ރާއްޖޭގެ ރީތިކަން ކެމެރާގެ ލެންސުން
ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނެކޭ އެއް ފަދައިން އަޅުގަނޑުމެން ދިވެހިންގެ ކެމެރާތަކުގައި ވެސް އެންމެ ގިނައިން ރައްކާކުރެވެނީ ރާއްޖޭގެ ކަނޑުފަޅާއި ފަރުތަކާއި ރަށްތަކުގައިވާ ގުދުރަތީ ރީތި ކަމާއި އެކި ވަގުތުތަކަށް އުޑުމަތީގައި ފެވެމުންދާ އެކި ކުލައިގެ ހިތްގައިމު މަންޒަރުތައް.
ޅ.އޮޅުވެލިފުށީ ތުނޑިއާ ދިމާލުން ހޭޅިފަށުގައި ހެދިފައިވާ މަގޫ ގަސްތަކާއި ފެހަނޑަ ވެޔޮތަކުން އެތާނގެ ވެލިގަނޑު ފޮރުވާލާފައި. ރާއްޖޭގެ ކޮންމެ ރަށަކުން ގުދުރަތީ ރީތި މަންޒަރުތައް ފެނޭ. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
ޅ. އޮޅުވެލިފުށީ ހޭޅިފަށުގައި ހެދި ނިކަގަސްތަކެއްގެ އަޅޯތައް މޫދާ ދިމާލަށް ފައިބައިފައި. ރާއްޖޭގެ ރަށްރަށުގެ ވަލުތެރެއިން ވެސް ރީތި ހިތްގައިމު މަންޒަރުތައް ފެނޭ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު
ޅ. އޮޅުވެލިފުށީ ހޭޅިފަށުގައި ހެދިފައި ހުރި ނިކަގަސްތަކެއްގެ އަޅޯތައް މޫދާ ދިމާލަށް ފައިބައިފައި. ރާއްޖޭގެ ރަށްރަށުގެ ވަލުތެރެއިން ވެސް ރީތި ހިތްގައިމު މަންޒަރުތައް ފެނޭ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު
ޅ. އޮޅުވެލިފުށީ ހޭޅިފަށުގައި ހެދިފައި ހުރި ނިކަގަސްތަކެއްގެ އަޅޯތައް މޫދާ ދިމާލަށް ފައިބައިފައި. ރާއްޖޭގެ ރަށްރަށުގެ ވަލުތެރެއިން ވެސް ރީތި ހިތްގައިމު މަންޒަރުތައް ފެނޭ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު
ބ. އަތޮޅުގެ ކުޑަ ފަޅުރަށެއްގެ އެއް ފަރާތުގައި ދިގު ތުނޑިއެއް އޮތް އިރު އަނެއް ފަރާތުން ރަށުގެ ބޮޑުބައެއް ގިރާލައި ބައެއް ގަސްތައް މަރުވެފައި. ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތި ކަމަށް ގެއްލުންތަކެއް ލިބޭ. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު / މިހާރު
ބ. އަތޮޅުގެ ފަޅުރަށެއްގެ ބޮޑުބައެއް ގިރާލައި ބައެއް ގަސްތައް މަރުވެފައި. ތިމާވެށީގެ މައްސަލަތަކުން ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމަށް ވެސް ގެއްލުން ލިބޭ. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު / މިހާރު
ބ. އަތޮޅުގެ ފަޅުރަށެއްގެ އަތިރިމަތީގެ ދޮން ވެލިގަނޑާއި ސާފު މޫދު. ރާއްޖެއަކީ ގުދުރަތީ މިފަދަ ރީތި މަންޒަރުތަކުން މުއްސަނދި ގައުމެއް. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު / މިހާރު
ބ. އަތޮޅު ފަޅުރަށެއްގެ ސާފު ދޮންވެލިގަނޑާ ދިމާލަށް ރުކެއްގެ ހިކި ފަނެއް އެލިފައި. ރާއްޖެއަކީ ގުދުރަތީ މިފަދަ ރީތި މަންޒަރުތަކުން މުއްސަނދި ގައުމެއް. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު / މިހާރު
ބ. އަތޮޅުގެ ފަޅުރަށެއްގެ ގޮނޑުދޮށުގެ ދޮންވެލިގަނޑުގެ ތެރެއިން މަރުވެއިވާ ދެ ރުކެއްގެ ގަސްގަނޑު. ރާއްޖެއަކީ ގުދުރަތީ މިފަދަ ރީތި މަންޒަރުތަކުން މުއްސަނދި ގައުމެއް. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު / މިހާރު
މާލެ އަތޮޅު ރިސޯޓެއްގެ އުރަފަށުގައި ދެ މީހަކު ސްނޯކްލިން ކުރަނީ: ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކުން އުފާވެރިކަން ހޯދުމަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮންމެ އަހަރަކު ވެސް ރާއްޖެ އާދެ. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު / މިހާރު
