އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި "ކުޑަކުދިންނަށް ހާއްސަ އިބުރަތްތެރި ދިވެހި ވާހަކަ ފޮތް ލިޔުމުގެ މުބާރާތު"ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތް މިއަދު ބާއްވައިފި އެވެ.

އެ ރަސްމިއްޔާތުގައި މުބާރާތުގެ ބައިވެރިންނަށް ހަނދާނީ ލިޔުމާއި ވަނަވަނައަށް ދިޔަ ފަރާތްތަކަށް ސެޓްފިކެޓާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އެ ރަސްމިއްޔަތުގެ ޝަރަފްވެރި މެހެމާން، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު، އާދަމް ނަސީރެވެ.

އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވިި ޖަލްސާ.
އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވިި ޖަލްސާ.

އެކްސެލް އިންޓަނޭޝަނަލް ސްކޫލުން ބޭއްވި އެ މުބާރާތުގައި ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށް ވާހަކަ ލިޔުމުގެ ގޮފިން އެއް ވަނަ ހޯދީ ސ. ހިތަދޫ، ކެމީ، ޒީނަތު ލަބީބެވެ. މި ގޮފީގެ އެއް ވަނަ އަށް އެ ސްކޫލުން ވަނީ 9000ރ. ގެ ފައިސާގެ އިނާމެއް ހުށަހަޅައިފަ އެވެ. އަދި ދެ ވަނަ އަށް 7000ރ. އަދި ތިން ވަނަ އަށް 5،000ރ. ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ. 

އެ މުބާރާތުގައި ހަތަރު އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށް ވާހަކަ ފޮތް ލިޔުމުގެ ގޮފިން އެއްވަނަ ހޯދީ، ފ. ބިލެއްދޫ ސަޒިއްޔާ މަންޒިލް، ސަޒިއްޔާ އަބްދުލްއަޒީޒެވެ. އެ ގޮފީގެ އެއް ވަނަ އަށް ވަނީ 8000ރ. ގެ ފައިސާގެ އިނާމެއް ހުށަހަޅައިފަ އެވެ.

އަދި ދެ ވަނަ އަށް 6000ރ. ހުށަހަޅާފައިވާ އިރު ތިން ވަނަ އަށް 4000ރ. ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ. 

އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވިި ޖަލްސާ.
އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވިި ޖަލްސާ.

އެކްސެލް އިންޓަނޭޝަނަލް އިން ބުނީ އެ މުބާރާތުގެ ބޭނުމަކީ އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ދިވެހިބަހުގެ ފެންވަރު ރަނގަޅުކުރަން އެހީތެރިވެދިނުމަށާއި ކުޑަކުދިން ޝައުގުވެރިވާ ފަދަ ފޮތްތަކެއް ދިވެހި ބަހުން އުފެއްދުން ކަމަށެވެ. އަދި މުޖުތަމައުގެ އަދަބީ އަދި އަހުލާގީ މިންގަނޑުތައް ހިފަހައްޓައި ރީތި ދިވެހި ބަހުން ލިޔެފައިވާ އިބްރަތްތެރި ވާހަކަތަކެއް ދަރިވަރުންނާ ހަމައަށް ގެނސްދިނުމާއެކު ދިވެހިބަހުން ވާހަކަ ލިޔުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ. 

އެކްސެލް އިންޓަނޭޝަނަލް އިން ބުނީ މުބާރާތުގެ ވަނަތަކަށް ދިޔަ ވާހަކަތައް ފޮތެއްގެ ސިފައިގައި ޗާޕުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ވާހަކަތަކުގެ އޯޑިއޯ، ވީޑިއޯ އާއްމުކޮށް ޝާއިއުކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ. 

މުބާރާތުގެ ބައިވެރިއަކަށް ހަނދާނީ ލިޔުން ދެނީ. -- ފޮޓޯ: އެކްސެލް އިންޓަނޭޝަނަލް
މުބާރާތުގެ ބައިވެރިއަކަށް ހަނދާނީ ލިޔުން ދެނީ. -- ފޮޓޯ: އެކްސެލް އިންޓަނޭޝަނަލް

އެކްސެލް އިންޓަނޭޝަނަލް ސްކޫލަކީ އުމުރުން 18 މަހާއި ހަ އަހަރާ ދެމެދުގެ ކުދިންނަށް ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލުގައި މިހާރު 800 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުންނެވެ. މި ސްކޫލަކީ އެމެރިކާގެ އިންޓަނޭޝަނަލް ކަރިކިއުލަމްއަށް ކިޔަވައިދޭ، އަގު ހެޔޮ ސްކޫލެކެވެ.

އެ ސްކޫލުގައި 18 މަހާއި 30 މަހާ ދެމެދު ކުދިންނަށް ޕްލޭ ސްކޫލްގެ ފީއަކީ 1290ރ. އެވެ. އަދި ބޭބީ ނާސަރީގެ އަގަކީ 1690ރ. އެވެ. އެ ސްކޫލުގެ ނާސަރީގެ ފީ އަކީ 1790ރ. އެވެ. އަދި އެލްކޭޖީގެ ފީގެ ގޮތުގައި 1890ރ. ކަނޑައަޅާފައި ވާއިރު ޔޫކޭޖީ ފީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1990ރ. އެވެ. އެކްސެލް އިންޓަނޭޝަނަލް އިން ޑިޕޮސިޓެއް ނުވަތަ ރިސޯސް ފީއެއް ނުނަގަ އެވެ. 

އެ ސްކޫލުގައި އިންޓަނޭޝަނަލް ކަރިކިއުލަމްގެ އިތުރުން، ގުރުއާން، އިސްލާމް، އަރަބި އަދި ދިވެހި ބަސް ކިޔަވައިދެ އެވެ. އަދި އެ ސްކޫލަކީ ފެންވަރު ރަނގަޅު ސްކޫލެއްގެ ގޮތުގައި ސްކޫލްގެ ބެލެނިވެރިން ފާހަގަކުރެ އެވެ. އެ ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރުން، ދަރިވަރުންނަށް ރިވެތި އަހުލާގާއި، ދިރިއުޅުމުގެ ހުނަރުތަކުގެ އިތުރުން، ދީނީ ކަންކަމަށް ލޯބިޖެއްސުމަށް ތަފާތު އެކި ހަރަކާތްތައް ހިންގަ އެވެ.