ކުޅިވަރު / ސާފް ޗެމްޕިއަންޝިޕް 2021

ރާއްޖެ އަތުން ލަންކާ މޮޅު ނުވާތާ 19 އަހަރު

2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭން ލަންކާއާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: ގޯލް

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ސްރީ ލަންކާއާ ދެކޮޅަށް މިއަދު ހަވީރު ރާއްޖެ ނުކުންނަ މެޗަކީ މުބާރާތުގައި ކުރިޔަށް ދިޔުމަށް ރާއްޖޭގެ އުންމީދުތަކާ ގުޅިފައިވާ މެޗެކެވެ.

ލަންކާއާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ތާރީހު ބުރަވަނީ ރާއްޖެ ކޮޅަށެވެ. ރާއްޖެ އަތުން ސްރީ ލަންކާ އަށް އެންމެ ފަހުން މޮޅެއް ހޯދުނީ މީގެ 19 އަހަރު ކުރިންނެވެ. އެއީ 2002 ވަނަ އަހަރު ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗަކުންނެވެ. މެޗުން ރާއްޖެ ބަލިވީ، މެޗުގެ ދެވަނަ ހާފުގައި ލަންކާގެ ފުޓުބޯޅަ ލެޖެންޑް ކަސުން ޖަޔަސޫރިޔާ ޖެހި ހަމައެކަނި ލަނޑުންނެވެ.

ރާއްޖެ މި ވަގުތު ތާވަލުގެ ތިންވަނައިގައި އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އެވެ. ފުރަތަމަ މެޗު ނޭޕާލާ ދެކޮޅަށް ކުޅެ ބަލިވިއިރު، ދެވަނަ މެޗުން ވަނީ ބަންގްލަދޭޝް ބަލިކޮށް އުންމީދު އާކޮށްފަ އެވެ. ތާވަލުގެ ދެވަނައިގައި ބަންގްލަދޭޝް އޮތީ ތިން މެޗު ކުޅެގެން ހޯދި ހަތަރު ޕޮއިންޓާ އެކު އެވެ. އަދި ކުޅުނު ދެ މެޗުން ވެސް މޮޅުވެ ނޭޕާލް އޮތީ އެއްވަނައިގަ އެވެ. ދެ މެޗުން ލިބުނު ދެ ޕޮއިންޓާ އެކު އިންޑިއާ ހަތަރު ވަނައިގައި އޮތަސް އެ ޓީމަށް ވެސް ދެ މެޗު ބާކީ އެބައޮތެވެ. ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

ސާފް ޗެމްޕިއަންޝިޕުގައި ލަންކާ އަށް ރާއްޖެ ބަލިކުރެވިފައެއް އަދި ނުވެ އެވެ. މުބާރާތުގައި މި ދެޓީމު ހަތް ފަހަރު ބައްދަލުކުރިއިރު ރާއްޖެ ވަނީ ފަސް ފަހަރު މޮޅުވެފަ އެވެ. ބާކީ ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގައި އަޝްފާގު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: 10-0 އިން ރާއްކެ މޮޅުވި އެ މެޗުގައި އަޝްފާގު ވަނީ 6 ލަނޑު ޖަހައިފައި. -- ފޮޓޯ: ސަން އޮންލައިން

އެންމެ ފަހުން ބަންގްލަދޭޝްގައި 2018 ގައި ބޭއްވި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ލަންކާ އާއި ރާއްޖެ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ލަންކާ އާއި ރާއްޖޭގެ އިތުރުން އިންޑިއާއާ އެކު ތިން ޓީމު ހިމެނުނު ގުރޫޕުގެ ދެވަނަ އަދި ތިން ވަނައިގައި ރާއްޖެ އާއި ލަންކާ އޮތީ ޕޮއިންޓާއި ގޯލްގެ ތަފާތު އަދި ހެޑް ޓު ހެޑް ވެސް އެއްވަރު ވެފަ އެވެ. ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދާނެ ޓީމެއް ހޮވީ ގުރުލައިގެންނެވެ.

އޭގެ ކުރިން 2013 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގެ މެޗެއްގައި އެއް ޓީމަކުން އެންމެ ގިނަ ގޯލު ޖެހި ޓީމުގެ ރެކޯޑް ހަދައި، 10-0 އިން ރާއްޖެ ވަނީ ލަންކާ ބަލިކޮށްފަ އެވެ. އެ މެޗުގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ހަ ގޯލު ޖަހައިފަ އެވެ. އެކަމަކު ލަންކާގެ ފުޓުބޯޅަ އޭރާ ބަލާއިރު މިހާރު ތަފާތެވެ.

ރާއްޖޭގެ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ވެސް ވަނީ މި މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ފާހަގަކޮށްފަ އެވެ. އަކުރަމް ބުނީ، މިހާރުގެ ލަންކާ ޓީމަކީ މަސައްކަތުގެ ރޭޓް މަތި ޓީމެއް ކަމަށެވެ. އަދި ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން މޮޅަށް ކުޅުނު ލަންކާ ޓިީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަން ޕެރޭރާގެ ލީޑަޝިޕާއި ކުޅުމަށް ވެސް އަކޫ ވަނީ ތައުރީފްކޮށްފަ އެވެ.

ސްރީ ލަންކާ ޓީމުގެ ކީޕަރު ސުޖަން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން: އޭނާ ވަނީ މުބާރާތުގައި ލަންކާ ޓީމުގެ ޑިފެންސް އޮގަނައިޒް ކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު

މީގެ އިތުރުން ރާއްޖޭގެ ކޯޗު އަލީ ސުޒޭން ވަނީ، ލަންކާ ޓީމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިން އެބަތިބި ކަމަށާއި ހާއްސަކޮށް ޓީމުގެ ޑިފެންސްގެ ވަރުގަދަކަން ފާހަކޮށްފަ އެވެ. އެހެން ނަމަވެސް އިންޑިއާ އަށް ލަންކާ ކޮޅަށް ގޯލެއް ނުޖެހުނަސް، ލަންކާއާ ދެކޮޅަށް މިއަދު ކުޅޭ މެޗުގައި ރާއްޖޭގެ އެޓޭކިން އެޕްރޯޗް ތަފާތުވާނެ ކަމަށް ސުޒޭން ބުންޏެވެ.

ލަންކާ ގައުމީ ޓީމުގެ ކޯޗު އާމިރު އަލަގިޗް ވެސް ވަނީ މިއަދުގެ މެޗުގެ ކުރިން އޮތް ޕްރެސްގައި މިކަން ފާހަގަ ކޮށްފަ އެވެ.

މުބާރާތުގައި ވަރުގަދަ ބަންގްލަދޭޝް އަށް ލަންކާ އަތުން މޮޅުވެވުނީ ލިބުނު ޕެނަލްޓީއަކުންނެވެ. ދެވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު 3-2 އިން ބަލިވި ނަމަވެސް ލަންކާ ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ވަރުގަދަ އިންޑިއާ ހުއްޓުވައިފަ އެވެ.

ސްރީ ލަންކާ ޓީމުގެ ކޯޗު އަދި ޓެކްނިކަލް ޑިރެކްޓަރު އާމިރު އަލަގިޗް. -- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

ބައެއް ޓީމުގެ ކޯޗުންނާއި ކުޅުންތެރިން، ލަންކާ ޓީމަކީ އެގްރެސިވް ކުޅުމެއް ކުޅޭ ބަޔެކޭ ބުނާއިރު އަނެއް ބަޔަކު ބުނާގޮތުގައި ލަންކާ ކުޅެނީ ވަރަށް ފިޒިކަލް، ވަރަށް ޓެކްލް ގިނަ ނުރައްކާތެރި ގޭމެކެވެ. ނަމަވެސް ލަންކާގެ ކޯޗު އާމިރު އަލަގިޗް ބުނީ، ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ކުޅުވަނީ ތަފާތު ސްޓައިލްތަކަށް ކަމާއި، ކުޅުންތެރިން ކުޅުމުގެ ތަފާތު ސްޓައިލްތަކަށް ފަރިތަވުމުން އޭގެ ފައިދާ ޓީމަށް ކުރާނެ ކަމަށެވެ.

"ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި އަހަރެމެން ކުޅޭ ގޮތާއި ފޯމޭޝަން ބަދަލުކުރިން ހަތް ފަހަރު. ހުނަރުގެ ގޮތުން މާ ފެންވަރު ނެތަސް ސިކުނޑިން މިއާ ކުޅެން (ފުޓުބޯޅަ ކުޅެން) އަހަރެން އެބަ ދަސްކޮށްދެން ކުޅުންތެރިންނަށް،" އިންޑިއާއާ އެއްވަރުކުރި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އަލަގިޗް ބުންޏެވެ.

"ހަތަރު ކުޅުންތެރިން ތިބި (އަލަގިޗް ލަންކާ ޓީމާ ހަވާލުވިއިރު)، އަހަރެން ބުނާ ޕޮޒިޝަންތަކަށް އެއްގޮތަކަށް ވެސް ނުކުޅެވޭ. އެހެންވެ އަހަރެން ޓޯޓަލް ފުޓްބޯޅަ ފެށީ ލަންކާގައި. ޓޯޓަލް ފުޓްބޯޅައިގައި ކުޅުންތެރިޔާ ކުޅޭނެ ހުރިހާ މަގާމަކަށް ވެސް."

ސްރީ ލަންކާ އާއި ދިވެހި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.

19 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަޕޯޓަރ

10 October 2021

ބަލަންވީ ތަފާސްހިސާބަކަށް ނޫން. ކުރީގެ ދެމެޗުގައިވެސް ރާއްޖޭގެ ކުޅުން ވަރަށް ރަނގަޅު. އަދި ބަލިވި މެޗުން ބަލިވީވެސް މާބޮޑަށް ފެއާރޕްލޭ ވާން ދޫކޮށްލެވުމުން. އުއްމީދަކީ މިއަދުގެ މެޗުގައި އެގޮތަށް ދޫކޮށް ނުލާނެކަމަށް. އަދި ކުރީ ދެމެޗުގައި ކުޅުނު ފެންވަރުގައި އަދި މޮޅުވުމުގެ އަޒުމުގައި ހުރިހާ ކުޅުންތެރިން މަސައްކަތްކޮށްދޭނެ ކަމަށް. އަހަރެމެން ދިވެހި ސަޕޯޓަރުން އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ޓީމާއިއެކު ތިބޭނަން. ސާބަސް ދިވެހި ޓީމު.

The name is already taken The name is available. Register?

ޖޯޖްޕިއްލައެ

10 October 2021

ލަންކާ އިންޑިޔާ ޕާކިސްތާނަކީ ދުނިޔޭގެެ ފެންވަރުގެ ކްރިކެޓް ގައުމުތަކެއްނު. ކުޅުންތެރިންނަށް ބޮޑެތި ލީގުތަކުގައި ނުކުޅެވެންޏާ ފުޓްބޯޅައަކާއިގެން އެވަރަކުން އުޅެންވީ ކީއްވެގެންބާ.؟؟

The name is already taken The name is available. Register?

ޝޯމޭން

10 October 2021

އަދިވެސް މީހުން މާ ލަންކާވެގަނެގެން އުޅޭދޯ، ކޮމެންޓުކޮށްކޮށްފަ. ޕިސްޕިސްޕިސް. ކީކޭ ބުނާނީ.

The name is already taken The name is available. Register?

