މިއީ ކޮންތާކުން އައިސްގެން އުޅޭ ބައެއްހޭ ވަރަށް ގިނަ މީހުން ބުނެފާނެ އެވެ؛ ސިއްހަތު ސަލާމަތުން ހުރި، ދުޅަހެޔޮ ގިނަ އަދަދެއްގެ ޒުވާނުން މާލޭގެ މަގުތަކުގައި ސަލާން ޖަހާ މަންޒަރު މިހާރު މި ވަނީ އާންމު ވެފަ އެވެ. އެ މީހުންގެ އަދަދު އެހާ ވެސް ގިނަ އެވެ.
27 މާޗް 2022 - 08:53
"ސައި ބޯލަން ދީބަލަ 10ރ،" މިއީ ވަރަށް ގިނައިން އިވޭ ވާހަކައެއް. މޫނު ބަލާލާއިރު، އޭނާ އަކީ ހަމަ ރަނގަޅަށް، ސިއްހަތު ސަލާމަތުން ހުރި މީހެކެވެ. ވަރަށް ގިނަ މީހުން ބުނާހެން، ދިވެހިންގެ ހިތްހެޔޮ ކަމުން އޭގެ ފައިދާ ސަލާން ޖަހާ މީހުން ވެސް ނަގަނީ އެވެ. އެކަމުން އެކަށީގެންވާ އާމްދަނީއެއް ލިބޭތީ ޖެހިގެން އަންނަ ދުވަހު ވެސް މަގުމައްޗަށް ނުކުންނަނީ އެވެ.
ވަރަށް ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މާލޭގެ މަގުތަކުގައި ސަލާން ޖަހާ ވަރަށް ގިނަ މީހުންނަކީ "ފޭކު" މީހުންނެވެ. އެ މީހުންގެ ވަރަށް ގިނަ ތަފާތު "ސްޓޯރީތައް" ހުރެ އެވެ. މިއަދު އެއް ވާހަކައެއް ދައްކައިފިއްޔާ ޖެހިގެން އަންނަ ދުވަހު ދައްކާނީ އެހެން ވާހަކަ އެކެވެ. މިއީ ވެސް އޭގެ ތެރެއިން އެކަކެވެ. އެ ބުނާ ބޭހެއް ކުރަން ދުވަހަކު ވެސް ފައިސާ ހަމައެއް ނުވި އެވެ.
މާލޭގައި ސަލާން ޖަހަނީ ވަކި ޒުވާނުން އެކަންޏެއް ނޫނެވެ. އުމުރުން ދުވަސްވީ މީހުންް ވެސް އެކަމުގައި ހަރަކާތްތެރިވެ އެވެ. އާންމުން ތުހުމަތުކުރާ ގޮތުގައި އޭގެ ތެރެއިން ހަމަ ވަރަށް ގިނަ އަދަދެއްގެ މީހުންނަކީ ޑްރަގްސް ގަންނަން ފައިސާ ހޯދުމުގެ ބޭނުމުގައި ސަލާން ޖަހާ މީހުންނެވެ. އޭގެ ބައެއް ހަގީގަތްތައް ވެސް އެބަހުއްޓެވެ. ސަލާން ޖަހަން ނުކުންނަ އިރު ވެސް ބައެއް މީހުން ތިބެނީ "ވެއްޓިފަ" އެވެ. ދިއްކޮށްގެން އިންނަ އަތަށް ލާރިކޮޅު ދޭ އިރު ވެސް އޭނާ އަކަށް ނޭނގެ އެވެ.
ޒުވާނުންގެ ބޮޑު އާބާދީއެއް ސަލާން ޖަހާތަން މީގެ ކުރިން ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. މި ޒުވާނާ އަކީ ވެސް "ހަމަ އެންމެ ބޭނުމެއްގައި ސަލާން ޖަހާ މީހެކެވެ". ކޮންމެ ދުވަހަކު ވެސް ތަފާތު ވާހަކައެކެވެ. އެކަމަކު، އެ ވާހަކަ އަށް ހަމްދަރުދީވެ، ހެޔޮ ނިޔަތެއްގައި އާންމުން ދޭ ފައިސާކޮޅު އޭނާ ގޮސް ހުސްކޮށްލަނީ އެހެން ބޭނުމެއްގަ އެވެ. އާންމުންނަށް ގިނަ ފަހަރު އޮންނަނީ ވާނުވަ ނޭނގިފަ އެވެ. ހަގީގަތް ގަބޫލުކުރަމާ ހިނގާށެވެ! ރައްކާތެރިވާށެވެ! މިގޮތަށް ތިބޭ ގިނަ މީހުންނަަށް ފައިސާ ދިނުމަށް ވުރެ ނުދިނުން ރަނގަޅެވެ.
