ފޮޓޯގެލަރީ / ނަރެންދުރާ މޯދީ

އިންޑިޔާގެ ބޮޑުވަޒީރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުން

ހުސެއިން ވަހީދު

8 ޖޫން 2019

މާލެ: ޖޫން 8، 2019- ވެރިކަމާ ދެ ވަނަ ދައުރަކަށް ހަވާލުވެވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތުން. މޯދީ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު. އަދި މާލެ ވަޑައިގަތުމުން ޖުމްހޫރީ މައިދާނުން ރަސްމީ އިއްޒަތުގައި ވަނީ މަރުހަބާ ދަންނަވާފައި. މި މަރުހަބާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ދައުލަތުގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި.---ފޮޓޯތައް: ނިޝާން އަލީ، ހުސައިން ވަހީދު/ މިހާރު، ރައީސް އޮފީސް

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބަޔާނުގައި ބައިވެރިވެވަޑައިގަންނަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބަޔާން އަޑުއައްސަވަނީ---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ނޫސްވެރިންނަށް ބަޔާން ދެއްވަނީ---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ރައީސް އޮފީހުގައި ފޮޓޯފުޅަކަށް ހުއްޓިވަޑައިގެން---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ރައީސް އޮފީހުގައި ނޫސްވެރިންނަށް ބަޔާން އިއްވަނީ---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ރައީސް އޮފީހުގައި ދެ ގައުމުގެ ރަސްމީ މަޝްވަރާކުރައްވަނީ---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ރައީސް އޮފީހަށް ވެދެވަޑައިގަންނަވަނީ---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ރައީސް އޮފީހަށް ވަޑައިގެން މެހެމާނުންގެ ފޮތުގައި ސޮއި ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ރައީސް އޮފީހަށް ވަޑައިގެން މެހެމާނުންގެ ފޮތުގައި ސޮއި ކުރައްވާއިރު އަރިހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް.---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ރައީސް އޮފީހަށް ވަޑައިގަތުމުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މޯދީއަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު މާލެ ވަޑައިގަތުމުން ރަސްމީ ފާލަމުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މޯދީއަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ޖުމްހޫރީ މައިދާނުގައި ސިފައިންގެ ސަފުތައް ބައްލަވާލައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ޖުމްހޫރީ މައިދާނުގައި ސިފައިންގެ ސަފުތައް ބައްލަވާލައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު މާލެއަށް ފައިބާވަޑައިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއެކު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން، މޯދީއަށް ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު މާލެއަށް ފައިބާވަޑައިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއެކު ޖުމްހޫރީ މައިދާނަށް ވަޑައިގަންނަަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީއަށް މާބޮނޑިއެއް އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ބޯޓުން ފައިބާވަޑައިގަންނަވަނީ---ފޮޓޯ: ރައީސް އޮފީސް

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޯދީއަށް މަރުހަބާ ދެންނެވުމަށްފަހު ދެބޭފުޅުން ވީއައިޕީއަށް ވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޯދީއަށް މަރުހަބާ ދެންނެވުމަށްފަހު ދެބޭފުޅުން ވީއައިޕީއަށް ވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ރައީސް އޮފީހުގައި ފޮޓޯފުޅަކަށް ހުއްޓިވަޑައިގެން---ފޮޓޯ: ނިޝާން އަލީ/މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2021 Mihaaru · Terms and Conditions · Privacy Policy