ވެޓެރަން

10 October 2021

"ތިންވަނަ ފަހަރު، މީ އެފަހަރު" އިރާދަކުރެއްވިއްޔާ އޭ ނުބުނޭ! އަނެއްކާ 1 ފަހަރު މޮޅުވިޔަސް، މިހެން ބުނަން ވެސް ދެރަވޭ، އެކަމަކުވެސް އެއޮއްވެގަންނަ ފޮންޏެއްވެސް! ޙަގީގަތުގައި އިންޑިވިޖުއަލީ ވަރަށް މޮޅެތި ކުޅުން ތެރިން ދިވެހި ޓީމުގައި އެބަތިބި. އެކަމަކު މިހާރު އޮއްސޭ ޢުމުރަށް ގޮސްފައި ތިބި ކުޅުންތެރިން ތަކެއް ވެސް އަރުވައިގެން ނާވެސް އެކު ޓީމު، ޓީމެއްގޮތަށް މޮޅަށް ކުޅެވޭތަނެއް ނުފެނޭ! އަދި ހަމަ ބުންވަރުގެ މައްސަލަވެސް މުޅި ޓީމަށް ބަލާއިރު ފާހަގަވޭ! ވީމާ، ބުނެވޭނީ ދިވެހި ޓީމު މުބާރާތު އެންމެ މޮޅު 1 ނުވަތަ 2 ގެ ތެރެއަކު މިފަހަރަކު ނުހިމެނެއޭ! ވާގޮތެއް ބަލަމާ ހިނގާ!

The name is already taken The name is available. Register?

ަސދފގފ

10 October 2021

ތިއޭ މައްސަލަ އަކީ. ހަމަ ތިކަހަލަ ފޮނި ކަނޑަން ޖެހޭނެތަ

The name is already taken The name is available. Register?

ޕިންޑޭ

10 October 2021

ތިންވަނަ ފަހަރު. މީއެފަހަރު.... ބަލިވާފަހަރު ):.

The name is already taken The name is available. Register?

ސުޕުން (އެމް ބީ އޭ)

10 October 2021

19 އަހަރު ގެ ނިމުން މިއަދު ގެންނާ ނަން ،

The name is already taken The name is available. Register?

ނެކްސްޓް

10 October 2021

ޢެއްމެޗުން މޮޅުވާއިރަށް ވާފޮންޏަކުން މައްސަލައަކީ

The name is already taken The name is available. Register?

ޑރ.ވިޖޭކުމާރު

10 October 2021

މިފަހަރު މީ އަހަރެމެން ފަހަރު.. ރާއްޖެ ބަލިކޮއްފައި ރަށަށްދާނީ.. އެއީ ތަށިލިބުން ކަހަލަކަމެއް..

The name is already taken The name is available. Register?

ޕްރޮފެސަރ އަޑުރެމެޓިކްސް

10 October 2021

ކަލޭ ހިތުން ތިއުޅެނީ މިވެސް ސިޔާސީ ކުރަންތަ؟ ނިކަން ދޭބަލަ މަގުފުޅާ ޓިނުގަނޑެއް ފެނޭތޯ.

The name is already taken The name is available. Register?

ސަލަމަ

10 October 2021

ލަންކާ ތިއީ ފްޓްބޯޅަ ރާޢްޖެއަށް ދަސްކޮންދިން މީހުން. ނަމަވެސް ހައިރާންވާ ކަމަކީ އެމީހުންގެ ކުޅިވަރުގެ އަޚްލާގް ދައްކަން. ބައެއްފަހަރު ހިތައްއަރާ އެމީހުން އެއުޅޭނީ ފްޓްބޯޅާކުޅެންތޯ ނުވަތަ ހަނގުރާމައެއްކުރަންތޯވެސް.

The name is already taken The name is available. Register?

ކީކޭ ބުނާނީ

10 October 2021

މަ ހީކުރީ ދަނޑުމަތީގަ އެމީހުން އަހުލާގު ދައްކާވާހަކަ ބުނިކަމަށް. ފަހުން މި އެނގުނީ ތިޔަ ބުނީ އެމީހުންގެ އަހުލާގު ދަށްވާހަކަކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454