ޓޫރިޒަމް ދުވަހުގެ ގާލާ ނައިޓް
މާލެ - އޮކްޓޫބަރު 12، 2023: ގައުމީ ފެންވަރުގައި މި އަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި "ޓޫރިޒަމް ޑޭ ގާލާ ނައިޓް". މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ވަރަށް ގިނަ ބަޔަކު ބައިވެރިވި. އަދި ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމުގެ އިސް މޭސްތިރިންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ހަފުލާ އަށް ވަޑައިގެންނެވި. ޓޫރިޒަމް އެވޯޑް ހަވާލުކުރުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަައް ވެސް ކުރިއަށް ގެންދިޔަ މި ގާލާ ނައިޓްގައި މިދިޔަ އަހަރުގެ "ރިސޯޓު އޮފް ދަ އިޔާ އެވޯޑް" މަގާމު ހޯދީ ޖޯލި މުރަވަންދޫ ރިސޯޓް. ރިސޯޓު އޮފް ދަ އިޔާގެ އިތުރުން އެ ރިސޯޓަށް ވަނީ ކޯޕަރޭޓް ސޯޝަން ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ހަރަކާތްތައް އެންމެ ކާމިޔާބު ކަމާ އެކު ހިންގާ އެވޯޑް ވެސް ލިބިފައި.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
ރާއްޖޭގެ ޓޫރިޒަމް ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރަން ބޭއްވި ގާލާ ނައިޓްގައި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމާއި ޓޫރިޒަމްގެ ދެ ބާނީން ކަމަށްވާ ޗަމްޕާ އަފީފާއި އެމްޔޫ މަނިކު އަދި އެ ބޭފުޅުންނާ އެކު އެ ދުވަސްވަރު އުޅުއްވި މިހާރުގެ ހެލްތު މިނިސްޓަރު ނަސީމް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ބައެއް މީހުން "ޓޫރިޒަމް ޑޭ ގާލާ ނައިޓް" ގައި ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އެމްޔޫ މަނިކު (ވ) އާއި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ގައުމީ ފެންވަރުގައި ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ހަފުލާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރާއްޖޭގެ ޓޫރިޒަމް ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރަން ބޭއްވި ގާލާ ނައިޓްގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ތޯހާ (ކ) ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރާއްޖޭގެ ޓޫރިޒަމް ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރަން ބޭއްވި ގާލާ ނައިޓްގައި ޓޫރިޒަމް ދާއިރާގެ އިސްބޭފުޅެއް ކަމަށްވާ ނަޒީރު (ވ) އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ޗަމްޕާ ހުސައިން އަފީފް (ކ) އާއި ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އެ ބޭފުޅާއާ އެކު އިސް ދައުރެއް އަދާކުރެއްވި މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ގައުމީ ފެންވަރުގައި ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ހަފުލާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޓޫރިޒަމް މިނިސްޓްރީން ދޭ އެވޯޑެއް ހަވާލު ކުރަނީ: ޓޫރިޒަމް ދާއިރާގެ ގިނަ ކެޓަގަރީތަކަކުން، ގައުމީ ފެންވަރުގައި ފާހަގަކުރި ރާއްޖޭގެ ޓޫރިޒަމް ދުވަހުގެ ގާލާ ނައިޓްގައި އެވޯޑް ދިން.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެންމެ މޮޅު ރިސޯޓުގެ އެވޯޑު ލިބުނު ޖޯލި މުރަވަންދޫ ރިސޯޓާ އެވޯޑް ހަވާލުކުރަނީ-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އެމްޔޫ މަނިކު، ޓޫރިޒަމް ދާއިރާގެ ހިދުމަތްތެރިއަކަށް އެވޯޑެއް ހަވާލު ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ޗަމްޕާ ހުސައިން އަފީފް، ޓޫރިޒަމް ދާއިރާގެ ހިދުމަތްތެރިއަކަށް އެވޯޑެއް ހަވާލު ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެންމެ މޮޅު ވޯޓާ ސްޕޯޓްސް ސެންޓަރުގެ މަގާމު ހޯދި "އޯޝަން ގްރޫޕް" އާ ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި މިހާރުގެ ހެލްތު މިނިސްޓަރު ނަސީމް އެވޯޑް ހަވާލުކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެންމެ މޮޅު ޑައިވް ސެންޓަރު މަގާމު ހޯދި "ރަސްދޫ ޑައިވާސް ކުރަމަތި" އާ ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި މިހާރުގެ ހެލްތު މިނިސްޓަރު ނަސީމް އެވޯޑް ހަވާލުކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހި އަންހެނަކު "ޓޫރިޒަމް ޑޭ ގާލާ ނައިޓް" ގައި ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގައުމީ ފެންވަރުގައި މި އަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި "ޓޫރިޒަމް ޑޭ ގާލާ ނައިޓް" ގައި ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި މިހާރުގެ ހެލްތު މިނިސްޓަރު ނަސީމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބޯޓިން އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ހަމީދު (ކ) "ޓޫރިޒަމް ޑޭ ގާލާ ނައިޓް" ގައި ބައިވެރިވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގައުމީ ފެންވަރުގައި މި އަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި "ޓޫރިޒަމް ޑޭ ގާލާ ނައިޓް" ގައި ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އެމްޔޫ މަނިކު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގައުމީ ފެންވަރުގައި މި އަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި "ޓޫރިޒަމް ޑޭ ގާލާ ނައިޓް" ގައި ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ޗަމްޕާ ހުސައިން އަފީފު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހި އަންހެނަކު "ޓޫރިޒަމް ޑޭ ގާލާ ނައިޓް" ގައި ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގައުމީ ފެންވަރުގައި މި އަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި "ޓޫރިޒަމް ޑޭ ގާލާ ނައިޓް" ގައި އެމްއެމްޕީއާރުގެ އެމްޑީ ތޮއްޔިބު މުހައްމަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގައުމީ ފެންވަރުގައި މި އަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި "ޓޫރިޒަމް ޑޭ ގާލާ ނައިޓް" ގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޓޫރިޒަމް ޑޭ ގާލާ ނައިޓްގައި، ޖޯލި މުރަވަންދޫ ރިސޯޓްގެ ޖެނެރަލް މެނޭޖަރު އެންވަރު އާސްލާން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެންމެ މޮޅު ރިސޯޓުގެ އެވޯޑް، ޖޯލި މުރަވަންދޫ ރިސޯޓްގެ އިސްބޭފުޅަކާ، ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ހަވާލު ކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު