ފޮޓޯގެލަރީ / ޓޫރިޒަމް

އޮނުގަސް ހޮޓަލުގެ ރީތިކަން

ފަޔާޒް މޫސާ

29 މެއި 2023

ވ. ތިނަދޫ - މެއި 29، 2023: މި ރަށުގައި ހިންގާ އީކޯބޫ ހޮޓާ ފެނުމުން ވެސް މިއީ އާދައިގެ ހޮޓަލެއް ނޫންކަން ޔަގީން ވަނީ ހޮޓަލުގެ ކޮންމެ ދިމާލަކުން ވެސް ފެންނަ ތިމާވެއްޓާ ރައްޓެހި މަންޒަރުތަކުން. ހޮޓަލުގެ ބޭރުން އޮނުގެ ރީތި ޑިޒައިންތަކާ އެކު، މުޅި ސަރަހައްދުން ފެންނާނީ ރާއްޖޭގެ ރީތިކަން. ގާތްގަނޑަކަށް 12 ވަޑިންނާ އެކު އީކޯބޫގެ 26 ކޮޓަރީގެ މުޅި ސްޓްރަކްޗާ ހެދުމުގެ މަސައްކަތް ފެށިއިރުއެ ހޮޓަލުގައި 6،000 ވަރަކަށް ގަހުގެ އޮނު ބޭނުންކުރި. ކޮޓަރިތަކުގެ އެނދާއި މޭޒާއި އަލަމާރި އާއި ޓޮއިލެޓްރީ ފުޅިތަކާއި ރެސްޓޯރެންޓްގެ މޭޒާއި ގޮޑިތައް ވެސް ހަދާފައި ވަނީ އޮނު ބޭނުންކޮށްގެން. އީކޯބޫ އިން ބޭނުން ވަނީ ރާއްޖޭގެ އެންމެ ހިތްގައިމު ރީތިކަން ތިމާވެއްޓާ ރައްޓެހި ގޮތަކަށް ޓޫރިސްޓުންނަށް ތަޖުރިބާ ކޮށްދިނުމަށް.--- ފޮޓޯތައް: ފަޔާޒް މޫސާ | މިހާރު

އީކޯބޫ ހޮޓަލުގެ ބޭރު: ހޮޓަލުގެ 80 ޕަސެންޓް އިމާރާތުގައި ބޭނުން ކޮށްފައިވަނީ އޮނު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީކޯބޫގެ ރިސެޕްޝަންގެ ބޭރު: ދެ ފަރާތުން އޮނު ވޯކްވޭއެއް ހަދާފައިވާ މި ތަނުގެ ތަޅުންގަނޑުގައި ބޭނުންކޮށްފައި ވަނީ ސުނާމީގައި ތިނަދު އަށް ލެއްގި ބޮޑު ގަހެއްގެ ބައިބައި ފޮތިކޮށްގެން. --- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އީކޯބޫގެ ކޮޓަރިއެއްގެ ފާހާނާ: ފާހާނާތަކުގައިގެ ވެސް ބޭނުންކޮށްފައިވަނީ އޮނު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީކޯބޫގެ "ކޮކްނަޓް ސުއިޓް" ކޮޓަރިއެއް: އެ ހޮޓަލުގައި ހަތަރު ކެޓަގަރީގެ ކޮޓަރިތައް ހުންނައިރު، މިއީ ބީޗު ވިއު ކޮޓަރިއެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހަރު

އީކޯބޫގެ ހިއްސާދާރު ހޫގޯ ޕެޑްރޯސާ: އޭނާ އަންނަނީ ހޮޓަލުގެ ހުރިހާ މަސައްކަތެއްގައި އެންމެ އިސްކޮށް ހުންނެވީ އޭނާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީކޯބޫގެ އެއްހިއްސާދާރު ހޫގޯ ޕެޑްރޯސާ އެ ހޮޓަލުގެ ރިސެޕްޝަން ސަރަހައްދުގައި ފޮޓޯއަކަށް ހުއްޓި ވަޑައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީކޯބޫގެ ރެސްޓޯރެންޓްގައި ބަހައްޓަން އޮނުން ތައްޔާރުކޮށްފައިވާ ގޮނޑިއެއް. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީކޯބޫގެ ރޫފް ޓޮޕް ރެސްޓޯރެންޓްގައި ލައިޓް ހަރުކޮށްފައިވާ އޮނެއް އެލުވާފައި: މި ހޮޓަލުގައި ހުރިހާ ކަމެއް ބައްޓަންކޮށްފައި ވަނީ ތިމާވެއްޓަށް ހާއްސަ އިސްކަމެއް ދީގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަންނައުނު އަޅުވަން ބޭނުންކުރަން އީކޯބޫ އިން އޮނުން ހަދާފައިވާ ކޮނޑެއް: މި ހޮޓަލުގައި ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބޭނުން ކުރަނީ ބިއްލޫރި ފެންފުޅި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީކޯބޫގެ "ބެމްބޫ ލޮފްޓް" ކޮޓަރިއެއްގެ ބޭރު: މި ހޮޓަލުގެ ގިނަ ތަކެތި ތައްޔާރު ކޮށްފައި ވަނީ އޮނުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީކޯބޫގެ "ކޮކްނަޓް ސުއިޓް" ކޮޓަރިއެއް: އެ ހޮޓަލުގައި ހަތަރު ކެޓަގަރީގެ ކޮޓަރި ހުރޭ.--- ފޮޓޯ: ފަޔާޒް މޫސާ/ މިހަރު

އީކޯބޫގެ "ބެމްބޫ ލޮފްޓް" ކޮޓަރިއެއް: އެ ހޮޓަލުގައި ހަތަރު ކެޓަގަރީގެ ރޫމް ހުރޭ. -- ފޮޓޯ: ނިޝާން އަލީ | މިހަރު

އީކޯބޫގެ ރިސެޕްޝަން ސަރަހައްދު: މި ސަރަހައްދުގައި ވެސް ވަށައިގެން އޮނު ޖަހާފައި ހުންނައިރު ފަރުނީޗަރުތައް ވެސް ހަދާފައިވަނީ އޮނުގަހުން -- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

އީކޯބޫ ހޮޓަލުގެ ބީޗުގައި ހިތުގެ ބައްޓަމަށް އޮނުން ހަދާފައިވާ ފްރޭމެއް: ޓޫރިސްޓުން ފޮޓޯ ނަގަން މި ފްރޭމް ބޭނުންކުރޭ. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީކޯބޫގެ ބީޗް ސަރަހައްދުގައި ހުންނަ ރެސްޓޯރެންޓް: އެ ހޮޓަލުގައި ދެ ރެސްޓޯރެންޓް ހުރޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީކޯބޫގެ ރޫފް ޓޮޕް ރެސްޓޯރެންޓް: އެ ހޮޓަލުގައި ދެ ރެސްޓޯރެންޓް ހުރޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީކޯބޫގެ "އޯކިޑް ޑަބަލް" ކޮޓަރިތައް: އެ ކެޓަގަރީގެ ކޮޓަރިތައް ހުންނަނީ ބަގީޗާ ފެންނަ ގޮތަށް.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީކޯބޫ ހޮޓަލުގެ ބީޗު ސަރަހައްދުގައި ހަދާފައިވާ ވޯކްވޭއެއް: އެ ހޮޓަލުގައި ބޭނުންކުރާ ގިނަ ތަކެތި ހަދާފައި ވަނީ އޮނު ގަހުން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީކޯބޫގެ "ބެމްބޫ ލޮފްޓް" ކޮޓަރިއެއް: އެ ހޮޓަލުގައި ހަތަރު ކެޓަގަރީގެ ކޮޓަރީގެ ހުރޭ.--- ފޮޓޯ: ފަޔާޒް މޫސާ | މިހަރު

އީކޯބޫގެ ބީޗް ސަރަހައްދުގައި ޓޫރިސްޓަކު އިށީނދެގެން: އެ ހޮޓަލަށް ކުޑަ ދުވަސްކޮޅެއްގައި ޓޫރިސްޓުންގެ ބޮޑު މަގުބޫލް ކަމެއް ވަނީ ލިބިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީކޯބޫގެ ހޮޓަލުގައި މަސައްކަތް ކުރާ ސްރީ ލަންކާގެ މުވައްޒަފަކު ކޮޓަރިއެއް ސާފުކޮށް، އެނދު އަޅަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީކޯބޫގެ ރެސްޓޯރަންޓްގައި މަސައްކަތްކުރާ ބޭރު ވެއިޓަރަކު ގެސްޓުންނަށް މެންދުރުގެ ކެއުން ގެންގޮސް ދެނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީކޯބޫ ހޮޓަލަށް ބޭނުންވާ 30 ކިލޯވޮޓްގެ ކަރަންޓު އުފައްދާ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު ރައްކާކުރާ ބެޓެރީތައް މަސައްކަތްކުރާ ގޮތް، އެ ހޮޓަލުގެ ހިއްސާދާރު ހޫގޯ ޕެޑްރޯސާ "މިހާރު" އަށް ވިދާޅުވެދެއްވަނީ. --- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy