އިންތިހާބީ ރައީސް މުއިއްޒުގެ "ޝުކުރިއްޔާ ދިވެހިން" ގެ ބައްދަލުވުން
މާލެ - އޮކްޓޫބަރު 2، 2023: މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ވެރިކަމަށް ޑރ. މުހައްމަދު މުއިއްޒު ހޮވުމާ ގުޅިގެން، ކާމިޔާބީ ފާހަގަކުރަން "ޝުކުރިއްޔާ ދިވެހިން" ގެ ނަމުގައި ބޭއްވި ބައްދަލުވުމުގެ ބައެއް މަންޒަރުތައް: ސޯޝަލް ސެންޓަރުގައި ބޭއްވި މި ބައްދަލުވުމުގައި މުއިއްޒަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވެ އުފާފާޅުކުރި. ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު، އެ މަނިކުފާނުގެ މައްޗަށް ހަމައެކަނި ހިނގާނީ ރައްޔިތުންގެ ބާރު ކަމަށް މި ބައްދަލުވުމުގައި އިންތިހާބީ މުއިއްޒު ވިދާޅުވި. ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
ރިޔާސީ އިންތިހާބުގެ ބޮޑު ކާމިޔާބީ ފާހަގަކުރަން "ޝުކުރިއްޔާ ދިވެހިން"ގެ ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުން: މި ބައްދަލުވުމަށް ވަރަށް ގިނަ ބަޔަކު ދިޔަ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީ އަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީ އަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީ އަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި ޕީޕީއެމް/ޕީއެންސީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީ އަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ އެކު ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރިޔާސީ އިންތިހާބުގެ ބޮޑު ކާމިޔާބީ ފާހަގަކުރަން "ޝުކުރިއްޔާ ދިވެހިން" ގެ ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމަށް ދިޔަ ބައެއް މީހުން: މި ބައްދަލުވުމަށް ވަރަށް ގިނަ ބަޔަކު ދިޔަ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަޕޯޓަރުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރިޔާސީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން "ޝުކުރިއްޔާ ދިވެހިން" ގެ ނަމުގައި ބޭއްވި ބައްދަލުވުމަށް އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ސޯޝަލް ސެންޓަރަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރިޔާސީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރިޔާސީ އިންތިހާބުގެ ބޮޑު ކާމިޔާބީ ފާހަގަކުރަން "ޝުކުރިއްޔާ ދިވެހިން"ގެ ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުން: މި ބައްދަލުވުމަށް ވަރަށް ގިނަ ބަޔަކު ދިޔަ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންތިހާބުގެ ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ތާއީދުކުރި ގިނަ ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންތިހާބުގެ ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމަށް ފަހު އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އޭނާގެ ކެމްޕެއިން މެނޭޖަރު ކެޕްޓަން މުހައްމަދު އަމީނާ ސަލާން ކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމަށްފަހު އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އަނބިކަނބަލުންގެ ގައިގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ބައްދާލައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު