ފަޔާޒް މޫސާ
18 މާޗް 2022
މާލެ- މާޗް 17، 2022: ސްޕޯޓްސް މިނިސްޓްރީން އިންތިޒާމްކޮށްގެން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި 2019، 2020 އަދި 2021 ވަނަ އަހަރުގެ މުބާރާތްތަކާއި ކާމިޔާބީ އަށް ބަލާފައި ކުޅުންތެރިންނާއި އެތުލީޓުންނަށް ވަނީ އެވޯޑް ދީފައި. ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ތަރިން ބައިވެރިވި މި ހަފުލާގައި ކުޅިވަރަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދީފައިވާ ފަރާތްތަކަށް ވަނީ އެވޯޑު ދީފައި. ކުޅިވަރު ސަހުސިއްޔަތުގެ އެވޯޑް ހާސިލް ކުރީ ދުވުންތެރިޔާ ހަސަން ސާއިދު އާއި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ. މި ކުލަގަދަ ރަސްމިއްޔާތުގައި ބްރެޒިލްގެ ކުރީގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ނެދަލެންޑްގެސް ކުރީގެ ފުޓްބޯޅަ ތަރި އެޑްގާ ޑާވިޑްސް އަދި ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯގެ އިތުރުން އެކި ކުޅިވަރުތަކުގެ ޗެމްޕިއަނުންނާއި ލެޖެންޑުން ވަނީ ބައިވެރިވެފައި. -- ފޮޓޯތައް: ފަޔާޒު މޫސާ / މިހާރު
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ އެންމެ މޮޅު ކުޅިވަރު ސަހުސިއްޔަތުގެ އެވޯޑް ހޯދި ފާތިމަތު ނަބާހާ އާއި ސާއިދުގެ ފަރާތުން އެވޯޑާ ހަވަލުވި އެތުލެޓިކްސް ކޯޗު ހުސައިން ހަލީމް އަދި އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި މިނިސްޓަރު މަހްލޫފް ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅިވަރު ސަހުސިއްޔަތުގެ އެވޯޑް ހާސިލްކުރި ބާރު ދުވުންވެރިޔާ ހަސަން ސާއިދުގެ ފަރާތުން އެތުލެޓިކްސް ކޯޗު ހުސައިން ހަލީމް އެވޯޑާ ހަވާލުވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ އެންމެ މޮޅު އަންހެން ކުޅިވަރު ސަހުސިއްޔަތުގެ އެވޯޑް ހާސިލްކުރި ފާތިމަތު ނަބާހާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ސްޕޯޓްސް ވުމަން އޮފް ދި އިޔާގެ އެވޯޑަށް ނޮމިނޭޓުވި ތިން ކުޅުންތެރިންކަމަށްވާ ނަބާހާ އާއި ނަބީހާ އަދި ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ސްޓޭޖަށް އަރަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ސްޕޯޓްސް އެވޯޑުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ސްޓޭޖްގައި މަޑުކޮށްލައިގެން -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ސްޕެޝިއަލީ އޭބަލްޑް އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ބެޑްމިންޓަނުގެ ހައްވާ އީޝަލް ރިޔާޒުއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެންމެ އުއްމީދީ އަންހެން އެތުލީޓްގެ އެވޯޑް ލިބުނު ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް އަދި ދުވުންތެރިޔާ އާ އެކު ނައިބް ރައީސް ފައިސަލް ނަސީމް އަދި ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ބެޑްމިންޓަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ނަބާހާ އާ އެވޯޑު ހަވާލުކޮށްދެނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެންމެ މޮޅު ޓީޓީ ކުޅުންތެރިއަކަށް ހޮވުނު ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އަށް އެވޯޑު ހަވާލުކޮށްދެނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އަންހެން އެންމެ މޮޅު ވޮލީ ބޯޅަ ކުޅުންތެރިއަކަށް ހޮވުނު ހައްވާ ރާޝިދާއަށް ބްރެޒިލްގެ ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ) އެވޯޑު ހަވާލުކޮށްދެނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިއާގެ އެވޯޑް ލިބުނު ނަބާހާއަށް ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ އެވޯޑު ހަވާލުކޮށްދެނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެންމެ މޮޅު ސާފަރަކަށް ހޮވުނު ހުސެއިން އަރީފް (އިބޫ) އަށް ސްރީ ލަންކާގެ ސްޕޯޓްސް މިނިސްޓަރު ނަމާލް އެވޯޑް ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެންމެ މޮޅު ފިރިހެން ބިލިއާޑް ކުޅުންތެރިއަށް ހޮވުނު ހަސަން ޝާޒް މުހައްމަދުއަށް ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަން އޮސްޓްރިއާގެ އަލްބިން އޫޝާން އެވޯޑު ހަވާލުކޮށްދެނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެންމެ މޮޅު އަންހެން ފެތުންތެރިއަކަށް ހޮވުނު އައިޝަތު ސައުޝަން އަށް ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް އެވޯޑު ހަވާލުކޮށްދެނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި މާޒިޔާގެ ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕް)އަށް ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ގައުމީ އަންހެން ޓީމުގެ ކީޕަރު އާމިނަތު ލީޒާ ލިޒީ އަށް ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެއްވަނަ އޮންލައިން ސްޕޯޓްސް މީޑިއާގެ އެވޯޯޑް ހޯދީ "މިހާރު" ނޫހަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ މިހާރުގެ އެޑިޓަރު އިސްމާއީލް ނަސީރަށް އެވޯޑު ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެވޯޑްސް ހަފްލާގައި ހޮވި އެންމެ މޮޅު އެސޯސިއޭޝަނުގެ މަގާމު ލިބުނު ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީ)ގެ ރައީސް އަލީ ރަޝީދު އަށް ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ އެވޯޑް ހަވާލުކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ސްޕޯޓްސް އެވޯޑު ހަފްލާގައި ހަބޭސް އާއި ބިދާބިން ބޮޑުބެރު ގްރޫޕުން މުނިފޫހިފިލުވުމުގެ އައިޓަމެއް ހުށަހަޅައިދެނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ސްޕޯޓްސް އެވޯޑުގައި ނެދަލެންޑްގެސް ކުރީގެ ފުޓްބޯޅަ ތަރި އެޑްގާ ޑާވިޑްސްއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ސްޕޯޓްސް އެވޯޑުގައި ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަން އޮސްޓްރިއާގެ އަލްބިން އޫޝާންއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ސްޕޯޓްސް އެވޯޑުގައި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމްއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ސްޕޯޓްސް އެވޯޑުގައި ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ސްޕޯޓްސް އެވޯޑުގައި ބްރެޒިލްގެ މަސްހޫރު ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސްއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ކުޅިވަރުގެ ދާއިރާއަށް ހިދުމަތްކޮށް ދިނުމުގެ އެވޯޑް ހާސިލް ކުރި ފަރާތްތަކުގެ ތެރެއިން ކުރީގެ ސްޕޯޓްސް މިނިސްޓަރު ޑރ. ޒާހިރު ހުސެއިންއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވޯޑް ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ކުޅިވަރު ދާއިރާއަށް ހިދުމަތްކޮށް ދިނުމުގެ އެވޯޑް ހާސިލް ކުރި ފަރާތްތަކުގެ ތެރެއިން ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވޯޑް ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ރާއްޖެއަށް ކުޅިވަރުގެ އެކި ދާއިރާތަކަށް އެހީވެދޭ ބޭރުގެ ފަރާތްތަކަށް ދެއްވާ އެވޯޑު ސްރީ ލަންކާގެ ސްޕޯޓްސް މިނިސްޓަރު ނަމާލްއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ސްޕޯޓްސް އެވޯޑު ހަފްލާގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy