ބޮޑުމަސް ދުއްވުމާއި މާލި ޕެރޭޑް
މާލެ- އޭޕްރީލް 10، 2024: ސިޓީ ކައުންސިލުން ސާދަ އެންޓަޓެއިންމަންޓާ ގުޅިގެން މި ފަހަރުގެ ފިތުރު އީދު ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ބޮޑުމަސް ދުއްވުމާއި މާލި ޕެރޭޑް: މި ހަރަކާތްތައް ބަލަން ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން ބެލެނިވެރިންނާ އެކު މާލޭގެ އެކި މަގުތަކަށް ޖަމާވި. އޮލިމްޕަސް ކުރިމަތިން ފެށި ހަރަކާތް ނިންމައިލީ އާޓިފިޝަލް ބީޗް ސަރަހައްދަށް. ކުލަގަދަކޮށް ކުޑަ އީދު ފާހަގަކުރުމަށް ސަރުކާރުން ވަނީ ވަރަށް ގިނަ ރަށްރަށް ގިޑިގެތަކުން ދިއްލާލާފައި. އީދު ދުވަހަކީ އާއިލާއާ އެކު ގިނަ ބަޔަކު ބޭރަށް ނުކުންނަ ދުވަހަކަށް ވާތީ އީދު ދުވަހުގެ ހަވީރު 4:00 އިން ހަވީރު 6:00 އަށް މާލޭގައި ވެހިކަލް ދުއްވުން ވެސް މަނާކުރި -- ފޮޓޯތައް: ނިޝާން އަލީ | މިހާރު
ސާދަ އެންޓަޓެއިންމަންޓާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ފިތުރު އީދު ދުވަސް ކުލަގަދަކޮށް ފާހަގަކުރަން މާލޭގައި ބޭއްވި ބޮޑުމަސް ދުއްވުމާއި މާލި ޕެރޭޑްގައި ބޮޑު މަސް ބޭނުމުގެ ހަރަކާތް ކުރިއަށް ގެންދަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ސާދަ އެންޓަޓެއިންމަންޓާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ފިތުރު އީދު ދުވަސް ކުލަގަދަކޮށް ފާހަގަކުރަން މާލޭގައި ބއްވި ބޮޑުމަސް ދުއްވުމާއި މާލި ޕެރޭޑް މަޖީދީ މަގުގައި ކުރިއަށް ގެންދަނީ: މި ހަރަކާތް ބެލުމަށް ވަރަށް ގިނަ ބަޔަކު ވަނީ މަޖީދީ މަގަށް ޖަމާވި.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ފިތުރު އީދު ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ބޮޑުމަސް ދުއްވުމާއި މާލި ޕެރޭޑް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު އާޓިފިޝަލް ބީޗު ސަރަހައްދަށް ޖަމާވެފައި.--- ފޮޓޯ: ނިޝާން އަލީ | މިހާރު
މާލި ޕެރޭޑް ބަލަން ތިބި ކުދިންތަކަކަށް މާއްޔެއް ހަނާ އަޅާލަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ސާދަ އެންޓަޓެއިންމަންޓާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ފިތުރު އީދު ދުވަސް ކުލަގަދަކޮށް ފާހަގަކުރަން މާލޭގައި ބޭއްވި ބޮޑުމަސް ދުއްވުމާއި މާލި ޕެރޭޑް މަޖީދީ މަގުގައި ކުރިއަށް ގެންދަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ބޮޑުމަސް ދުއްވުމާއި މާލި ޕެރޭޑް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު މަޖީދީ މަގަށް ޖަމާވި.--- ފޮޓޯ: ނިޝާން އަލީ | މިހާރު
މާލި ޕެރޭޑްގައި ކުޑަކުއްޖަކު މާލި ހެދިގެން.--- ފޮޓޯ: ނިޝާން އަލީ | މިހާރު
މާލި ޕެރޭޑް ބެލުމަށް މަޖީދީ މަގަށް ޖަމާވި ބައެއް މީހުން ފޯނުން މާލިތަކުގެ ފޮޓޯ ނަގަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
މާލި ޕެރޭޑްގައި ބައިވެރިވި މާއްޔެއް ކުއްޖަކާ ސަލާން ކުރަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
މާލި ޕެރޭޑްގައި ކުޑަކުއްޖަކު މާލި ހެދިގެން.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ކުލަގަދަކޮށް މާލޭގައި ފާހަގަކުރި ފިތުރު އީދު ދުވަހުގައި ބޮޑުމަސް ދުއްވުމާއި މާލި ޕްރޭޑްގައި ބައިވެރިވި މާލިތައް މަޖީދީ މަގުން ދަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ބޮޑުމަސް ދުއްވުމާއި މާލި ޕެރޭޑްގައި ބައިވެރިވި ބައެއް މާލިތައް.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ފިތުރު އީދު ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި މާލި ޕްރޭޑްގައި ބައިވެރިވި މާއްޔެއް: އޮލިމްޕަސް ކުރިމަތިން ފެށި މި ބޮޑުމަސް ދުއްވުމާއި މާލި ޕެރޭޑް ނިންމާލާފައިވަނީ އާޓިފިޝަލް ބީޗަށް.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ފިތުރު އީދު ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި މާލި ޕްރޭޑްގައި ބައިވެރިވި މާއްޔެއް.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ފިތުރު އީދު ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި މާލި ޕެރޭޑްގައި ބައިވެރިވި ފޫޅު ދިގު ހަނޑި ގޮތައް ހުރި މާއްޔެއް ހަރަކާތްތެރިވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ފިތުރު އީދު ދުވަސް ފާހަގަކުރުމަށް މާލޭގައި މާލި ޕްރޭޑް ކުރިއަށް ގެންދަނީ: މި ހަރަކާތް ބަލާލުމަށް ގިނަ އަދަދެއްގެ ކުދިން ބެލެނިވެރިންނާ އެކު މަޖީދީ މަގަށް ޖަމާވި.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ފިތުރު އީދު ދުވަސް ފާހަގަކުރުމަށް މާލޭގައި މާލި ޕްރޭޑް ކުރިއަށް ގެންދަނީ: މި ހަރަކާތް ބަލާލުމަށް ގިނަ އަދަދެއްގެ ކުދިން ބެލެނިވެރިންނާ އެކު މަޖީދީ މަގަށް ޖަމާވި.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ފިތުރު އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި މާލި ޕްރޭޑް ކުރިއަށް ގެންދަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ފިތުރު އީދު ފާހަގަކުރަން މާލޭގައި ބޭއްވި މާލި ޕެރޭޑްގައި މާލި ހެދިގެން ހުރި މީހަކު ކުދިންތަކެއް ކައިރީގައި ހަރަކާތްތެރިވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ބޮޑުމަސް ދުއްވުމާއި މާލި ޕެރޭޑްގައި ބޮޑުބެރުގެ ހަރަކާތް ކުރިއަށް ގެންދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ސިޓީ ކައުންސިލުން ސާދަ އެންޓަޓެއިންމަންޓާ ގުޅިގެން މާލޭގައި ބޭއްވި ބޮޑުމަސް ދުއްވުމާއި މާލި ޕެރޭޑްގައި ބޮޑު މަސް ދުއްވަނީ -- ފޮޓޯ: ނިޝާން އަލީ