ފޮޓޯގެލަރީ / އީދު

ތާރީހީ އީދު ނަމާދު

އަހުމަދު ހަމްދޫން

2 މެއި 2022

ހުޅުމާލެ- މޭ 2، 2022: ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އެޗްޕީއޭ އިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅިގެން 2020 އާއި 2021 ގައި އީދު ނަމާދެއް ނުކުރޭ. ނަމަވެސް އެ ބަލި ކޮންޓްރޯލްވެ، ފިޔަވަޅުތައް ދޫކޮށްލާފައިވާތާ ދުވަސްތަކެއް ވުމުން، މި އަހަރުގެ ފިތުރު ނަމާދު ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވަނީ ކޮށްފައި. މި ތާރީހީ އީދު ނަމާދަށް ވަރަށް ގިނަ ބަޔަކު ހާޒިރުވި. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ގިނަ އަދަދަކަށް ހިމެނޭ. މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮތީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި. ހުޅުމާލޭގައި ވެސް ސްޓޭޑިއަމްގައި އަދި ވިލިމާލޭގައި ބޮޑު ޖަމާއަތް އޮތީ ފުޓްބޯޅަ ދަނޑުގައި.---ފޮޓޯތައް: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ކުރި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ޑރ. އިޔާޒް އަބްދުއްލަތީފް އީދު ހުތުބާ ވިދާޅުވަނީ: އާއިލީ އަދި އެ ނޫން ވެސް ގުޅުންތައް ބަދަހިކުރަން ހުތުބާގައި ގޮވައިލި. އަދި އީދުގެެ އުފަލުގައި ފަގީރުންނާއި މިސްކީނުން ވެސް ބައިވެރިކޮށް، އީދުގެ އުފާ އެ މީހުންނަށް ފޯރުކޮށްދޭން ވެސް އިލްތިމާސްކުރި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ހެދި ބޮޑު ޖަމާއަތަށް ފިތުރު އީދު ނަމާދަށް ދިޔަ އަންހެނަކު ކުޑަކުއްޖަކު އުރާލައިގެން ދަނީ: ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އީދު ނަމާދު ކުރުމުން ގިނަ ބަޔަކު އެ އަޅުކަމުގައި ބައިވެރިވި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ހެދި ބޮޑު ޖަމާއަތަށް ފިތުރު އީދު ނަމާދަށް ދިޔަ ބަޔަކު ކުޑަކުދިންތަކެއް ގޮވައިގެން ދަނީ: ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އީދު ނަމާދު ކުރުމުން ގިނަ ބަޔަކު އެ އަޅުކަމުގައި ބައިވެރިވި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ކުރި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ގެންދިޔަ ކުޑަކުއްޖަކު "މިހާރު" ގެ ކެމެރާ އަށް ބަލަހައްޓައިގެން: އީދު ނަމާދަށް ކުޑަކުދިން ގެންދަން ބެލެނިވެރިން ވަރަށް ބޮޑު އިސްކަމެއް ދޭ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ކުރި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ދެ އަންހެނަކު ދަނީ: އީދު ނަމާދުގައި ބައިވެރިވާން ވަރަށް ގިނަ އަންހެނުން އިސްކަންދޭކަން ފާހަގަކުރެވޭ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ކުރި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ފަހު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބްރިޖެއްގެ މަތިން ބަޔަކު ހިނގާފައި ދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ކުރި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ކުޑަކުއްޖަކު ގޮވައިގެން ދަނީ: އީދު ނަމާދަށް ކުޑަކުދިން ގެންދަން ބެލެނިވެރިން ވަރަށް ބޮޑު އިސްކަމެއް ދޭ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ކުރި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ކުޑަކުއްޖަކު ގޮވައިގެން ޒުވާނަކު ދަނީ: އީދު ނަމާދަށް ކުޑަކުދިން ގެންދަން ބެލެނިވެރިން ވަރަށް ބޮޑު އިސްކަމެއް ދޭ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ކުރި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ދިޔަ މީހަކު މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ކުރި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ބަޔަކު ދަނީ: އީދު ފާހަގަކުރާއިރު، އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަކީ ނިއުމަތްތަކަށް ﷲ އަށް ޝުކުރުވެރިވުމަށް.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ހެދި ބޮޑު ޖަމާއަތަށް ފިތުރު އީދު ނަމާދަށް ދިޔަ ބަޔަކު ކުޑަކުދިންތަކެއް ގޮވައިގެން ދަނީ: ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އީދު ނަމާދު ކުރުމުން ގިނަ ބަޔަކު އެ އަޅުކަމުގައި ބައިވެރިވި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ހެދި ބޮޑު ޖަމާއަތަށް ފިތުރު އީދު ނަމާދަށް ދިޔަ މީހުން އިށީނދެގެން: ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އީދު ނަމާދު ކުރުމުން ގިނަ ބަޔަކު އެ އަޅުކަމުގައި ބައިވެރިވި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ: މިއަދުގެ އީދު ހުތުބާގައި، އާއިލީ އަދި އެ ނޫން ވެސް ގުޅުންތައް ބަދަހިކުރަން ގޮވައިލި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ކުރި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ދިޔަ ދެ އަންހެނަކު އީދު ސަލާމް ކުރަނީ: އީދު ދުވަހަކީ އެކުވެރިކަމާއި އާއިލީ ގުޅުން ބަދަހިކުރަންޖެހޭ ދުވަހެއް.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ކުރި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ގެންދިޔަ ކުޑަކުއްޖެއްގެ ބުރުގާ ރަނގަޅު ކޮށްދެނީ: ވަރަށް ގިނަ ކުޑަކުދިން ވެސް މިހާރު އީދު ނަމާދަށް ގެންދޭ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ކުރި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ދިޔަ ބަޔަކު ކުޑަކުއްޖަކާއެކު ސެލްފީއެއް ނަގަނީ: ވަރަށް ގިނަ ކުޑަކުދިންނާއި އަންހެނުން ވެސް މި އީދު ނަމާދަށް ދިޔަ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ: މިއަދުގެ އީދު ހުތުބާގައި، އާއިލީ އަދި އެ ނޫން ވެސް ގުޅުންތައް ބަދަހިކުރަން ގޮވައިލި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ހެދި ބޮޑު ޖަމާއަތަށް ފިތުރު އީދު ނަމާދަށް ދިޔަ މީހުން އިށީނދެގެން: ހުޅުމާލޭގެ އިތުރުން މާލެ އާއި ވިލިމާލޭގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮތް.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ހެދި ބޮޑު ޖަމާއަތަށް ފިތުރު އީދު ނަމާދަށް ދިޔަ މީހުން އިށީނދެގެން: ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އީދު ނަމާދު ކުރުމުން ގިނަ ބަޔަކު އެ އަޅުކަމުގައި ބައިވެރިވި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ހެދި ބޮޑު ޖަމާއަތަށް ފިތުރު އީދު ނަމާދަށް ދިޔަ މީހުން އިށީނދެގެން: ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އީދު ނަމާދު ކުރުމުން ގިނަ ބަޔަކު އެ އަޅުކަމުގައި ބައިވެރިވި.---ފޮޓޯ: ނިޝާން އަލީ| މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2024 Mihaaru · Terms and Conditions · Privacy Policy