އީދަށް ހާއްސަކޮށް ދިއްލަން ފެށުން
މާލެ - އޭޕްރީލް 8، 2024: މާދަމާ ފާހަގަކުރާ މި އަހަރުގެ ފިތުރު އީދަށް ސިޓީތަކާއި ރަށްތައް ބޮކިފައްޗާއި ގިޑިގެތަކުން ދިއްލައި، ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް ވަނީ ބޭނުންކުރަން ފަށާފައި. ރާއްޖޭގެ ރަށްތައް ފިތުރު އީދަށް ދިއްލާލުމަށް "އީދު އަލި" ހަރަކާތް ފެށުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި އެ ދެކަނބަލުންގެ ބޭފުޅުންގެ އިތުރުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އާއިލާ ވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންނެވި. އަދި ވަރަށް ގިނަ އާންމުން ވެސް އެ އުފަލުގައި ބައިވެރިވި.---ފޮޓޯތައް: ފަޔާޒު މޫސާ| މިހާރު
މި އަހަރުގެ ފިތުރު އީދަށް ބޮކިތަކާއި ގިޑިގެތަކުން ޖުމްހޫރީ މައިދާން ދިއްލާލާފައިވާއިރު، ކުޑަކުއްޖަކު މަލެއްގައި ހިފަހައްޓައިގެން.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި އަހަރުގެ ފިތުރު އީދަށް ބޮކިތަކާއި ގިޑިގެތަކުން ޖުމްހޫރީ މައިދާން ދިއްލާލާފައި: ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން ވެސް ވަނީ މަރާމާތަށް ފަހު އަލުން ހުޅުވާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި އަހަރުގެ ފިތުރު އީދަށް ޖުމްހޫރީ މައިދާނުގައި ދިއްލާފައި ހުރި މަލެއްގެ ކައިރީގައި ކުޑަކުއްޖަކު ފޮޓޯއެއް ނަގަން މަޑުކޮށްލައިގެން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޖުމްހޫރީ މައިދާނުގައި ދިއްލާފައި ހުރި ކޮކާލެއްގެ ކައިރީގައި ކުޑަ ދެ ކުއްޖަކު ހަރަކާތްތެރިވަނީ: އީދަށް ސިޓީތަކާއި ރަށްތައް ވަނީ ދިއްލާލާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޖުމްހޫރީ މައިދާނުގައި ދިއްލާލާފައިވާ ބޮކިތަކާއި ގިޑިގެތަކުގެ ކައިރީގައި ބިދޭސީ އާއިލާއަކުން ފޮޓޯއެއް ނަގަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި އަހަރުގެ ފިތުރު އީދަށް ޖުމްހޫރީ މައިދާނުގައި ދިއްލާލާފައި ހުރި މާތަކުގެ ކައިރީގައި ކުޑަކުއްޖަކު މަޑުކޮށްލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަރާމާތުކޮށް އަލުން ހުޅުވި ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ކައިރީގައި ކުޑަކުއްޖަކު ތެމިލަން މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފިތުރު އީދަށް ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް، އަލުން ހުޅުވާލާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި އަހަރުގެ ފިތުރު އީދަށް ބޮކިތަކާއި ގިޑިގެތަކުން ޖުމްހޫރީ މައިދާން ދިއްލާލާފައިވާއިރު، ބަޔަކު އެ ތަނުގައި ފޮޓޯ ނަގަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި އަހަރުގެ ފިތުރު އީދަށް ބޮކިތަކާއި ގިޑިގެތަކުން ޖުމްހޫރީ މައިދާން ދިއްލާލައިފައި: މިއީ ރައީސް މުއިއްޒުގެ ވަރަށް ބޮޑު އިސްނެންގެވުކަށް ފެށި ކަމެއް.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އީދު އަލި" ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޖުމްހޫރީ މައިދާނުގައި ހުރި، ފެންއަރުވާ ވަޑާން މި އަހަރުގެ ފިތުރު އީދަށް މަރާމާތު ކުރުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ފެންއަރުވާ ވަޑާން އަލުން ހުޅުއްވައި ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޖުމްހޫރީ މައިދާނުގައި ބޭއްވި "އީދު އަލި" ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އާއިލާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އީދު އަލި" ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގެން އެ ސަރަހައްދުގައި ތިބި އާމުންނާ ސަލާން ކުރައްވަނީ: އީދު ދުވަސްތަކުގައި ކުލަ ބޮކިތަކުން ރަށްތައް ދިއްލައި އީދުގެ އުފާތަކުގައި އާންމު ބައިވެރި ކުރުމަކީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އީދު އަލި" ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގެން އެ ސަރަހައްދުގައި ތިބި އާމުންނާ ސަލާން ކުރައްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު