އީދު ފާހަގަކުރުން: މާލޭގެ އެކި ސަރަހައްދުތަކުން
މާލެ - ޖޫން 16، 2024: މާލޭގެ މަގުތަކުގައި ބޮޑު އީދު ފާހަގަކުރުން. އީދު ދުވަހާ ގުޅިގެން މާލެ ސަރަހައްދުގައި ހަވީރު 4 އިން 6 އަށް ވެހިކަލް ދުއްވުން މަނާކުރުމުން ވަރަށް ގިނަ ބަޔަކު މަގުތަކަށް ނުކުމެ އާއިލާތަކާ އެކު އުފާވެރި ވަގުތުތަކެއް ހޭދަކުރި. އަދި އީދުގެ މުނާސަބަތުގައި މަގުތަކުގައި ބޭއްވި އެކި ހަރަކާތްތައް ބަލައިލަން ގިނަ ބަޔަކު އެއްވި. ސިފައިންގެ ކަޅުތުއްކަލާކޮށި ސަރަހައްދުތަގައި ސަގާފީ ހާއްސަ ހަރަކާތްތަކެއް ބޭއްވި އިރު، ވ. ކެޔޮދޫ ގްރޫޕަކުން ވަނީ ހާއްސަ ސަގާފީ ހުށައެޅުމެއް މަޖީދީ މަގުގައި ހުށަހަޅައި ދީފައި. އަދި މާލި ނެރުމުގެ ހަރަކާތެއް ރަސްފަންނު ސަރަހައްދުގައި ބޭއްވި.--- ފޮޓޯތައް: މިހާރު
އިދު ފާހަގަކުރުމަށް ސިފައިން ބޭއްވި ސަގާފީ ހަރަކާތުގައި ތާރަ ޖަހަނީ: ގިނަބަޔަކު ވަނީ މި ހަރަކާތް ބަލަން ކަޅުތުއްކަލާކޮށި ސަރަހައްދަށް ޖަމާވެފަ -- ފޮޓޯ: މިހާރު
އިދު ފާހަގަކުރުމަށް ސިފައިން ބޭއްވި ސަގާފީ ހަރަކާތް ބަލަން މީހުން ކަޅުތުއްކަލާ ކޮށީ ސަރަހައްދަށް ޖަމާވަނީ -- ފޮޓޯ: މިހާރު
އިދު ފާހަގަކުރުމުގެ ގޮތުން މިއަދު ރަސްފަންނުގައި ބޭއްވި މާލި ނެރުމުގެ ހަރަކާތުގައި ބައިވެރިވި މާއްޔެއް -- ފޮޓޯ: މިހާރު
އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު މާލޭގެ މަގުތަކުގައި ވަނީ ހަމައެކަނި ހިނގާފައި އުޅޭވޭ ގޮަތަށް ހަމަޖެއްސުމުން ބަޔަކު މަގުމަތީގައި ހަރަކާތްތެރިވަނީ. -- ފޮޓޯ: މިހާރު
އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ރަސްފަންނު ސަރަހައްދުގައި މާލި ނެރުމުގެ ހަރަކާތެއް ކުރިއަށް ދަނީ -- ފޮޓޯ: މިހާރު
ކުޑަކުދިން އަރުވައިގެން ދުއްވާ ކާރަކަށް ކުއްޖެއް އަރުވައިގެން މިއަދު އަމީނީ މަގުން ދުއްވާފަ ދަނީ -- ފޮޓޯ: މިހާރު
އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު މާލޭގެ މަގުތަކުގައި ވަނީ ހަމައެކަނި ހިނގާފައި އުޅޭވޭ ގޮަތަށް ހަމަޖެއްސުމުން ބަޔަކު މަގުމަތީގައި ހަރަކާތްތެރިވަނީ. -- ފޮޓޯ: މިހާރު
ބޮޑު އީދު ފާހަގަކުރުމަށްޓަކައި މިއަދު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކުރުމުން ކުޑަކުދިންތަކެއް ގޮވައިގެން އެ ކުދިންގެ ބެލެނިވެރިން ދުއްވާ ތަކެތީގެ އެއްވެސް ބިރެއް ނެތި މަގުމަތީގައި ހިނގާފައި ދަނީ.---ފޮޓޯ: މިހާރު
ބޮޑު އީދު ފާހަގަ ކުރުމަށް މާލޭގައި މިއަދު ހަވީރު ބޮޑުބެރުގެ ހަރަކާތެއް ކުރިއަށް ގެންދާއިރު ކުޑަކުއްޖަކު އުފަލުން އަތް ޖަހަނީ: މިއަދު ހަވީރު 4 އިން 6 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފައި އޮތުމުން ވަރަށް ގިނަ ބަޔަކު އާއިލާތަކާ އެކު ނުކުމެ އީދުގެ މަޖަލުގައި ބައިވެރިވި.---ފޮޓޯ: މިހާރު
ވ. ކެޔޮދޫހެ ގުރޫޕަކުން މާލޭގައި ސަގާފީ ހާއްސަ ހަރަކާތެއް މިއަދު ހަވީރު ބާއްވަނީ: މި ހަރަކާތް ކުރިއަށް ބޭއްވީ ސޯސަން މަގާއި މަޖީދީމަގުގެ ހަތަރު އަނގޮޅީގައި،--- ފޮޓޯ: މިހާރު
އީދު ފާހަގަކުރަން މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކުޑަކުއްޖަކު ބަލަނީ -- ފޮޓޯ: މިހާރު
ވ. ކެޔޮދޫ ގުރޫޕަކުން މާލޭގައި ސަގާފީ ހާއްސަ ހަރަކާތެއް މިއަދު ހަވީރު ބާއްވާއިރު ކުޑަކުއްޖަކު ނަށަނީ: މި ހަރަކާތް ބޭއްވީ ސޯސަންމަގާި މަޖީދީމަގު ހަތަރު އަނގޮޅީގައި.--- ފޮޓޯ: މިހާރު
ވ. ކެޔޮދޫހެ ގުރޫޕަކުން މާލޭގައި ސަގާފީ ހާއްސަ ހަރަކާތެއް މިއަދު ހަވީރު ބާއްވަނީ: މި ހަރަކާތް ކުރިއަށް ބޭއްވީ ސޯސަން މަގާއި މަޖީދީމަގުގެ ހަތަރު އަނގޮޅީގައި،--- ފޮޓޯ: މިހާރު