މާލެ ތެރޭގައި ސަލާން ޖަހަން އުޅޭ ބައެއް ޒުވާނުންގެ ތެރެއިން އެއް ބަޔަކީ، ދާދިފަހުން މަސްތުވާތަކެތީގެ ކެފޭތައް ބަންދުކުރުމުން އެތަންތަނަށް ވަދެވޭނެ ގޮތް ނުވެގެން މަގުމައްޗަށް ގިނަވި ބައެއް ކަމަށް ވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ކާނެ، ބޯނެ ގޮތެއް ވެސް ނެތެވެ. "ފައިސާ ނެތިއްޔާ ކާނެ އެއްޗެއް ވިޔަސް ދޭށޭ" ބުނަނީ އެހެންވެ އެވެ.
ސިއްހަތު ސަލާމަތުން ތިބި އެތައް ބަޔަކު މަގުމަތިވެފައިވާ މައްސަލަ އަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލަ އެކެވެ. ހާއްސަކޮށް ޖަލުތައް ފުރިގެން، ކުދިކުދި ކުށްތަކުގައި ޖަލުގައި ތިބި މީހުން ދޫކޮށްލަން ފެށުމާ އެކު އޭގެ އުނދަގޫ ފޯރަނީ އާންމުންނަށެވެ. އޭގެ ތެރެއިން ގިނަ މީހުން ޖަލުން ނުކުންނަ އިރު ވެސް ތިބެނީ މުޖުތަމައަށް ނުކުމެވޭ ވަރުގެ ހާލަތެއްގައެއް ނޫނެވެ. އަޅާލާނެ ބަޔަކު ނެތެވެ. އެ މީހުން ބުނާގޮތުގައި ދެން އޮތީ މަގުމައްޗެވެ.
ގިނަ މީހުންގެ ވިސްނުން ބަދަލުވެއްޖެ އެވެ. އެހީ އަށް ދިއްކޮށްލާ އަތާ ދޭތެރޭ އެތައް ބަޔަކު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އެއީ ހަމަ ހަގީގަތުގައި ވެސް އެހީ ބޭނުންވާ މީހެއްތޯ، އާންމުންގެ ތެރެއިން އެތައް ބަޔަކު މިހާރު ޝައްކު އުފައްދަ އެވެ. ބޭސް ސިޓީ ދެއްކިޔަސް، ބޭސް ލިބޭނެކަން މިހާރު ކަށަވަރެވެ. ސައިބޯން ލާރިއެއް ދޭށޭ ބުނާއިރަށް، ސައިބޯން ހިނގާށޭ ބުނެ އެވެ. އެހެންވެ ސަލާން ޖަހާ މީހުން ވެސް މިހާރު ވަނީ އެހެން އުކުޅުތައް ބޭނުން ކުރަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮ އެދޭ ފަރާތެއް
28 March 2022
މީ މި މުޖްތަމައުގެ ކޮންމެ މީހެއް ޒިންމާ ނަގަންޖެހޭ ކަމެއް... ސަރުކާރު އެކަންޏެއް ނޫން.. މުޖްތަމައުގެ އެހީތެރި ކަމާއެކު މިފަދަ ކަންކަން ރަނގަޅު ކުރެވެން އޮތީ.. ވ.ބޮޑަށް މޭޗާ ވާން ޖެހޭ އެބަ
ވަހީދު
28 March 2022
ކޮންމެވެސް ސަބަބަކާ ހުރެ ވަޒީފާއެއް ނުލިބޭ މީހުން ވެސް އެބަތިބި. އެމީހުންނާއި ވާހަކަ ދައްކާލީމަ އޮޅުން ފިލާނެ.
ތުރުކުރުވާސް
28 March 2022
ސަލާންޖެހުމަކީ ފައިސާ ހޯދަން އެންމެ ފަސޭހަގޮތް. ގިނައިން ސަލާންޖަހަނީ ފަތްބޯ ޒުވާނުން. ނިކަމެތިންވެސް ސަލާން ޖަހާ. ގައިބާރުހުރި ވަރުގަދަ ފަލަ ގޮލަގޮލައިންވެސް ސަލާންޖަހާ ކާލަން ސައިބޯލަން ސަލާންޖަހައިގެން ފައިސާ ހޯދާ.
ހުތްއާދަނު
28 March 2022
ހަމަ އެކަނި އެމީހުންގެ ބޮަލަށް ޖެހިޔަސްނުވާނެ .މިއީ މުޅި ސަރުކާރު ޒިންމާ ނަގަންޖެހޭ ކަމެއް. އެކަމަކު ބަޔަކު ނުކުމެ ބަލަނީ. ބިދޭސީންގެ ހައްގުތައް ކަށަވަރުކުރަން . ކޮބާ ދިވެހީންގެ ހައްގު.
ހެހޭ
28 March 2022
ސްކޫލް ނިންމާފަ މަގުމައްޗަށް ނެރޭ ތައުލީމުގެ ނަތީޖާ. ފުރޭނިގެން އަމިއްލަ ދިރި އުޅުމާކުރިމަތި ލަނީ މަދު ޕަސެންޓެއް. ގައުމުގެ ތަރައްގީއަށް އޮތީ ވެލްވެފެއޜ ބަޖެޓު ބޮޑުކުރުމާއި ޖަލުތައް އިތުރުކޮށް ގައުމަށް ލޯލާރިއެއްވެސް ނުލިބޭގޮތަށް ބިދޭސިން ބޭނުން ވަރަކަށް މަސައްކަތްކޮށްގެން ލާރި ހޯދައިގެން އެމީހުންގެ ގައުމުގަ ސަލާން ޖހާ ރޭޓު ދަށްކުރުމަށް ދިވެހި ގައުމު އަމާޒު ހިފައިގެން އެމަގަށް ގައުމު ހިންގުން.
ހށނ
27 March 2022
ސަލާން ޖަހައިގެން ލާރިހޯދުމަކީވެސް ހުނަރެއް. ކުރީޒަމާނުގަކާނާ ހޯދަން މަސްހަކަތަ މުހިއްމު ރޯލެއް އަދާކުރިޔަސް އިންސާނީ ވިސްނުމުގެ އިންގިލާބާއި އެކު ދިރިއުޅެން ގައިބާރު އެއްގޮތަކަށްވެސް މުހިއްމު އެއްޗަކަށް ނުވޭ.
އެމްސް
27 March 2022
2 ކޮޅު ޖެހޭ އާމްދަނީގެ ވަޒީފާ ނެތީ، 3 ލައްކައެއްހާ ބިދޭސީން އެބަ އުޅޭ އެފަދަ ވަޒީފާތަކުގަ! ދިވެހިންނަށް އޮތީ ކުނިއުކާލުން އެކަނި، މުޅި ރޭޓެއިލް ޓްރޭޑްގަވެސް ތިބީ ހުސް ބިދޭސީން!
އިބުރާ
28 March 2022
ކުނި އުކާލުމަކީ "ހަޑި" ކަމަކީތަ؟ ބަލަގަ ތިގެއިންވެސް އުފެދޭ ހަޑި ސާފުކުރާ މީހުންނަކީ ކުނި އުކާ މީހުންނޭ. ވެމްކޯގަ ކުނި އުކަން ތިބޭ މީހުންނަށް މަހެއްގެ މައްޗަށް އެންމެ މަދުވެގެންވެސް މަހު މުސާރައަށް 10،000ރުފިޔާ ލިބޭނެ، ކުރިޔަށް އޮތީ ރޯދަ މަސް، ގައިމު މީހުން މަދުވެގެން އުޅޭނެ، އަވަހަށް އެކަމާ އުޅޭ. ކަންނެތްކަން ފިލައިގެން އާމްދަނީއެއް ލިބޭނީ. ބިދޭސީންގެ ވާހަކަ ނުދައްކާ. އެވެރިން ލާރި ހޯދަނީ ބުރަ މަސައްކަތުން.
ރާއްޖެ
27 March 2022
މަސްތުވާ ތަކެއްޗަކީ މި ގައުމު އެންމެ ފަސޭހައިން ގަންނަން ލިބޭ އެތި. ސަރުކާރުން ވެސް މި ބަލަނީ ޑިޓޮކްސިފިކޭޝަން ކިޔާ ސެންޓަރެއް ހެދޭތޯ. މި އެތެރެ ވުން ހުއްޓުވާކަށް މިކަމުން ޒުވާނުން ދުރުކުރަން މަސައްކަތެއް ނުކުރޭ.
އުފުރާލާ
27 March 2022
ޕޭވްމަންޓު މައްޗަށް ވެއްޓިގަނެގެން ތިބޭ މީހުން އުފުރާލަން ޖެހޭ! ސަލާން ޖެހިޔަސް ދެން އެއީ ބޮޑުވަރު!
އެޑްމުންޑޯ
27 March 2022
ވަޒީފާ އިތުރު ކުރިއަސް މިކަމެއް ރަގަޅުނުވާނެ ، މިއުޅެނީ ވަޒީފާ ނުލިބިގެންނެއްނޫން ، ބަސްތާ ބަސްތާ އަށް ޑްރަގު ގެންނަހާ ހިނދަކު ތިކަމެއް ނުހުއްޓޭނެ ، ތިސަލާންޖަހާ ޒުވާނުންނަކީ ޑްރަގުގެ ވަބާގައި ހަލާކްވެފައިވާ ކުދިންތަކެއް ، މީގެ ހިތާމަ އަކީ މިނިކަމަތި ކުދިން ޖަލަށް ލާ އެކިއެކި އަދަބުލީބޭކަން ، އަސްލު ޑްރަގު އެތެރެކޮށް ވިއްކާ މިފަދަ ޒުވާނުން މަގުއޮޅުވާލާ ޖައްބާރުން އެއުޅެނީ އުފަލުގައި އަރާމުގައި ،،، އެމީހުން ހައްޔަރުކުރިއަސް ދެމިގަންނާނެ ،