އުރީދޫގެ އަހަރީ އާންމު ޖަލްސާ
ހުޅުމާލެ - މާޗް 7، 2024: ސެންޓްރަލް ޕާކްގައި ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާ: މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.27ރ. ބަހަން މި ޖަލްސާގައި ވަނީ ފާސްކޮއްފައި. ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 123 މީހުންނާއި 60 ޕްރޮކްސީ ހޯލްޑަރުން މި ޖަލްސާގައި ބައިވެރިވި އިރު ހިއްސާގެ ފައިދާ ބަހަން ފާސްވީ ހިއްސާދާރުންގެ 83 ޕަސެންޓުގެ ވޯޓުން. ހިއްސާއަކަށް 3.27ރ. ގެ މަގުން 484 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި އުރީދޫން ބަހާނެ. އުރީދު އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ވަނީ ލިބިފައި. އެއީ އޭގެ ކުރީ އަހަރަށް ވުރެ 125 މިލިއަން ރުފިޔާ އިތުރު އަދަދެއް.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
ސެންޓްރަލް ޕާކްގައި ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާ ކުރިއަށް ދަނީ: މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.27ރ. ބަހަން ވަނީ މި ޖަލްސާގައި ފާސްކޮއްފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
2023ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުމަށް ހިއްސާދާރުން ވޯޓު ލަނީ: ހިއްސާއަކަށް 3.27ރ. ގެ މަގުން 484 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި އުރީދޫން ބަހާނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އުރީދޫގެ އެމްޑީ އަދި ސީއީއޯ ޚާލިދު ހަސަން އެމް އޭ އަލްހަމާދީ، ބޯޑު ޑިރެކްޓަރު އަދި ފައިނޭޝަލް އޮފީޝަރު ސުރޭޝް ކަލްޕަތި އަދި ބޯޑު ޑިރެކްޓަރު މޮޒާ އެމް ޑާވިޝް އަހަރީ އާންމު ޖަލްސާގައި ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
2023 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރަން ހިއްސާދާރުން އޮންލައިންކޮށް ވޯޓް ލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އުރީދޫގެ ހިއްސާދާރުން އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ، ޖަލްސާގައި ބައިވެރިވުމަށް ހާއްސަކޮއް ލޮގްއިން ވާންޖެހޭ ޕޯޓަލްއަށް ލޮގިން ވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އުރީދޫގެ އެމްޑީ އަދި ސީއީއޯ ޚާލިދު ހަސަން އެމް އޭ އަލްހަމާދީ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ބޭފުޅުން: ހިއްސާއަކަށް 3.27ރ. ގެ މަގުން 484 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި އުރީދޫން ބަހާނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އުރީދޫގެ ޗެއާޕާސަން ފާތިމާ ސުލްތާން އަލް-ކުރާވީ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސެންޓްރަލް ޕާކްގައި ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ޑިރެކްޓަރ އުސްތާޒާ ދީނާ ހުސެއިން ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އުރީދޫގެ ބައެއް ހިއްސާދާރުން ސެންޓްރަލް ޕާކްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އުރީދޫ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުން ބައިވެރިވަނީ. މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.27ރ. ބަހަން މި ޖަލްސާގައި ވަނީ ފާސްކޮއްފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އުރީދޫ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ކުރެއްވި ބައެއް ސުވާލުތަކަށް އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ޖަވާބު ދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އުރީދޫ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރަކު ޝުއޫރުފާޅުކުރަނީ، މި ޖަލްސާގައި 123 ހިއްސާދާރުންނާ، 60 ޕްރޮކްސީ ހޯލްޑަރުން ބައިވެރިވި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އުރީދޫގެ ބައެއް އާންމު ހިއްސާދާރުން ސެންޓްރަލް ޕާކްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އުރީދޫ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުން ބައިވެރިވަނީ. ހިއްސާދާރުންގެ ތެރެއިން 123 މީހުންނާއި 60 ޕްރޮކްސީ ހޯލްޑަރުން ވަނީ މި ޖަލްސާގައި ބައިވެރިވެފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު