ހަލާކު ކުރަން މަށެއް ނޫޅެން.