އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް - ޖުލައި 25، 2025: އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑަައިގަތުން: ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާއެއް ދެންނެވީ ސީދާ ރައީސް މުއިއްޒު. މޯދީ ވަނީ މަތިންދާބޯޓުން ފައިބައިވަޑައިގެން ރައީސް މުއިއްޒާ އެކު ބައްދާލައްވައި ދެ ގައުމުގެ ގާތްކަން ހާމަކޮށްދެއްވައިފައި. މާދަމާގެ ނިޔަލަށް މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި މާލެ އިން ރަސްމީކޮށް އެ މަނިކުފާނަށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދުގެ މެންދުރު. ބޮޑުވަޒީރު މޯދީ ރާއްޖެ މި ވަޑައިގަތީ އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ސީދާ އެ ގައުމުން. މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު.--- ފޮޓޯތައް: ރައީސް އޮފީސް
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަން ދިވެހި ސަގާފީ ހަރަކާތެއް ހުށަހަޅާއިރު މޯދީ އާއި ރައީސް މުއިއްޒު އެ ހަރަކާތް ބައްލަވައިލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ ބޮޑުވަޒީރު މޯދީ އަށް މަރުހަބާ ދަންނަވަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ އެ ގައުމުގެ ބައެއް މީހުންނާ މޯދީ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަން ދިވެހި ސަގާފީ ހަރަކާތެއް ހުށަހަޅާއިރު މޯދީ އާއި ރައީސް މުއިއްޒު އެ ހަރަކާތް ބައްލަވައިލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީވީއައިޕީ ލައުންޖުގައި ރައީސް މުއިއްޒާ އެކު މަޑުކޮށްލައްވައިގެން.---ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ ބޮޑުވަޒީރު މޯދީ އަށް، ރައީސް މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާއެއް ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރާއްޖޭގެ ބައެއް މިނިސްޓަރުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓުން އެ މަނިކުފާނަށް ކުޑަކުއްޖަކު މާބޮނޑިއެއް އެރުވުމުން އެ ކުއްޖާއާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބައްދާލައްވަނީ.
ރާއްޖޭގެ ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބައްދާލައްވަނީ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ އަށް ރައީސް މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެން މަތިންދާބޯޓުން ފައިބައިވަޑައިގަންނަވާއިރު. އެ މަނިކުފާނަށް މަރުހަބާ ދަންނަވަން ރައީސް މުއިއްޒު ތައްޔާރުވެވަޑައިގެން ބޯޓު ކައިރީގައި.---ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެން މަތިންދާބޯޓުން ފައިބައިވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް