އިންތިހާބީ ރައީސް ޑރ. މުއިއްޒާއި މަޖިލީހުގެ ރައީސް ނަޝީދުގެ ބައްދަލުކުރެއްވުން

މާލެ - އޮކްޓޫބަރު 3، 2023: ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ވެރިކަމަށް އިންތިހާބުކުރި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރެއްވުން. މި ބައްދަލުކެރެއްވުމުގައި އިންތިހާބީ ނައިބު ރައީސް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއި ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް މުއިއްޒުގެ ފަރާތްޕުޅުން ހަމަޖެއްސަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވި. މުއިއްޒުއަށް މަރުހަބާ ދެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް އަސްލަމްގެ އިތުރުން އެހެން ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ފަޔާޒް މޫސާ
ފަޔާޒް މޫސާ
04 އޮކްޓޯބަރު 2023
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރެއްވުމަށް ފަހު ދެ ބޭފުޅުން އެކުގައި މީޓިން ރޫމުން ނުކުމެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް މުއިއްޒުގެ ފަރާތްޕުޅުން ހަމަޖެއްސަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު މަޖިލިހުގެ އިދާރާގައި ސަމާސާ ކޮށްލައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް މުއިއްޒުގެ ފަރާތްޕުޅުން ހަމަޖެއްސަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މައިނޯރިޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް އަދި އިންތިހާބީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް މަޖިލިހުގެ އިދާރާގެ ގޯތިތެރޭގައި ވާހަކަ ދައްކާލައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް މުއިއްޒުގެ ފަރާތްޕުޅުން ހަމަޖެއްސަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މައިނޯރިޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް މިއަދު މަޖިލީހުގެ އިދާރާގައި ވާހަކަ ދައްކާލައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު ދެ ބޭފުޅުން މީޑިއާއާ ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު މަޖިލިހުގެ އިދާރާ އަށް ވަޑައިގެން މެހުމާނުން ލިޔުއްވާ ފޮތުގައި ލިޔުއްވި ބަސްކޮޅު.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވަނީ: މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި މައިނޯރިޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް ބައިވެރިވެ ވަޑައިގެންނެވި.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޖިލިހުގެ އިދާރާ އަށް ވަޑައިގެން މެހުމާނުން ސޮއިކުރައްވާ ފޮތުގައި ލިޔުއްވާއިރު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި އިންތިހާބީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އަރިހުގައި މަޑުކޮށްލައްވައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޖިލިހުގެ އިދާރާ އަށް ވަޑައިގެން މެހުމާނުން ސޮއިކުރައްވާ ފޮތުގައި ލިޔުއްވާއިރު، އެ މަނިކުފާނުގެ ފަހަތްޕުޅުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ހުއްޓިވަޑައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ވަޑައިގަތުމުން މަހިބަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އިސް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މަރުހަބާ ދަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލހުގެ އިދާރާ އަށް ވަޑައިގަތުމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަރުހަބާ ދަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ވަޑައިގަންނަވަނީ--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ވަޑައިގަތުމުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު މަޖިލިހުގެ އިދާރާގައި ވާހަކަ ދައްކަވާލައްވަނީ: ދެ ބޭފުޅުން އެކުގައި އެ ތިއްބެވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނަޝީދާ ބައްދަލުކުރައްވަން މަޖިލިހުގެ އިދާރާ އަށް ވަޑައިގަންނަވާނެ އިރެއްގެ އިންތިޒާރުގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިތުރު ފޮޓޯ ގެލަރީ