ބީއެމްއެލްއިން "ފިޔަވަތި"އަށް ކުޅޭ އެއްޗިއްސާއި ފޮތް ހަދިޔާކޮށްފި އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި ކިޔެވުމަށް ބޭނުންކުރާ ކުޅޭ ސާމާނާއި ވާހަކަ ފޮތާއި ކުލަޖައްސާ ފޮތާއި ކްރާފްޓް ސެޓާއި ބޯޑު ގޭމް އަދި ސްޓޭޝަނަރީސް އާއި ޕަޒްލް ވެސް ވަނީ ހަދިޔާކޮށްފަ އެވެ. މި ތަކެތި ހަދިޔާކޮށްފައި ވަނީ ބީއެމްއެލްގެ މުވައްޒަފުން މުޖުތަމައަށް ހެޔޮ ބަދަލެއް ގެނެއުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުންނެވެ.
ބީއެމްއެލް އަކީ މި ފަދަ އެކި އެހީތައް އެކި ތަންތަނަށް ފޯރުކޮށްދެމުން އަންނަ ތަނެކެވެ.
ފާއިތުވި އަހަރުގެ ރަމަޟާން މަހު ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ވަނީ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މޮމްސް އިން ހިންގާ "ހެލްޕް އަ ފެމިލީ" ޕްރޮގްރާމަށް އަސާސީ ކާބޯތަކެތީގެ އެހީތެރިކަންފޯރުކޮށްދީފަ އެވެ. އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ފާއިތުވި 3 އަހަރުގެ ރަމަޟާން މަހު ބޭންކުން ވަނީ އާކް އެއިޑް ޕްރޮގްރާމަށް ވެސް މާލީ އެހީ ދީފަ އެވެ.