ރާއްޖޭގެ ހިތްގައިމު ރަށްތަކުގެ ތެރެއިން ވެސް އެތައް ގޮތަކުން ފާހަގަކޮށްލެވޭ ފުވައްމުލަކުގެ ގޮނޑުދޮށުން ފެންނަ އާދަޔާ ޚިލާފު ބޮޑު އަކިރިތައް. ރާއްޖެއަކީ ގުދުރަތީ މިފަދަ ރީތި މަންޒަރުތަކުން މުއްސަނދި ގައުމެއް. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު / މިހާރު
ބ. އަތޮޅުގެ ފަޅުރަށެއްގެ އަތިރިމަތީގެ ދޮން ވެލިގަނޑާއި ސާފު މޫދު. ރާއްޖެއަކީ ގުދުރަތީ މިފަދަ ރީތި މަންޒަރުތަކުން މުއްސަނދި ގައުމެއް. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު / މިހާރު
ވ. އަތޮޅު ފަޅުރަށެއްގެ މޫދާއި ފުން ވިލުގެ ދުރުން ކައިރީގައި އޮތް އެހެން ފަޅުރަށެއް. ރާއްޖެއަކީ ގުދުރަތީ މިފަދަ ރީތި މަންޒަރުތަކުން މުއްސަނދި ގައުމެއް. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު / މިހާރު
ވ. އަތޮޅުގެ ފަޅުރަށަކާއި އެ ރަށުގެ ސާފު މޫދާ ގުޅިފައިވާ ވިލުފެހި ކުލައިގެ ހިތްގައިމު ވިލުގެ ތެރެއިން ދުއްވާފައި ދިޔަ ލޯންޗެއްގެ މޯހިރުން އުފެދިފައިވާ ހުދު ކުލައިގެ ފޮނުގަނޑު. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
ރާއްޖޭގެ މަލަ ފެހި ރަށަކާއި އެ ރަށުގެ ދޮންވެލި ގޮނޑުދޮށާއި މަޑު ނޫ ކުލައިގެ މޫދާއި ވިލުފެހި ކުލައިގެ ވިލު. ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މިފަދަ ހިތްގައިމު މަންޒަރުތައް ފެނޭ. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
ރާއްޖޭގެ މަލަ ފެހި ރަށަކާއި އެ ރަށުގެ ދޮންވެލި ގޮނޑުދޮށާއި މަޑު ނޫ ކުލައިގެ މޫދާއި ވިލުފެހި ކުލައިގެ ވިލު. ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މިފަދަ ހިތްގައިމު މަންޒަރުތައް ފެނޭ. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
ރާއްޖޭގެ ފަޅުރަށެއްގެ ގޮނޑުދޮށުގެ ދޮންވެލިގަނޑު ތެރޭގައި ވަޅުޖެހުނު ކާއްޓަކުން ރުކެއް ފަޅާފައި ރާއްޖެއަކީ ގުދުރަތީ މިފަދަ ރީތި މަންޒަރުތަކުން މުއްސަނދި ގައުމެއް. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު / މިހާރު
ރާއްޖޭގެ ފަޅުރަށެއްގެ އަތިރިމަތީގެ ދޮންވެލިގަނޑުގައި ކުޑަ ބޯށިގަހެއް ފަޅައިގެން ހެދޭއިރު އެ ގަހުގެ ކައިރީގައި ވިނަތަކެއް ހެދިފައި. ރާއްޖެއަކީ ގުދުރަތީ މިފަދަ ރީތި މަންޒަރުތަކުން މުއްސަނދި ގައުމެއް. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު / މިހާރު
ބ. އަތޮޅުގެ ފަޅުރަށެއްގެ ތުނޑި އާއި ގޮނޑުދޮށް އަދި މޫދު. ރާއްޖެއަކީ ގުދުރަތީ މިފަދަ ރީތި މަންޒަރުތަކުން މުއްސަނދި ގައުމެއް. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު / މިހާރު
ބ.އަތޮޅު ފަޅުރަށެއްގެ ދޮންވެލި ގޮނޑުދޮށަށް ރާޅުތައް ބީއްސަމުންދާ އިރު، ގަދަ ނޫކުލައިގެ ކަނޑާއި އުޑުގެ ގުޅިފައިވާ މަންޒަރުން މި ރާއްޖޭގެ ރީތިކަން ސާބިތު ކޮށްދޭ. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށް ގިރާލާފައި ވުމުގެ ސަބަބުން، އޭގެ ކުރިން އެއްގަމުގައި ހުރި ކުރެދި ގަހެއް މޫދު ތެރޭގައި. ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ގިނަ ރަށްތަކެއް ގޮނޑުދޮށް ދަނީ ގިރަމުން. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށް ގިރާލާފައި އޮތުމުން، އޭގެ ކުރިން އެއްގަމުގައި ހުރި ކުރެދި ގަސްތަކެއް މޫދު ތެރޭގައި. ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ވެސް ދަނީ ގެއްލުން ލިބެމުން. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު